bannernews
ފަހުގެ ޙަބަރުތައް

މ. އަތޮޅު މުލީގައި ބޭއްވިގެން ދިޔަ ' ޤަވާޢިދަށް އަހުލުވެރި ކުރުވުމާއި، އޮފިޝަލުން ޓްރޭނިންގ ކުރުމުގެ ވާރކްޝޮޕް"

2019-07-13 19:55:32
newsimg
2019 ޖުލައި މަހުގެ 2 ން 3 އަށް މ. މުލީގައިވަނީ " އަތޮޅު ލީގް މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން " ޤަވާޢިދަށް އަހުލުވެރިވުމާއި، އަދި އޮފިޝަލުން ޓްރޭން ކުރުމުގެ ވާރކްޝޮޕެއް މުލީގައި " ޒަމާނީ ބަށިބޯޅަ މުބާރާތްތަށް" ތައްޔާރު ކޮށްދިނުމަށް ހިންގައި ދެވިފައެވެ. މުޅި ރާއްޖޭގައި އޮފިޝަލުންގެ ވާރކްޝޮޕް ހިންގައި 1500 އަށްވުރެ އޮފިޝަލުން ޓްރޭނިންގ ކޮށްފައި ވީނަމަވެސް " ސަރުކާރުން މިކުޅިވަރަށް ސިޔާސީ ވައްދައި" 5 އަހަރުވީ މި ޖަމްއިއްޔާއިން ޔޫތު މިނިސްޓްރީގައި ތަންފީޒުކޮށްފައި އޮތް ޤަވާޢިދެއް އޮއްވައި އެޤަވާޢިދު ހަލާކުކޮށްލުމަށް އިތުރު އެސޯސިއޭޝަނެއް އުފައްދައިގެން އެބާރު އެފަރާތަށް ދީފައި ވުމުގެ ސަބަބުން ދެޤަވާޢިދަކަށް ކުޅުމުގެ ހުއްދަދީފައިވާ މިކުޅިވަރު މިހާރު ކޮންމެ އަތޮޅެއްގައި މުބާރާތެއް ބޭއްވުމުގެ ކުރިން މި ވާރކްޝޮޕް ހިންގައިގެން ނޫނީ މުބާރާތެއް ބޭއްވުމަށް މިވަނީ " ސަރުކާރުން " ދަތިކޮށްފައެވެ. އެހެން ވުމުގެ ސަބަބުން މ. އަތޮޅު ލީގް ޖުލައި 4 ން 6 މުލީގައި ބޭއްވުމުގެ ކުރިން 6 ޓީމްގެ ތެރެއިން 21 ކުޅުންތެރިންނާއި، 10މީހުން އޮފިޝަލުންގެ ގޮތުގައި ތައްޔާރުކޮށް ތަފާތު ދަރަޖަދެވި ސެޓްފިކެޓް ޙާސިލްކޮށްފައި ވެއެވެ. މިގޮތުން މ. މުލަކުން 3 އޮފިޝަލުން، މ. ދިއްގަރުން 2 އޮފިޝަލުން، މ. މުލިން 5 އޮފިޝަލުން ތައްޔާރުކޮށްފައިވާއިރު މިއީ މުޅި އަތޮޅުން ބައިވެރިވުމަށް 3 ދުވަސްކުރިން އިޢުލާންކޮށްގެން ބައިވެރިވި ފަރާތްތަކެވެ. އަދި 2015 ވަނަ އަހަރު މުލައް ދިއްގަރު ކޮޅުފުށީގައި ހިންގާފައިވާ މި ވާރކްޝޮޕްގައި 120 މީހުން ބައިވެރިވެގެން 8 އޮފިޝަލުން ފާހަގަކޮށްލެވޭ ފެންވަރަށް މަޤާމްތަށް ހާސިލްކޮށްފައިވެއެވެ. އަދި އެފަރާތްތަކަކީ މުބާރާތްތަކުގައި ހަރަކާތްތެރިވެގެން ކުރިއެރުން ހޯދާފައިވާ ފަރާތްތަކެއް ކަމުގައިވެސް ވާތީ، މި މުބާރާތުގައި އެފަރާތްތަށް ބައިވެރިކުރީ ފައުންޑޭޝަނުން އިސްނަގައިގެންނެވެ. މިގޮތުން އެފަރާތްތަކުން ހާޒިރުވެވުނު 6 ފަރާތުގެ ތެރެއިން މިވަނީ 3 ފަރާތެއް " ގްރޭޑް 1 ގެ " ދަރަޖަ ހާސިލް ކޮށްފައިއެވެ. އަދި ބައިވެރިނުވެވުނު ކޮޅުފުށީގެ ފަރާތަކީ އެދަރަޖަ ފުރިހަމަކޮށްފައިވާ ފަރާތެއްކަންވެސް ފާހަގަކޮށްލަމެވެ. އޮފިޝަލުންގެ ވާރކްޝޮޕްއިން ޕްރެކްޓިކަލް ބައި ފުރިހަމަ ކުރެވޭނީ ބާއްވާ ބޮޑެތި މުބާރާތްތަކުގައި މަދުވެގެން 3 މުބާރާތެއްގައި ހަރަކާތްތެރިވެގެން ކަމުގައި ވާތީ، ހުރިހާ މަޤާމެއް ފުރުމުގެ ޤާބިލްކަން ހޯދާފައިވާ 4 ފަރާތެއް މިހާރު މ. އަތޮޅަށް ތައްޔާރުކޮށްފައި ވާކަންވެސް އުފަލާއެކު ފާހަގަކޮށްލަމެވެ. ކޮޅުފުށީގެ އޮފިޝަލަށް ދިމާވި ދަތިގޮތަކުން ހާޒިރު ނުވެވުނު ނަމަވެސް އޭނާއަކީ އެއަތޮޅުން އެދަރަޖަ ހާސިލްކުރި ފުރަތަމަ އޮފިޝަލު ކަމަށްވެފައި އޭނާއަށް ދަރަޖަ ދިނުން އޮންނާނީ މުބާރާތާރެއްގައި ވާދަކޮށްލުމަށް ފަހުގައިކަން ފާހަގަކޮށްލަމެވެ. މިއީ 2019 ވަނަ އަހަރުން ގެށިގެން ކުރަންފަށާފައިވާ މަސައްކަތެއް ކަމުން ޖުމްލަކޮށް މ. އަތޮޅުގައި 4 އޮފިޝަލުން ހުރިހާ މަޤާމެއް ފުރަން ދަސްކޮށްދީ " ގްރޭޑް1 " ގެ ދަރަޖަ ހާސިލްކޮށްފައިވުމާއި، 8 އޮފިޝަލުން ތަފާތު މަޤާމްތަށް ފުރުމަށް ފުރިހަމަކޮށް ސެޓްފިކެޓް ޙާސިލްކޮށްފައިވާކަންވެސް ފާހަގަކޮށްލަމެވެ. އަތޮޅު ލީގް މުބާރާތުގައި 5 ރަށަކުން 6 ޓީމެއް ބައިވެރިވެ 84 ކުޅުންތެރިންގެ މެދުގައި ވަރަށް ވާދަވެރިކަމާ ފޯރިއާއި އެކު އެކުވެރިކަމާ އެއްބައިވަންތަ ރޫޙެއްގައި މި މުބާރާތް ނިންމާލާފައިވަނީ މާލެއިންދިޔަ 3 އިސް އޮފިޝަލުންނާއެކު މ. އަތޮޅުން ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ތައްޔާރުކޮށްފައިވާ އޮފިޝަލުންނާއި، މި ވާރކްޝޮޕްގައި އަލަށް ބައިވެރިވެ އެކި ދަރަޖަ ހާސިލްކުރި 4 އޮފިޝަލުންނާއެކު ޖުމްލަ 12 އޮފިޝަލުންގެ ބުރަމަސައްކަތުންކަން ފާހަގަކޮށް އެފަރާތްތަކަށް ފައުންޑޭޝަނުން މަރުޙަބާއާއި ޝުކުރު ދަންނަވަމެވެ. އަދި މ. މުލީގައި ބާއްވައިފައިވާ އަތޮޅުލީގުން މިވަނީ ގްރޭންޑް ފައިނަލަށް 2 ޓީމެއް ހޮވިފައި ވެއެވެ. އިރާދަ ކުރެއްވިއްޔާ ފެށޭއަހަރު ގްރޭންޑް ފައިނަލް ބޭއްވޭނެ ކަމުގެ ޔަޤީންކަން އަރުވަމެވެ. --------------------------------

Facebook

Twitter

Instagram

ސްޕޮންސަރސް

capital radio
Havarusports radio

ކޯރ ސްޕޮންސަރ

hundred plus