bannernews
ފަހުގެ ޙަބަރުތައް

2015 ވަނަ އަހަރުންގެ " ގްރޭންޑްފައިނަލަށް "

2016-11-13 18:20:44
newsimg
2015 ވަނަ އަހަރުން ފެށިގެން " ޒަމާނީ ބަށިބޯޅަ އާލާކުރުމާއި، މޮޅުކުޅުންތެރިން އުފެއްދުމަށް " ކޮންމެ އަހަރަކުމެ ރާއްޖޭގައި ބޭއްވުމަށް ހުޅުވާލަމުން ގެންދާ އަތޮޅުލީގާއި، ޒޯން ގެމުބާރާތުގެ 2015 ވަނަ އަހަރުގެ ލީގާއި، ޒޯން މުބާރާތުގައި ބައިވެރިވެ " ގްރޭންޑްފައިނަލަށް " ހޮވިފައިވާ ޓީމްތަކުގެ ގްރޭންޑްފައިނަލްގެ މުބާރާތް ނުބޭއްވި ލަސްވަމުން ގޮސްފައިވަނީ ބަށިބޯޅައިގެ އަސްލުފަރާތް އޮޅުވާލުމުގެ ގޮތުން އާރާބާރާ ނުފޫޒުގެ ބޭނުންކޮށްގެން ޔޫތު މިނިސްޓްރީއާއި ހޯމް މިނިސްޓްރީގެ ތެރޭގައި ހިންގާފައިވާ ޖަރީމާގެ ތެރެއިން ދިމާވެފައިވާ ގޮންޖެހުންތަކުގެ ސަބަބުންނެވެ. އަދި އެކަން މިއެސޯސިއޭޝަންގެ ވެބްސައިޓުންނާއި، ޕޭޖް އެފްބީއިން ކުޅުންތެރިންނަށް އެނގުމުގެ އިތުރުން އެކަން ޤަވާޢިދުން ޓީމްތަކަށް އަންގާފައި ވުމާއި، އެހެން ނަމަވެސް އެމުބާރާތުގެވެސް ގްރޭންޑްފައިނަލް ބާއްވާނެކަން ވާނީ ޤަވާޢިދުން ޓީމްތަކަށް އަންގާފައެވެ. އާދެ! މި މުބާރާތް ބޭއްވުމަށް މިހާރު ތައްޔާރީތަށް ވަމުންދިޔުމާއި އެކު 2015 ވަނަ އަހަރުގެ 9 ޒޯނުގެ ތެރެއިން ހޮވިފައިވަނީ 8 ޒޯނުން 8 ޓީމް އެވެ. އަދި އެޓީމްތަށް ބައިވެރިކުރި ކުލަބު ޖަމިއްޔާތަކާއި، ކައުންސިލްތަކަށް ޓީމްތަށް ތައްޔާރުވުމާއި، އެމުބާރާތް ނޮވެމްބަރ މަހުގެ 24 ން 26 ގެ ނިޔަލަށް މާލޭގައި ބޭއްވުމަށް ހަމަޖައްސައިފި ކަމުގައިވާނީ ސިޓީއިން އެފަރާތްތަކަށް އަންގާފައެވެ. ހޮވިފައިވާ ޓީމުތަކުން ބައިވެރިވާނަމަ އެކަން 15 ނޮވެމްބަރ 2015 ވަނަ ދުވަހުގެ 12.00 ގެ ކުރިން ލިޔުމަކުން އެންގެވުމާއި، ގެންނަން ޖެހޭ ބަދަލު ތަކެއްވާނަމަ އެކަންކަން އިސްލާޙްކުރުމަށްފަހު ޓީމް ލިސްޓްތަށް 17 ނޮވެމްބަރ 2016 ވަނަ ދުވަހުގެ 12.00 ގެ ކުރިން މިއެސޯސިއޭޝަންގެ މެއިލްއަށް މެއިލްކުރެއްވުމަށް ދަންނަވަމެވެ.

Facebook

Twitter

Instagram

ސްޕޮންސަރސް

capital radio
Havarusports radio

ކޯރ ސްޕޮންސަރ

hundred plus