bannernews
ފަހުގެ ޚަބަރުތައް

ބޭއިންސާފުން އިންސާފުގެ ކުރިމަގު ފެންނަން ފަށައިފި.

2020-01-08 21:30:29
newsimg
ބަށިބޯޅަ ޖަމިއްޔާގެ މަސައްކަތް 2010 ން ފެށިގެން ކުރިއަށް ދަނިކޮށް 2015 ވަނަ އަހަރު ސިޔާސީ އޮއިވަރުގައި ޖައްސާ ލިބުނު އަނިޔާތަކަށް ނިމުން މިވަނީ އަންނަން ފަށާފައެވެ. 2011 ވަނަ އަހަރުން ފެށިގެން ޤައުމީ ކުޅިވަރު ޖަމްޢިއްޔާގެ އެފިލިއޭޓް މެމްބަރުކަން ހޯދައި، އަދި ސްޕޯރޓްސް ކައުންސިލްގައި ރަޖިސްޓްރީކޮށް މަރުޙޫމް ޒާހިރު ނަސީރާއި، އަންނަބީލާ ޙަބީބާ ޙުސެން ޙަބީބު ގެ މޭސްތިރި ކަމުގައި އަދި ކުޅިވަރުގެ އެތައްބޭބޭފުޅުންގެ އެއްބާރު ލެއްވުމާއެކު ކުރިއަރުވާ އާލާކުރި ސަޤާފީ ދިވެހި ބަށިބޯޅަ ޖަމްޢިއްޔާގެ ސެޓްފިކެޓް 2015 އިން ފެށިގެން މި ފައުންޑޭޝަންގެ ނަމަށް ހިތުހުރިގޮތަކަށް ބަދަލުކުރުވަމުންގޮސް ސެޓްފިކެޓް ހިފޭއްޓި ހިފެހެއްޓުން މިވަނީ ނިމުމަކަށް އައިސްފައެވެ. ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސިރާއި، ޔޫތު މިނިސްޓަރ ޒުހޫރު ހުންނަވައިގެން މިނިސްޓްރީގެ ތެރޭގައި އޮޅުވާލުމާ މަކަރާ ހީލަތްތެރި ރޭވުމުގެ މަތިން ޖަމްޢިއްޔާއިން ބަށިބޯޅަ ކުޅިވަރަށް ގެނުވި ކުރިއެރުމަށް ހުރަސްއަޅާ ހިފާއްޓާ ، ރާއްޖޭގައި ކުޅެމުން ދިޔަ ކުޅިވަރުގެ އަތޮޅުޒޯން މުބާރާތްތަކުގެ ކުރިމަގު ބަނަކޮށް ، 2015 ވަނަ އަހަރު އެޑިޔުކޭޝަނުން ރާއްޖޭގައި ބޭއްވުމަށް އަލަށް ކަލަންޑަރ ކުރި އިންޓަރ ސްކޫލް ބަށިބޯޅަ މުބާރާތް ހުއްޓުވާލާ، ބަށިބޯޅަ ފައުންޑޭޝަނުން ކުރި މަސައްކަތުން 2016 ވަނަ އަހަރު މިކުޅިވަރު ޤައުމީ ކުރެއްވި ކަމުގައި 31 މާރޗް 2016 ގައި ހަވީރު ނޫހުގައި ނޫސްބަޔާން ނެރުއްވައި އުފެއްދި ޤައުމީ ބޯރޑް އެމިނިސްޓްރީ ތަކުގެ ތެރޭގައި ތިއްބެވި މިފަދަ ޚިޔާނާތްތެރިންގެ ރޭވުމުގެ މަތިން ބަޔަކު ވައްކަންކޮށް ބޯރޑް ފޭރުމުގެ ސަބަބުން ކުޅިވަރަށް ލިބިފައޮތް ޤައުމީ ދަރަޖަ އުވާލަން މަޖުބޫރު ކުރުވުމުން މިކުޅިވަރު ސަލާމަތް ކުރުމުގެ މަސައްކަތުގެ ތެރެއިން މަޢުލޫމާތު ހޯދާ ދެނެގަތުމުގެ ޤާނޫނުގެ ދަށުން އިންފޮމެޝަން ކަމިޝަނަރ އޮފީހުގެ ފުރިހަމަ އެއްބާރު ލެއްވުމާއެކު މިއަދު މިވަނީ ޒަމާންވީ ބަށިބޯޅަ ފައުންޑޭޝަން އޮފް ދަމޯލްޑިވްސް ސްޕޯރޓްސް ކައުންސިލްގައި ރަޖިސްޓްރީކޮށް ދެއްވައި ސެޓްފިކެޓް ޙަވާލު ކުރައްވާފައެވެ. 2020 ގެ ތަސައްވުރުގެ ތެރެއިން އަންހެނުންގެ ކުރިމަގު އުޖާލާކޮށް ދެއްވުމުގެ ގޮތުން 33 % ސިޔާސީރޮގުން އަންހެނުންނަށް ސަރުކާރުން ޚާއްސަކުރެއްވި ހިނދު 100 % ހިއްސާއޮތް ދިވެހި އަންހެނުންގެ ބަށިބޯޅަ ކުޅިވަރު އެއްޤަވާޢިދެއްގެ ދަށަށް ދިވެހިދަނޑު ތަކުގައި ދިވެހި ކަނބަލުން ކުރިންވެސް ހޯދާފައިވާ ފުރިހަމަ ޤައުމީ ދަރަޖައިގައި މިކުޅިވަރު ކުޅުމުގެ ފުރުސަތު ލިބިގެންދާނެކަމުގެ އުޖާލާ ހެކި މިދަނީ ފެންނަމުންނެވެ.
thumb

އިންޓަ-ސްކޫލް ބަށިބޯޅަ މުބާރާތް ފަސްކޮށްފި

ފެބްރުއަރީ 23 ން 28 އަށް ބޭއްވުމަށް ހަމަޖައްސާފައިވާ "އިންޓަރސްކޫލް – ޒަމާނީބަށިބޯޅަ މުބާރާތް 2015" ބޭއްވުމަށް ތައްޔާރުވެފައިވާ ... އިތުރަށް ވިދާޅުވޭ
thumb

ނޫސްބަޔާން

ފެބްރުއަރީ 23 ން 28 އަށް ބޭއްވުމަށް ހަމަޖައްސާފައިވާ " އިންޓަރސްކޫލް – ޒަމާނީބަށިބޯޅަ މުބާރާތް 2015 " ބޭއްވުމަށް ތައްޔާރުވެފައިވާ ... އިތުރަށް ވިދާޅުވޭ

Facebook

Twitter

Instagram

ސްޕޮންސަރސް

capital radio
Havarusports radio

ކޯރ ސްޕޮންސަރ

hundred plus