bannernews
ފަހުގެ ޙަބަރުތައް

އިންޑިއާގެ ޓްރިވެންޑްރަމްގައި ޒަމާނީ ބަށިބޯޅަ މުބާރާތެއް ބާއްވައިފި

2015-01-23 09:21:31
newsimg
އިންޑިއާގައި ބޭއްވުނު ޒަމާނީ ބަށިބޯޅަ އެމްއެސްސީ ޗެލެންޖް ކަޕްގެ ތެރެއިން
ޒަމާންވީ ދިވެހިން އުފެއްދި ދިވެހި އަންހެނުންގެ ކުޅިވަރު ބަށިބޯޅަ ފުރަތަމަ ފަހަރަށް ރާއްޖޭން ބޭރު ޤައުމެއްގައި ތައާރަފު ކުރުމުގެ ފުރުސަތު ވަނީ ދިވެހިސަރުކާރުގެ އެއްބާރު ލެއްވުމާއެކު ބަށިބޯޅަ ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އަށް ލިބިފަ. މިގޮތުން އިންޑިޔާގެ ކޮންސިއުލޭޓަރ ގެ އެހީތެރިކަމާ އަދި އެފްއޭއެމްގެ އެހީތެރިކަމާއެކު އިންޑިޔާގެ ޓްރިވަންޑްރަމްގައި 11 ނޮވެމްބަރ 2014 ވަނަ ދުވަސް އާދެ ޖުމްހޫރީދުވަސް ފާހަގަ ކުރުމުގެ ގޮތުން 4 ޓީމްގެ މުބާރާތެއް " ޗެލެންޖްކަޕް 2014 " މި ނަމުގައި ބޭއްވި ފައިވޭ. މި މުބާރާތް ބާއްވަފައި ވަނީ 6 ނޮމްބަރ 2014 އިން ފެށިގެން 11 ނޮވެމްބަރ 2014 އަށް އިންޑިޔާގެ ތިރުވަނަންތަ ޕޫރަމް ގައެވެ. އަދި މުބާރާތް ބޭއްވުމުގެ ސަބަބުން ދިވެހިންގެ ސަޤާފީކުޅިވަރު އިންޑިޔާ ޓައިމްސް ގެ އިންޓަރވިއު ނެގުމާއި، އޭޝިޔާ ޓީވީއިން މެޗް ނެގުމާއި، އިންޑިޔާގެ ފަރާތުން ޝައުޤްވެރިކަން ފާޅުކޮށްފައި ވުމީ ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ވެގެން ދިޔައެވެ. ދިވެހިރާއްޖެއަށް ފުރަތަމަ ފަހަރަށް މިފުރުސަތު ލިބިގެން ދިޔުމީ ދިވެހިންނާއި ދިވެހި ކަނބަލުންނަށް ލިބިގެން ދިޔަ ރީތި ނަމާ ޝަރަފެއްކަމުން މިކަމުގައި އެހީތެރިވެ ދެއްވި ކޮންސުލް ޢަލީ އާދަމް މަނިކާއި، އެމްއެސްސީ ގެ އެންމެހާ މެންބަރުންނަށް ފައުންޑޭޝަންގެ ނަމުގައާއި، އަޅުގަޑުގެ ނަމުގައި މަރުޙަބާ އާއި ޝުކުރު ދަންނަވަމެވެ. އިންޑިޔާގައި ބޭއްވުނު މުބާރާތުގައިވެސް އޮފިޝަލުން ޓްރޭނިންގ ކުރުމުގެ ފުރުސަތު ލިބުމާއެކު 5 އޮފިޝަލުން ޓްރޭނިންގ ކުރެވި ވަރަށް ގިނަ ދިވެހިންނާއި، އިންޑިޔާގެ ރައްޔިތުން އެމުބާރާތް ބަލަން ދިއުމާއި، ލިބިގެން ދިޔަ ތަރުޙީބަކީ މިކުޅިވަރަށް ލިބުނު ދިރުމެއް ކަމުގައި ދެކެވެމެވެ. މިގޮތުން ކޮންމެ އަހަރެއްގެވެސް ނޮވެމްބަރ 11 " ޖުމްހޫރީދުވަސް" ފާހަގަ ކުރުން އިންޑިޔާގައި ބޭއްވުމަށް ވަނީ ފައުންޑޭޝަނުން ހަމަޖައްސާފައެވެ.

Facebook

Twitter

Instagram

ސްޕޮންސަރސް

capital radio
Havarusports radio

ކޯރ ސްޕޮންސަރ

hundred plus