bannernews
ފަހުގެ ޙަބަރުތައް

ބީއެފްއެމްގެ ފަރާތުން ބަށިބޯޅައިގެ އަމްޕަޔަރުން ޓްރޭނިންގ ކުރުމުގެ ވާރކްޝޮޕް ފައްޓަވައިފި

2015-01-23 09:37:29
newsimg
ބަށިބޯޅަ އަމްޕަޔަރ ޓްރޭނިންގައި ބައިވެރިން
ބަށިބޯޅަ ފައުންޑޭޝަންގެ ފަރާތުން ބާއްވާ ފުރަތަމަ އަމްޕަޔަރުން ޓްރޭނިންގ ކުރުމުގެ ވާރކްޝޮޕް ވަނީ 22 ޖެނުއަރީ 2015 ގައި ވަނީ މާލޭގައި ހުޅުވާލެވިފައި. މިވާރކްޝޮޕްގައި 50 އަށްވުރެ ގިނަ މީހުންމާލެއާއި ރާޖޭގެ ރަށްރަށުން ބައިވެރިވެފައި ވެއެވެ. މި ވާރކްޝޮޕް ބޭއްވުމުގެ ބޭނުމަކީ 2015 ވަނަ އަހަރުން ފެށިގެން ބަށިބޯޅަ މުބާރާތް ބެލެހެއްޓުމަށް ބީއެފްއެމްގެ ސެޓްފިކެޓް ނެތް އޮފިޝަލުންނަށް އެކަންކުރުން ޤަވާއިދުގައިވާ ގޮތުން މަނާވެފައިވުމާއެކު ބީއެފްގެ ފަރާތުން އަހަރަކު 2 ފަހަރު ހިލޭފުރުސަތު ދިނުމުގެ ގޮތުން ބޭއްވި ވާރކްޝޮޕްކެވެ. މިއީ ބަށިބޯލްފައުންޑޭޝަންގެ ފަރާތުން ބޭއްވި ފުރަތަމަ އަމްޕްޔަރުން އުފެއްދުމުގެ ވާރކްޝޮޕްކަމުން ވަރަށް ބޮޑު ތަރުޙީބެއް މިވާރކްޝޮޕް އަށް ލިބިފައިވެއެވެ. ރަސްމިއްޔާތު ފެއްޓިފައި ވަނީ ސޯސަލްސެންޓަރ ސެމިނާހޯލްގައި 22 ޖެނުއަރީ 2015 ދުވަހުގެރޭ 9.00 ގައެވެ. އަދި ޕްރެކްޓިކަލް ބައި ނަގައިދިނުން އޮންނަނީ މައްޗަންގޯޅީގައި ބަށިކުޅުމަށް ހަމަޖައްސާފައިވާ ކުޅޭ ކޯރޓްގައެވެ.މިތޮތުން މި ވާރކްޝޮޕް ގައި 3 ސެޝަން ނަގައި ދިނުން އޮންނާނެއެވެ. ވާރކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ނިންމުން އޮންނާނީ 24 ޖެނުއަރީ 2015 ދުވަހުގެރޭ 9.00 ގައި ސޯޝަލް ސެންޓަރ ގައެވެ. އަދި މިރަސްމިއްޔާތުގައި ބީއެފްއެމް ގެ ވެބްސައިޓް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނެވެ. މިއީ މިކުޅިވަރު އާލާކުރުމަށް ކުރާ ބުރަމަސައްކަތުގެ ނަތީޖާ ގެ މޭވާ ގަހުގަ އަޅާ ދުވަސްކަންވެސް އުފަލާއެކު ފާހަގަކޮށްލަމެވެ. މިއީ ކުޅުންތެރިންނާ އަދި އޮފިޝަލުންނާއި، އަދި ބެލުންތެރިންނަށް މިކަމުގެ ސަބަބުން މިކުޅިވަރަށްވެސް ލިބިގެންދިޔަ ވަރަށް ފުރިހަމަ ކަމެއް ކަމުގައި ދެކެން.

Facebook

Twitter

Instagram

ސްޕޮންސަރސް

capital radio
Havarusports radio

ކޯރ ސްޕޮންސަރ

hundred plus