bannernews
ފަހުގެ ޙަބަރުތައް

2018ގެ އަތޮޅުލީގް އާއި ޒޯން މުބާރާއްތަކާއި އެހެނިހެން މުބާރާތްތައް ހުޅުވާލުން

2017-12-10 19:17:15
newsimg
2015 ވަނަ އަހަރުން ފެށިގެން މުޅިރާއްޖެއަށް އަމާޒުކޮށް ދިވެހިން އުފެއްދި ދިވެހި ސަޤާފީ އަންހެނުންގެ ޚާއްސަ ކުޅިވަރު އުވެމުންދަނިކޮށް ޒަމާނީ ބަދަލުތަށް ގެނެވި ކުޅިވަރު އާލާކޮށް ވޭތުވެދިޔަ 7 އަހަރުގެ ތެރޭގައި ބުރަމަސައްކަތް ތަކެއްކޮށް 17 ވަނަ ސާރކްސަމިޓްގައި ބައިވެރިކޮށް ، ސާރކްޤައުމަކަށްގޮސް ތަޢާރަފުކޮށް މިކުޅިވަރު ނެޝިނަލް ކުޅިވަރަކަށް ހަދައި ފުރަތަމަ ލީގްޒޯން މުބާރާތްތަށް ހުޅުވާލައިގެން މެދުކެނޑުމެއްނެތި ކުރިއަށް ގެންދަމުންދަނީ މި އެސޯސިއޭޝަނުން ކަމުގައިވާތީ ކޮންމެ އަހަރަކު ޖެނުއަރީ އިން ފެށިގެން ޑިސެމްބަރ މަހުގެ ނިޔަލަށް ލީގްޒޯން މުބާރާތްތަށް އޮންނާނީ އަތޮޅުތަކަށް ހުޅުވާލާ ވެބްސައިޓްގައި www.bashiball.com އެކަން އިޢުލާން ކޮށްފައެވެ. 2010 ން 2015 އަށް ކޮށްފައިވާ މަސައްކަތްތަށް " ބަށިބޯލް ފައުންޑޭޝަން އޮފްދަ މޯލްޑިވްސް" އަދި 2015 އިން ފެށިގެން މިހާރުވެސް ކުރަމުންދާ މަސައްކަތްތަށް "ޒަމާނީ ބަށިބޯލް އެސޯސިއޭޝަން " މި ނަންތަކުން އެފް ބީ ގައި ޖެއްސެވުމުން މަސައްކަތްތަށް ފެނިގެންދާނެއެވެ. އަދި "ދިވެހި ބަށި " ޔޫޓިއުބުގައި ޖެއްސެވުމުން މިކުޅިވަރު އާލާކުރުމަށް ކޮށްފައިވާ މަސައްކަތުގެ މަޢުލޫމާތުތަކެއްވެސް އިތުރަށް ފެނިގެންދާނެކަމުގައި ދަންނަވަމެވެ. އަދި އެކިއެކި ދުވަސްތަށް ފާހަގަ ކުރުމަށް ރަށު ފެންވަރުގައާއި، އަދި އަތޮޅު ފެންވަރުގަ ނުވަތަ ދާއިރާތަކުގެ މެދުގައި ނުވަތަ ސްކޫލްތަކުގެ މެދުގައި ބާއްވާ ޒަމާނީ ބަށިބޯޅަ މުބާރާތްތަށް ބޭއްވުމުގައިވެސް މި އެސޯސިއޭޝަނުން ޓްރޮފީއާއި، މެޑަލް އަދި ރާނީގެ އިނާމާއި، ސެޓްފިކެޓް ފޮނުވައި ދިނުމާއި، އޮފިޝަލުން ފޮނުވައި ދިނުމުގެ ޚިދުމަތް އެފަރާތަކަށް ހިލޭ ފޯރުކޮށްދެއްވާނެ ކަމުގައި ސައިޓްގައި އެކަން އިޢުލާން ކޮށްފައިވާނެއެވެ. ވީމާ 2018 ވަނަ އަހަރުގެ މުބާރާތްތަށް ބޭއްވުމުގައި އެހެނިހެން ކުޅިވަރުތަކަށް އެއްބާރުލުން ދެއްވަވާ ފަދައިން މިކުޅިވަރަށް ދިމާވެފައިވާ ގޮންޖެހުންތަކުން ކުޅުންތެރިން ސަލާމަތްކޮށް މިކުޅިވަރު އާލާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެންމެހާ ފަރާތްތަކުން އެއްބާރުލުން ދެއްވައިގެން ޒަމާނީ ބަށިބޯޅަ މުބާރާތްތަށް މިއެސޯސިއޭޝަންއާއި ގުޅިގެން ކަނބަލުންނަށް ބާއްވަވައި ދެއްވާނެ ކަމުގެ ޔަޤީންކަމުގައި މިވާހަކަ ދަންނަވަން. ----------------------------------------

Facebook

Twitter

Instagram

ސްޕޮންސަރސް

capital radio
Havarusports radio

ކޯރ ސްޕޮންސަރ

hundred plus