bannernews
ފަހުގެ ޙަބަރުތައް

" މ. އަތޮޅުގެ އަތޮޅު ލީގް – ޒަމާނީ ބަށިބޯޅަ މުބާރާތް 2019 " މ.މުލި

2019-07-11 21:01:32
newsimg
2015 ވަނަ އަހަރުން ފެށިގެން އަތޮޅު ލީގާއި، ޒޯން މުބާރާތް ތަށް ރާއްޖޭގެ ޒަމާނީ ބަށިކުޅުއްވާ ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ފަރާތަކީ މިފައުންޑޭޝަންއެވެ. 2015 ވަނަ އަހަރު 15 އަތޮޅު ވާދަކޮށް 20 ޓީމް ޒޯނަށް ހޮވި 8 ޓީމް ގްރޭންޑް ފައިނަލަށް ކުޅެން ހޮވިފައިވަނިކޮށް ސިޔާސީ ހަލަބޮލިކަން މިކުޅިވަރަށް ސަރުކާރުން ވެއްދުމާ ގުޅިގެން ޒޯން މުބާރާތްތަކަށް ލޮޅުމެއް އަރާފައި ވެއެވެ. މިގޮތުން 2016 ގައި 6 އަތޮޅެއްގައި ލީގް މުބާރާތްތަށް ބޭއްވިފައިވާއިރު 2017 ގައި 2 އަތޮޅެއްގައި ލީގްޒޯން މުބާރާތް ބޭއްވިފައިވެއެވެ. އަދި 2018 ގައި އަތޮޅު ލީގް ބޭއްވިފައި ނުވި ނަމަވެސް ދަތިތަކާ ހުރަސްތަށް ގިރާކުރަމުންވެސް ރަށު ފެންވަރުގެ މުބާރާތްތަކާ، އެކިއެކި މުނާސަބާ ފާހަގަ ކުރުމަށް އަތޮޅުގެ ރަށްތަކުގައި 2018 ގައި 5 މުބާރާތެއް ބޭއްވި 6 ވޯރކްޝޮޕެއް ކުރިއަށް ގެންދެވިފައި ވެއެވެ. 2019 ވަނަ އަހަރު ދިމާވީ ރާއްޖޭގެ އެންމެ ބޮޑު 2 އިންތިޚާބު ކަމަށްވެފައި އަދި ކުރިމަތިވީ ބަރަކާތްތެރި ރަމަޒާން މަސްކަމުން ބަށިބޯޅައިގެ ހަރަކާތްތަށް އަހަރުގެ ދެބައިކުޅަ އެއްބައިގައި މިވަނީ ކުރިއަށް ނުގެންގޮސް މަޑުކުރަންޖެހިފައެވެ. ނަމަވެސް ތިޔަމިނިސްޓްރީއިން " ރާއްޖޭގައި ބަށިބޯޅަ ކުޅިވަރު މިހާރު މުޅިންހެން ހުއްޓިފައި ވެއްޖެކަމާ ، މުބާރާތްތަށް ހުއްޓުވާ ފިޔަވަޅެއް ދެން އަޅާނެ ފަރާތެއް ނުހުންނާނެކަމާ ވީހާވެސް ބޮޑަށް މިކުޅިވަރު އާލާކުރަމުން ގެންދިޔުމަށް " ވިދާޅުވެފައިވާތީ، މިހާރު މިދަނީ ޒަމާނީ ބަށިބޯޅައިގެ މުބާރާތްތަށް އަތޮޅުތަކުގައި އާއި އަދި މާލޭގައި ބޭއްވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޖުލައިން މަހުގެ 4 ން 6 އަށް މ. އަތޮޅުގެ އަތޮޅު ލީގް މިވަނީ ފައުންޑޭޝަނުން ބައިވެރިވެގެން ނިންމާލާފައެވެ. މި މުބާރާތުގައި 5 ރަށަކުން 6 ޓީމެއް ބައިވެރިވެ 84 ކުޅުންތެރިންގެ މެދުގައި ވަރަށް ވާދަވެރިކަމާ ފޯރިއާއި އެކު އެކުވެރިކަމާ އެއްބައިވަންތަ ރޫޙެއްގައި މި މުބާރާތް މ. މުލީގައި ބާއްވައި ގްރޭންޑް ފައިނަލަށް 2 ޓީމެއް މިވަނީ ހޮވިފައި ވެއެވެ. އިރާދަ ކުރެއްވިއްޔާ މިއަހަރުގެ ކޮންމެ މަހަކު މުބާރާތެއް ރޭވިގެން ކުރިއަށް ގެންދާނެ ކަމުގައިވެސް ދަންނަވަމެވެ. މަރުޙޫމް ޒާހިރު ނަސީރުގެ ގަދަ ހިތްވަރުފުޅާއެކު އުފެއްދި ޒަމާނީ ބަށިބޯޅަ މިކުޅިވަރަށް 2015 ގެ އޯގަސްޓް މަހުން ފެށިގެން ސިޔާސީ ބަލިކަށިކަން ވަދެފައިވުމުގެ ސަބަބުން އޭގެ ފަހުން މުބާރާތްތަށް މިބާއްވަނީ ބަޔަކާ ހިފާގަދަވެގެންކަމުގައި ދަންނަވަމެވެ. ތަފާތު އިންޒާރުތަކާ މަރުގެ އިންޒާރު ތަކާ ފިޔަވަޅު އެޅުންތަށް ފައުންޑޭޝަންގެ ބޭފުޅުންގެ އިތުރަށް ކުޅުންތެރިންނަށް ލިބެމުން އަންގަމުން ގޮސްފައިވެއެވެ. ހަމަ އެގޮތަށް މި މުބާރާތުގައިވެސް މ. މުލިއަށް ފައުންޑޭޝަންގެ މީހުން އެރުމާއެކު ތަފާތު ފޯނު ކޯލްތަށް ލިބި 2 ނަންބަރަކުން ވަރަށް ހަޑިހުތުރު މުޢާމަލާތްކޮށް މާލެ އަރައިފި ނަމަ މިވެނިކަމެއް ކުރާނެކަމުގެ ތަފާތުއިންޒާރުތަށް ލިބިފައިވާކަންވެސް ފާހަގަކޮށްލަމެވެ. ނަމަވެސް ކުޅުންތެރިން ބަލިކަށިކުރަން ކުރަމުން އައި މަސައްކަތަށް ހުއްޓުމެއް އައިކަންވެސް ފާހަގަކޮށް މިކަން މިނިސްޓްރީއާއި ޙިއްސާ މިކުރަނީ ކުޅިވަރުގެ މިނިސްޓްރީ ކަމަށްވެފައި މިކަންކަން ތިޔަ މިނިސްޓްރީއަށް ޙިއްސާކުރަންޖެހޭނެ ކަމަށް ޤަބޫލް ކުރާތީއެވެ.

Facebook

Twitter

Instagram

ސްޕޮންސަރސް

capital radio
Havarusports radio

ކޯރ ސްޕޮންސަރ

hundred plus