bannernews
ފަހުގެ ޙަބަރުތައް

ފައިސާގެ ކުލަ ދައްކައިގެން ޒަމާންވި އަންހެނުންގެ ކުޅިވަރު ހަލާކުރުމަށް މަސައްކަތް ކުރަނީ

2017-01-23 18:05:56
newsimg
ރާއްޖޭގައި މީގެ 22 ހަކަށް އަހަރު ކުރިން އުވެމުންދިޔަ ދިވެހިން އުފެއްދި ދިވެހިކުޅިވަރު އަންހެނުންގެ ޚާއްސަ ބަށިބޯޅަ ކުޅުން އަމީންދީދީ އަންހެނުންގެ ހަވީރީ ބަށިކުޅުމެއްގެ ގޮތުގައި އުފެއްދި މިކުޅިވަރު އެޒަމާނުގައި ގައިވެސް ދިވެހި ސަރުކާރަކުންވެސް ބަލަހައްޓާފައި ނުވުމާއި، އަދި އަމިއްލަ ޖަމާޢަތަކުންވެސް މިކުޅިވަރު ވަކި ޤަވާޢިދެއްގެ މަތިން ހަރުދަނާކޮށް ކުރިއެރުވުމަށް ޖަމިއްޔާއެއް ހެދިގެން ބެލެހެއްޓިފައި ނެތުމުގެ ސަބަބުން އަމީންދީދީއަށް ފަހު ޒާހިރު ނަޞީރުގެ ބެއްލެވުމުގެ ދަށުން މިކުޅިވަރު ބައިޤަރުނަށްވުރެ ގިނަދުވަސްތަކެއްގައި ބަލަހައްޓަމުން ގޮސްފައިވަނީވެސް މިކަމަށް ވަކި ޚާއްސަ މަރުކަޒެއް އުފައްދައިގެން ނޫނެވެ. އަދި ޚާއްސަކޮށް އަންހެނުންގެ މިކުޅިވަރު އަންހެނަކު އިސްނަގައިގެން ބަލަހައްޓާފައިނުވުމާއި، އަންހެނުންނަށް ޚާއްސަކުރެވިފައިވާ މިކުޅިވަރު ބެލެހެއްޓުމުގައި ދުރުންނާއި ގާތުން އަންހެނުންގެ އިޙްސާސްތަށް ދެނެގަނެވިގެން މިކުޅިވަރު ބެލެހެއްޓުން އެއީ މިކުޅިވަރަށް ލިބިގެންދާނެ އާދިރުމެއް ކަމުގައިވީހިނދު މިކުޅިވަރު އާލާކުރުމަށް އިސްނަގައިގެން ވަނީ 2010 ވަނަ އަހަރު " ބަށިބޯލް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް" މިނަމުގައި އަންހެނުންގެ ޖަމާޢަތަކުން މިކުޅިވަރު ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށް ކުޅިވަރުގެ ދުވަސްވީ ޤަވާޢިދު އަސްލަކަށް ބަލައިގެން މިހާރުގެ ގޮތަށް ބަދަލުތަކެއް ގެނުވައި " ޒަމާނީ ބަށިބޯޅަ ޤަވާޢިދެއް" ހަދާ 1 އަހަރުވަންދެން ރާއްޖޭގެ އެކިއަތޮޅުގައި ޤަވާޢިދަށް ކުޅުންތެރިން އަހުލުވެރި ކުރުވައި " ކުޅިވަރުގެ ޤަވާޢިދުގެ މާއްދާތަކަށް ފެތޭގޮތަށް ހާސިލްކުރަންޖެހޭ ބައިތަށް ފުރިހަމަކޮށް 2011 ގައި ޔޫތު މިނިސްޓްރީއަށް ހުށަހަޅުއްވައިގެން އެޤަވާޢިދު ޔޫތު މިނިސްޓްރީގައި އެންޑޯޒްކޮށް " ފައެވެ. އަދި ހަމަ 2011 ގައި މި ޖަމިއްޔާ " ޤައުމީ ކުޅިވަރު ޖަމްލީސްގެ މެންބަރަކަށް " އެމިނިސްޓްރީ އިން ހައްދަވައި ދެއްވާފައެވެ. އޭގެ ފަހުން މިކުޅިވަރު މުޅިރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި އާލާކޮށް ޤައުމީ ފެންވަރުގައި މުބާރާތްތަށް ބާއްވާ، ދިވެހިސަރުކާތުގެ އެއްބާރުލެއްވުމާއި އެކު 2014 ގައި ރާއްޖެއިން ބޭރުގައި މިކުޅިވަރުގެ މުބާރާތް ބާއްވައި، ސްރީލަންކާ، އިންޑިޔާ އަދި ރާއްޖޭގެ ހުރިހާ އަތޮޅުތަކުގައި ފޯކަލްޕޮއިންޓްތަށް އުފައްދައި، ރާއްޖޭގައި ބޭއްވި 17 ވަނަ ސާރކް ޤަމުގެތަކުގެ ޖަލްސާގައިވެސް ދިވެހިންގެ ސަޤާފީ ކުޅިވަރެއްގެ ގޮތުގައި މިކުޅިވަރު މުޅި ދުނިޔެއަށް ދައްކާލުމުގެ ފުރުސަތުވެސް އެޖަމިއްޔާއިން ވަނީ ހާސިލް ކޮށްފައެވެ. މީގެ އިތުރުން ޒުވާނުން މިކުޅިވަރަށް އަހުލުވެރި ކުރުވުމަށް 2014 ގައި އެޑިޔުކޭޝަން މިނިސްޓަރ އާއިއެކު ތަފާތު ބައްދަލުވުންތަށް ބާއްވައި 2015 ގައި މިކުޅިވަރުގެ އިންޓަރސްކޫލް މުބާރާތް ބޭއްވުމަށް އެޑިޔުކޭޝަންގެ ކުޅިވަރު އެކަޑަމިކް ކަލަންޑަރ ގައި ޝާއިޢުކުރައްވައި އެމުބާރާތް އެޑިޔުކޭޝަން އިން ވަނީ ޙަވާލްކުރައް ވާފައެވެ. ނަމަވެސް ވޯޓްދެވޭ ޢުމުރު ފުރާގެ ކުދިން ކަމުގައި އެކުދިންނުވާތީވެ ކުޑަކުދިންތަކެއް މާލެގެނެސް ކޯޓަށް ކުޅެން އަރަންވީ ވަގުތު ޔޫތުމިނިސްޓްރީގެ ބާރާއި ނުފޫޒުގެ ބޭނުން ކުރައްވައިގެން މުބާރާތް ބޭއްވިއަނުދީ އެކުދިންގެ ޙައްޤްތަކަށް އަރައިގަނެ ރަށަށް ފޮނުވާލަންޖެހުނުކަމީ މިއެސޯސިއޭޝަނަށް ފޫބެއްދެންނެތް ބޮޑުޚަރަދު ތަކެއް ކުރަންޖެހި ކުރިމަތިވި ވަރަށްބޮޑު ހިތާމައެކެވެ. މީގެ އިތުރުން ދިވެހިން އުފެއްދި ދިވެހި މިކުޅިވަރު މުޅިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބާއްވައި، 5 އަހަރުގެ ތެރޭގައި ވެބްސައިޓެއް ހުޅުވައި ކުޅިވަރުގެ ކުޅުންތެރިންނަށް ޤަވާޢިދާއި، ބޭނުންވާ އެހެނިހެން އެހީތަށް ލިބޭނެ ހުރިހާ މަޢުލޫމާތެއް އެ ސައިޓުން ތަނަވަސްކޮށް ދީފައެވެ. ދިވެހިރާއްޖޭގެ ހުރިހާ އަތޮޅު ތަކެއްގައި ކޯޗިންގ ކޭމްޕާއި، އޮފިޝަލުންގެ ވާރކްޝޮޕްތަށް ބާއްވައި، 2000 ހާހަށްވުރެ ގިނަ އޮފިޝަލުންނާއި، ކޯޗުން ޓްރޭނިންގ ކުރުވައި، ބާއްވާ އެކި މުބާރާތްތަކަށް އޮފިޝަލުން ލިބޭނެ މަގުތަށް ފަހިކޮށްދީ، 2015 ވަނަ އަހަރުން ފެށިގެން ފުޓްބޯޅަ ފިޔަވައި ރާއްޖޭގައި ދެވަނައަށް ލީގްޒޯން މުބާރާތްތަށް ބޭއްވުމުގެ ފުރުޞަތު ހޯދި ކުޅިވަރަކަށް ވެފައިވަނީވެސް މިކުޅިވަރެވެ. މިގޮތުން 2015 އިން ފެށިގެން ކޮންމެ އަހަރަކު މުޅިރާއްޖެއަށް ވަނީ މިކުޅިވަރުން އަތޮޅު ލީގާއި، ޒޯން މުބާރާތްތަށް ބޭއްވުމަށް ހުޅުވާލާ އެމުބާރާތް ތަށްވެސް އެޖަމިއްޔާގެ ފަރާތުން ދަނީ ބާއްވަމުންނެވެ. އަދި މިއަދުގެ ސަރުކާރުން 2015 ވަނައަހަރުގެ އޯގަސްޓް 19 ގައި ވަނީ މިކުޅިވަރު މުޅިރާއްޖޭގައާއި، އަދި ރާއްޖޭން ބޭރުގައި ތަޢާރަފުކޮށް ޤައުމީފެންވަރެއްގައި " ބަށިބޯލް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް " ގެ ފަރާތުން ކުރިއަރުވާފައި ވުމާއެކު އެކަން ޔޫތު މިނިސްޓްރީއިން ފާހަގަކޮށް " ނޫސްބަޔާން ނެރުއްވައި " މިކުޅިވަރު ވަނީ ޤައުމީ ކުޅިވަރެއްގެ ގޮތުގައިވެސް ހައްދަވާފައެވެ. ހަމަ އެހެންމެ ހިތާމަޔާއި އެކު ފާހަގަކުރަންޖެހެނީ 2010 ވަނައަހަރުން ފެށިގެން މިކުޅިވަރު މިޤައުމުގައި ކުރިއެރުވުމަށްޓަކައި ކުރެވިފައިވާ އެއްވެސް މަސައްކަތެއްގައި ދިވެހިސަރުކާރުން އެއްވެސް މިންވަރެއްގެ ފައިސާގެ އެހީތެރިކަމެއް ދެއްވާފައިނުވާއިރު ބޭއްވުނު ހުރިހާމުބާރާތެއްގައި ތައްޓާއި، މެޑެއްޔާއި، ސެޓްފިކެޓް ދޫކުރެވިފައިވަނީ މިއެސޯސިއޭޝަނުން ސަލާންޖަހައިގެން ލިބިފައިވާ ދީލަތިފަރާތް ތަކެއްގެ ދީލަތި އެހީގައި ކަމުގައިވާއިރު މިއަދު ސަރުކާރުން ފައިސާގެ އިނާމުތަކެއް ކަނޑައަޅާ މުބާރާތްތަކެއް ބޭއްވުމަށް ނިކުންނެވީ ކޮން އުޞޫލަކުންތޯ؟ އެވެ. އަދި ބަޖެޓުގައި މިކުޅިވަރަށް ޚަރަދުކުރުމަށް އައިޓަމެއް ހިމަނާ އެއިޓަމަށް ފައިސާ ދެއްވާ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައި ވާނަމަ މިއެސޯސިއޭޝަނަށް މިކަން އެނގިފައިނުވަނީ ކީއްވެތޯ؟ ސުވާލުއުފެދެއެވެ. އަދި ހުސްވި 2016 ވަނައަހަރުގެ ނޮވެމްބަރ މަހުގެ 20 ގައި ބޭއްވި އެސް،ޓީ.އޯ ބަށި މުބާރާތުގައި ބައިވެރިވި ޓީމުތަކުންނާއި، ބައެއް ޖަމުޢިއްޔާއިން އެތައް ޝަކުވާއެއް ޔޫތު މިނިސްޓްރީ އަށް ހުށަހަޅާ ފައިވާއިރު އެއިން ޓީމަކަށް،އަދި ޖަމުޢިއްޔާއަކަށް އެއްވެސް ޖަވާބެއް ނުދީ ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ ލީގްޒޯނަށް ހުރަސްއެޅުމުގެ ގޮތުން އަނެއްކާ ކުޅުންތެރިންނަށް ގޮންޖަހާލާ މުބާރާތްތައް އިޢުލާނުކުރެއްވި އިރު ކުޅިވަރާބެހޭ ގޮތުން މިޤައުމުގައި އުފައްދަވާފައިވާ "މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސް" ހަނު ހުންނެވިކަމީ ވަކި އަތަކަށްޖެހިގެން ސިޔާސީ ގޮތުން ވަކި ބަޔަކާ ދިމާކުރާ ކުރުމެއްކަމުގައި ނޫނީނުވެއެވެ. އަދި މިގޮތަށް ވަކިބަޔަކާއި އެކު މިކުޅިވަރު ކުޅެންބޭނުންވާއިރު ސަރުކާރުން ހުއްދަދެއްވާފައިވާ ދެ އެސޯސިއޭޝަނާއި ބައްދަލުކުރުމުގެ ޤާބިލުކަމެއްވެސް ނެތްމެއެވެ. މި ދެ އެސޯސިއޭޝަން އުވާލާ އަލުން ބަށިބޯލް އެސޯސިއޭޝަނެއް އުފައްދަވާ އެސޯސިއޭޝަނެއްގެ ދަށަށް މިކުޅިވަރު ގެންދެވޭނެފަދަ ޤާބިލުކަމެއް ޔޫތު މިނިސްޓަރ ގެ ސިކުނޑިފުޅުގައި ނެތްކަމީ މިޤައުމުގައި އެމީހަކު ބޭނުންގޮތަކަށް ކުޅިވަރު ކުޅެންވީކަމުގެ އަލިގަދަ ހެއްކެކެވެ. ހަމައެހެންމެ މިކުޅިވަރަށް ހައްލެއްނުލިބިގެން ކޯޓަށް ހުށަހެޅުމުން މިހާތަނަށް އާއިރު ކޯޓުންވެސް ހައްލެއްނުގެނެސްދެވި ހުށަހެޅި މައްސަލާ އަށް އެއްވެސް ޖަވާބެއްދެއްވާފައި ނުވާކަމީ އިންތިހާއީ ކަންބޮޑުވުމެއްކަމުގައި ދަންނަވަމެވެ. އަދި ސަރުކާރު ހިންގެވުމުގެ އިސްސަފުގައި އަންހެންބޭފުޅަކު ހުންނެވިއިރު އެބޭފުޅާއާ ބައްދަލުވުމަށް ތަކުރާރުކޮށް އެދުމުން ސިޔާސީ ނަޒަރަކުން ދެކިވަޑައިގެން މިޤައުމުގައި އޮތިއްޔާ އޮތްކަމަކީ ހަމަ އެކަމަނާ ކުރެއްވި މަސައްކަތްޕުޅެއްގެ ގޮތުގައިވުމަށް ކުރައްވާ ފާޅުކަންބޮޑު މި މަސައްކަތްޕުޅުގެ ސަބަބުން ލަދުވެތިވާން ޖެހި ޒަމާނުންސުރެ އިވެމުންދާ " އަންހެނަކުގެ މަސައްކަތް ކުރިއަރާނަމަ އެކަމެއް ނެތިކުރުމަށް ނިކުންނާނީވެސް ހަމަ އަންހެނެކޭ ބުނާފަދައިން" އެކަންހަޤީގަތަކަށް ވަމުންދާތީ ލަދުވެތިކަމާއެކު ފާހަގަކޮށްލަން ޖެހެއެވެ. ހިތާމަޔަކީ ދިވެހިރާއްޖޭގައި އަންހެނުންގެ ޘަޤާފީ މިރީތި ބަށިބޯޅަކުޅިވަރު މިހާރު މިއޮތްފެންވަރަށް ކުރިއަރުވާ މިޤައުމުގެ ހުރިހާ ރަށެއްގައި ކުޅެންފަށާ މިއޯސިއޭޝަންގެ ޤަވާޢިދަށް އަހުލުވެރިވެ ނިމުނުފަހުން މިޤައުމުގައި މިކުޅިވަރު ކުރިއަރުވާ އާލާކޮށްދިރުވުމަށް އެއްވެސް މަސައްކަތެއްނުކުރާ ބަޔަކު އަޞްލެއްކަމަށްބަލާ" ނޭޝަނަލް ބަށިބޯލް އެސޯސިއޭސަން" ގެ ނަމުގައި ފުރަތަމަވެސް ނަމެއްދީ އުފެއްދި އެސޯސިއޭޝަނަކުން ޒަމާނީ ބަށިބޯލް އެސޯސިއޭޝަންގެ ޤަވާޢިދުގެ ދެފޮޅުވަތް ދޭތެރެއަށް ކުޅިވަރުގެ ރޫޙާ ޚިލާފަށް ވައްކަން ކުރެވޭގޮތަށް އޮޅުވާލައިގެން ކުޅުންތެރިން ޓީމުތަކުގައި ހިމެނޭކަހަލަ ކުދިކުދި ޢިބާރާތް ކޮޅު ލައިގެން ތަރުތީބު ކުރެވިފައިވާ ޤަވާޢިދެއްގެ މަށްޗަށް މިކުޅިވަރު ކުޅެމުންދާއިރު މިކުޅިވަރު ޤާނޫނާ ޤަވާޢިދާއި، އަދި ކުޅިވަރުގެ ޤަވާޢިދާ ޚިލާފަށް އެޖަމްޢިއްޔާގެ ޓީމެއްގެ މެނޭޖަރަކު ކުރީގައި ބަހައްޓައިގެން އެކުޅިވަރަކީ މިއަދުގެ ސަރުކާރުން ކުރިއަރުވަމުން އައި ކުޅިވަރެއްގެ ގޮތުގައި ހެދުމަށް ޤަވާޢިދުން ބޭރުވެ، ދިވެހިރައްޔިތުންތަކެއް ކުރި މި ބުރަމަސައްކަތް ނުކުރާކަމެއްގެ ގޮތުގައި ހެދުމަށް ކުޅިވަރު މުބާރާތް ތަކަކަށް މިޤައުމުގައި ކަނޑަނާޅާހާ ބޮޑެތި ފައިސާގެ އިނާމު ތަކެއްކަނޑައަޅާ ކުޅުންތެރިން އަޅުވެތިކުރުމަށް ޤައުމުގެ އިސްސަފުގައި އަންހެންބޭފުޅަކު ހުންނަވައިގެން ސީދާ ކުރައްވަމުން ގެންދަވާ މަސައްކަތަކީ ބަލައިގަތުން ދަތި ކަމެއްކަމުގައި ލަދުވެތިކަމާއި،ހިތާމަޔާއި އެކު ފާހަގަކުރަމެވެ. އަދި ރައްޔިތުން އިސްކޮށްފައިވާ ވެރިއަކުގެ ބާރުގައި ކަނޑައެޅިގެން މިހާފާޅުކަންބޮޑު ޚިޔާނާތެއް ރައްޔިތުންނަށް ހިންގުމަކީ ލަދުހުތުރު ކަމަކަށް ވާއިރު އެފަދަބާރެއްގެ ބޭނުންކޮށްގެން މިޤައުމުގައި އެއްކުޅިވަރެއް ދެޤަވާޢިދަކަށް ކުޅެމުންދާއިރު އެދެޤަވާޢިދަށްވެސް ކުޅުމަށް ފުރުސަތުދީގެން ސަރުކާރުން ވަކިބަޔަކު ނަގާ ކޮނޑަށް ލައިގެން ޤައުމުގެ އިސްސަފުގައި ހުންނެވި އަންހެންބޭފުޅަކު ދުވެވަޑައިގަންނަވާ ސިޔާސީ މަޤްޞަދުތައް ފުރިހަމަކުރެވޭނީ ބަށިބޯޅައިން ކަމުގައި ދެކެވަޑައިގަތުމަކީ މޮޔަކަމެއްމެއެވެ. އަދި 18 އަހަރުންމަތީގެ ކޮންމެ ދިވެހިރައްޔިތެއްގެ އަތުގައިވެސް އޮތީ ހަމަ އެންމެ ވޯޓެއްކަމުގައި ވާއިރު ވަކި މީހަކަށް ނުވަތަ ވަކި ޖަމާޢަތެއްގެ ބާރުން ކަންކަންފުރިހަމަ ކުރެވޭނެކަމަށް ދެކިވަޑައިގަންނަވާކަމީ ބަލައިގަތުމަށް ދަތި އުނދަގޫ ކަމެއްކަމުގައި ވާއިރު މިކުޅިވަރު މިޤައުމުގައި ދިރުވާ އާލާކުރުމަށް 2010 ވަނައަހަރުންފެށިގެން އަންހެންބޭފުޅަކު ނިކުންނަވާ މިކުރެއްވި އަގުހުރި ބުރަމަސައްކަތް ހަލާކުކޮށްލުމުގައި ޤައުމުގެ އިސްސަފުގައި ހުންނެވި ރައްޔިތުންދެކެ އިންތިހާއަށް ލޯބިވެލައްވާ ދީލަތި އަންހެން ބޭފުޅަކު ނިކުންނަވާ ދުވެވަޑައިގަންނަވާއިރު ޤައުމުގެ ވެރިޔާގެ ފަހަތުން ރައްޔިތު މީހާއަށް ނުދުވެވޭނެކަން އެނގިވަޑައިނުގެން އޮޅިވަޑައިގެން ހުންނެވީތީވެ އެކަން ހަނދާންކޮށްދެމެވެ. އަދި ހަމައެހެންމެ ހޮނިހިރަކަށް ފަހު އާދީއްތަ ވެސް މިޤައުމު ދެމިއޮތްހާ ހިނދަކު އަންނާނެކަމީ ކަށަވަރުވާ ކަމެއްކަމުގައިދެކެމެވެ. އަދި މިއަދު ޤައުމުގެ އިސްސަފުގައި ހުންނެވި އަންހެންބޭފުޅާ " ޓްވީޓްކޮށް ބޭނުންހާ ކުޅިވަރެއް ނުކުޅެވޭނޭ، ބޭނުންގޮތެކޭ ހަދާނީ " މިފަދަ ޢިބާރާތްތައް ފޮނުވާކަމީ އިންތިހާއީ އިންސާނީ ކަންބޮޑު ވުމެކެވެ. ބަށިބޯޅައިގެ ޤަވާއިދާ ކުޅުން ހަމަޔަކަށް އަޅުވާ އެއްޤަވާޢިދެއްގެ ދަށަށް ގެނެވޭނީ ކުޅުންތެރިންނާއި، ޖަމުޢިއްޔާ ޖަމާޢަތްތަކާއި އެސޯސިއޭޝަން ތަކުންތެދުވެ އަންހެންބޭފުޅުންގެ ޙައްޤުގައި ޤުރުބާނީ ތަކެއްވެ މިފަދަ ޖަރީމާތަކަށް ނޫނޭކެ ބެނެވިގެން ކަމަށްވުމާއި، އަދި ހުރިހާ ކުޅިވަރުތަކެއްގެ ކުޅުންތެރިންގެ އެހީތެރިކަން ދިވެހިން އުފެއްދި ދިވެހި މިކުޅިވަރު ސަލާމަތްކުރުމަށް ވެގެންކަމުގައި ދެކޭތީ، ތިޔަ އެންމެހާ ކުޅުންތެރިންގެ މަދަދާއި، އެހީތެރިކަމަށްއެދި ގޮވާލަމެވެ. އަދި ދިވެހި ދައުލަތުގެ އިސްސަފުގައި ކޯޓްލައްވައިގެން ޤައުމު އިސްލާޙީމަގަށް ގެނައުމުގައި މަސައްކަތް ކުރައްވަވާ އެންމެހާ ބޭފުޅުންނަށް ދަންނަވަންއޮތީ ޤައުމު އިސްލާޙް ކުރެއްވުމުގައި މިފަދަ ޖަރީމާތަކަށް އާހޫކިޔުއްވައިގެން ތިއްބެވުމުން އިސްލާޙީމަގަށް ކޮންކަމެއްތޯ ތިޔަބޭފުޅުންނަށް ކުރެއްވެނީ އަދި އަންހެނުން ބާރުވެރިވުމަށް ކުރައްވަމުން ގެންދަވަނީ ކޮން މަސައްކަތް ޕުޅެއްތޯ ސުވާލު , Twitter:@Bashiball_2010 , Site:www.bashiball.com އުފެދެއެވެ. -------------------------------------------

Facebook

Twitter

Instagram

ސްޕޮންސަރސް

capital radio
Havarusports radio

ކޯރ ސްޕޮންސަރ

hundred plus