bannernews
ފަހުގެ ޙަބަރުތައް

" ޒަމާނީ ބަށިބޯލް އޮފިޝަލުންގެ ވާރކްޝޮޕް 2019 " އަދި " ޒަމާނީ ބަށިބޯޅަ މުބާރާތް 2019 "

2018-11-30 21:33:33
newsimg
ރާއްޖޭގައި ކޯލިޝަން ސަރުކާރެއް ޤާއިމު ކުރުމުގެ އުފަލުގައި 2018 ޑިސެމްބަރ މަހު ބޭއްވުމަށް އިޢުލާން ކުރި މުބާރާތާއި، ވާރކްޝޮޕް ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހު ކޮޅަށްވަނީ ލަސްކޮށްލާފަ އެވެ. 1- ޒަމާނީ ބަށިބޯޅަ ކުޅުމަށް ކުޅުންތެރިން އަހުލުވެރި ކުރުމާއި، އޮފިޝަލުން ޓްރޭނިންގ ކުރުމުގެ ވާރކްޝޮޕެއް (މާލޭގައި ބާއްވާ 4 ވަނަ ވާރކްޝޮޕް) ޖެނުއަރީ 17 ން 18 ޖެނުއަރީ ގެ ނިޔަލަށް މާލޭގައި ބޭއްވުމަށް ވަނީ ހުޅުވާލާ ފައެވެ. މީ ޢާއްމުކޮށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ހިލޭ ބާއްވާ ވާރކް ޝޮޕެކެވެ. މި ވާރކްޝޮޕްގައި ބައިވެރިވާ ފަރާތްތަކުން ތިރީގައިވާ ނަންބަރު ތަކަށް އެސްއެމްއެސް ފޮނުވުމާއި މެއިލް އެޑްރެހަށް މެއިލް ފޮނުއްވަމުން ގެންދެވުން އެދެމެވެ. މިވާރކްޝޮޕް ފުރިހަމަ ކުރާ ފަރާތްތަކަށް ސެޓްފިކެޓްދިނުން އޮންނާނެއެވެ. މިގޮތުން ކުރިއަށް ގެންދާނެ ބައިތަކުގެ ތެރޭގައި:- - އަމްޕަޔަރުކަންކުރާނެ ގޮތްތަކާއި، ކަށިގަނޑުގެހަރަކާތް އަދި އަތުގެހަރަކާތްތަށް ދަސްކޮށް ދިނުން. - އެނައުންސަރ ކަން ކުރައްވާ ފަރާތްތަކަށް އެނައުންސް ކުރަންދަސްކޮށް ދިނުން. - ޝީޓްތަށް ފުރަން ދަސްކޮށްދިނުމާއި، ލައިންސްވުމަންކަން ދަސްކޮށްދިނުމާއި، ކަމިޝަނަރ ކަން ކުރަން 2- އަނިޔާއިން ޤައުމު ސަލާމަތް ކުރުމަށް ކަނބަލުންގެ މިންނަތް މަސައްކަތާއެކު ރާއްޖޭގައި ކޯލިޝަން ސަރުކާރެއް ޤާއިމު ކުރުމުގެ އުފަލުގައި މާލޭގައި ބާއްވާ " ޒަމާނީ ބަށިބޯޅަ މުބާރާތް 2018 "މިވަނީ ބޭއްވުމަށް ހުޅުވާލާފައެވެ. މި މުބާރާތުގައި ވީހާވެސް ގިނަ ޓީމްތަކެއް ބައިވެރިކުރުވުމަކީ ބީއެފްއެމް ގެ ވަރަށް ބޮޑު އެދުމެކެވެ. މުބާރާތުގެ ކުޅުން އޮންނާނީ، ޖެނުއަރީ 24،25،26 މި 3 ދުވަހު މަލޭގައެވެ. މި މުބާރާތުގައި ކުޅޭ ޓީމްތަކާއި، ސަރުކާރުގެ އޮފީސް، ހުރިހާ އެންޖޯއީސްތަށް، ޢާއްމު ފަރާތްތަކާއި، ސްކޫލްތަކާއި، ބެލެނިވެރިންނާއި، ރާއްޖޭގެ ރަށްތަކުގެ ޓީމްތަކުގެ ބައިވެރިވުން ވަނީ ހުޅުވާލާފައެވެ. މި މުބާރާތުގެ ޓީމް ލިސްޓް ހުށަހެޅުން 17 ޖެނުއަރީ 2019 ވަނަ ދުވަހުގެ މަހުގެ 12.00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް ފޮނުއްވަމުން ގެންދެވުން އެދެމެވެ. މި މުބާރާތުގެ ވަނަތަކަށް ސެޓްފިކެޓް ދިނުމާއި، ޓްރޮފީއާއި މެޑަލް ދިނުން އޮންނާނެއެވެ. އަދި www.bashiball.com އަދި FB ޕޭޖުން އިތުރު މަޢުލޫމާތު ހޯއްދެވުމާއި ،އަދި އެސްއެމްއެސް ކުރައްވާނީ 7914199،9139222،9125225 ނަންބަރު ތަކަށެވެ. 01 ޑިސެމްބަރ 2018

Facebook

Twitter

Instagram

ސްޕޮންސަރސް

capital radio
Havarusports radio

ކޯރ ސްޕޮންސަރ

hundred plus