bannernews
ފަހުގެ ޙަބަރުތައް

ޒަމާނީ ބަށިބޯޅައިގެ އަމްޕަޔަރުންގެ ވާރކްޝޮޕްގެ ބައިވެރިންނަށް ސެޓްފިކެޓް ދީފި

2015-01-28 13:56:12
newsimg
އަމްޕަޔަރ ވަރކްޝޮޕްގެ ބައިވެރިޔަކަށް ސެޓްފިކެޓް ދެނީ
2 ން 24 ޖެނުއަރީ 2015 އަށް ބަށިބޯލް ފައުންޑޭޝަންގެފަރާތުން އަލަށްރާއްޖޭގެ ހުރިހާފޯކަލްޕޮއިންޓް ތަކަށްއަމާޒުކޮށްގެން އަމްޕަޔަރުން ޓްރޭން ކުރުމުގެ ވާރކްޝޮޕެއް ވަނީ ހިންގާފަ. މިވާރކްޝޮޕްގައި ޖުމްލަ 51 ފަރާތުން އަމްޕަޔަރުންގެ ޓްރޭނިންގ ވާރކްޝޮޕްގައި ބައިވެރިވެފައި ވެއެވެ. މިއީ އަލަށް ރާއްޖޭގައި ހިންގި ފުރަތަމަ އަމްޕަޔަރުންގެ ވާރކްޝޮޕް ކަމަށްވެފައި މި ވާރކްޝޮޕް ހިންގާފައިވަނީ ހުރިހާ ފަރާތްތަކަށް ހިލޭ ބައިވެރިވެވޭ ގޮތަށެވެ. ވާރކްޝޮޕްގެ ތިޔަރީބައި ނަގައިދިނުން އޮތީ ކޮންމެ ރެއެއްގެ ރޭގަނޑު 21.00 ން 23.00 އަށް ޔޫތު ސެންޓާރގެ ސެމިނާރހޯލްގައެވެ. އަދި ޕްރެކްޓިކަލް އޮތީ އަޙްމަދިއްޔާގެ ޖެހިގެންއޮންނަ ހުސްބިމުގައެވެ. އަމްޕަޔަރުންގެ މިވާރކްޝޮޕްގެ ބައިވެރިން ވަނީ 3 ސެޝަނެއް ފުރިހަމަކޮށް އަމްޕަޔަރުންގެ ހަރަކާތްތަކާ އަދި ކަށިގަނޑު ފުމުމުން ފެށިގެން އަމްޕަޔަރެއްގެ ގައިގަ ހުންނަންޖެހޭނެ ހުރިހާ ހަރަކާތެއް ދަސްކޮށްދީ އަޚްލާޤީމިންގަނޑު ގެންގުޅެންޖެހޭނެ ގޮތްތަކުގެ މަޢުލޫމާތު ފުރިހަމައަށް ދީފައެވެ. މިގޮތުން ލެވެސް 1 ސެޓްފިކެޓް ހުރިހާ ބައިވެރިން ހާސިލްކޮށްފައިވެއެވެ. ނިންމުމުގެ ރަސްމިއްޔާތު 24 ޖެނުއަރީ 2015 ވަނަ ދުވަހުގެރޭ ޔޫތުސެންޓަރގެ ސެމިނަރ ހޯލްގައި ބޭއްވި ސެޓްފިކެޓް ދިނުމަށް ފަހު ބީއެފްއެމްގެ އެންމެ ފުރިހަމަ އައިޓަމް އާދެ! ވެބްސައިޓް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވިގެން ދިޔައެވެ. މިއީ ދިވެހި ސަޤާފީ މިކުޅިވަރު ދިރުވުމުގައި އެންމެ ފުރިހަމަ އަލިގަދަ ދަންމަރު ދުނިޔޭގެ ކަންކޮޅުތަކަށް ދިއްލާދެވުނު ރެއެވެ. ދެކެން ބޭނުންވި ހުވަފެން ހަޤީގަތަކަށް ވެގެންގޮސްފައިވަނީ މިރަސްމިއްޔާތުގައެވެ. ވެބްސައިޓް ހުޅުއްވައި ދެއްވެވީ ނިޝާން ޢިއްޒަތްދީނުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޒާހިރު ނަސީރު އެވެ. ޒަމާނީ ބަށިބޯޅައިގެ މިއަލިގަދަ ދަންމަރު ދިއްލައި ދެއްވުމުގައި އެހީތެރިކަން ފޯރުކޮށްދެއްވި ހިތްވަރުގަދަ ފުޓްބޯޅަ ކުޅުންތެރިން އަދި އެކިފެންވަރުގައި އެހީތެރިކަން ވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރާއި މުބާރަކު ބާދީ ދަންނަވަމެވެ. އަދި ބައިޤަރުނަށްވުރެ ގިނަދުވަސްވީ މިކުޅިވަރު ދިރުވުމުގައި ކުރާ އެންމެހާ މަސައްކަތްތަކަށް ދިވެހި ފުޓްބޯޅަ ކުޅުމުގެ މަސްހޫރު ކުޅުންތެރިންގެ އެއްބާރު ލެއްވުން ވެގެން މިދަނީ ދުނިޔޭގެ ކަންކޮޅުތަކުގައި ޒަމާނީބަށިބޯޅައަށް ލިބިގެންދާ އެންމެބޮޑު ކުރިއެރުމެއް ކަމުގައެވެ.

Facebook

Twitter

Instagram

ސްޕޮންސަރސް

capital radio
Havarusports radio

ކޯރ ސްޕޮންސަރ

hundred plus