bannernews
ފަހުގެ ޙަބަރުތައް

ގއ. އަތޮޅުގެ އަތޮޅުލީގް މުބާރާތް ނިމިދިޔަގޮތުގެ ތަފްސީލް

2019-10-01 19:41:59
newsimg
މުބާރާތުގެ ހުރިހާ މެޗްތަކެއްކުޅެ ނިމިގެން ދިޔައީވަރަށްވެސް އުފާވެރި އެކުވެރި މާހައުލެއްގައެވެ. މެޗްތަށް ނިމިގެން ގެއަށްވެސް ދިޔަފަހުން ކަންވެގެން ދިޔަގޮތް އެރިއޮޅުން ސާފުވެ ކަމުގެ ހަގީގަތް އެންގުމުން މަސްލަހަތު ގެއްލުމަށް ދިމާވި މައްސަލަ ހިނގާދިޔަގޮތް މިވަނީ ވަރަށްވެސް ފުރިހަމަކަމާއެކު ސާފުވެފައެވެ. ޒަމާނީ ބަށިކުޅުމުގެ ޤަވާޢިދުގެ 16 ވަނަ މާއްދާގެ 16.2 ގައިވާ ގޮތުން މިހާރު ތިޔަޓީމަށް ޖަވާބުދާރީވުމަކީ ފައުންޑޭޝަނަށް ލާޒިމް ކަމެއްގެ ގޮތުގައި ބެލެވޭކަށް ނެތްމެއެވެ. އެއީ ޖެހޭ މައްސަލަތަކުގައި ހިތްހަމަ ނުޖެހުމެއްވާނަމަ ގިނަވެގެން 3 ގަނޑިއިރުގެ ކުރިން ލިޔުމަކުން ހުށަހެޅުމަށް ވަރަށް ސާފުކޮށް 16 ވަނަމާއްދާގައި ބުނެފައިވާއިރު މިނޫނީ މި މައްސަލަ ސާފުކުރުމަށް ތިޔަ ފަރާތުން އެދިލައްވާފައި ނުވާތީއެވެ. ނަމަވެސް 2010 ވަނަ އަހަރުންފެށިގެން މަރުޙޫމް ޒާހިރު ނަސިރާއެކު މިކުޅިވަރު ރާއްޖޭގައި އާލާކުރުމުގެ މަސައްކަތް ކުރަމުންއައީ މި ފައުންޑޭޝަނުންކަމަށްވެފައި ތިޔަ ހުރިހާ ކުޅުންތެރިންނަކީވެސް މި ފައުންޑޭޝަންގެ މެންބަރުން ކަމުގައި ދެކޭތީ ތިޔަފަރާތުން އެދި ލެއްވި ޖަވާބު އަރުވާނެކަމުގައި ދަންނަވަމެވެ. 1- ގއ. ދާންދޫގައި ބޭއްވި 2019 ގެ އަތޮޅުލީގް ޒަމާނީ ބަށިބޯޅަ މުބާރާތުގެ ކުޅުމުގެ ތެރެއިން 27 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ ހަވީރު 17.00 ން 18.00 ގައި ކުޅެންއޮތީ ދާންދޫ ކަމަނަޓީމާއި، ނިލަންދޫ ފަތްމިނި ޓީމެވެ. މިމެޗްގެ ކުޅުން ބަންގިގޮވި އިރު ނުނިމުމުގެ ސަބަބުން ބަންގިއަށް ވަގުތު ދިނުމަށް ފަހު މި މެޗް ނިމިފައިވަނީ 18.30 ގައެވެ. 2- އެރޭގެ 20.00 ގައި ކުޅެން ހަމަޖެހިފައި އޮތް ވިލިގިލީ ގަނދަކޯޅި ޓީމާއި، ނިލަންދޫ ފަތްމިނި ޓީމްގެ މެޗްގެ ކުޅުން ވިލިގިލީ ގަނދަކޯޅި ޓީމްގެ މެނޭޖަރ ޝަޒުމާ ހިލްމީ ދޫކޮށްލިކަން އަންގާފައިވަނީ 4 ކުދިންގެ އަތުގެ އިނގިލިތަށް ހަލާކުވެގެން ކުޅެވެން ނެތިގެން ކަމަށް އަންގާފައި ވަނީ 17.50 ގައެވެ. އަދި މިކަން މީނާ އެންގުމުން އެކަމަށް އޮންނަ " މެޗް ދޫކޮށްލުމުގެ އެއްބަސްވުން" ގައި ވިލިގިލީ ޓީމްގެ މެނޭޖަރ ވަނީ އެއްބަސްވެ ސޮއި ކުރައްވާފައެވެ. އަދި މިކަން ފަތްމިނިޓީމްގެ މެނޭޖަރ އަސްމާ މުޙައްމަދު 17.55 ގައި ހާޒިރުކޮށް މެޗް ދޫކޮށްލާފައިވާ ސަބަބު އެންގުމުން އެއްވެސް ސުވާލެއް ކުރުމަކާ ނުލާ އެވަގުތު މެޗްކަމިޝަނަރ މޭޒުގައި މަސައްކަތް ކުރަން ތިބި މެޗް ބަލަހައްޓާ އޮފިޝަލުންގެ ހާޒިރުގައި ވަނީ އެއްބަސްވެފައެވެ. އެހެން ކަމުން އޭނާބުނި ބުނުމުގެ މައްޗަށް އޮފިޝަލުންގެ ބަޔާންނަގާ ވަނީ ސޮއިކުރުވާފައެވެ. 3- އެދުވަހުގެ ހަވީރުގެ މެޗްތަށް 18.30 ގައި ނިމިގެން މެޗްގެ ނަތީޖާ އިޢުލާން ކުރިއިރު އެންމެ ފުރަތަމަ ޢާއްމުކޮށް އިއުލާންކޮށްފައި ވާނީ ރޭގަނޑު ކުޅެން އޮތް 2 މެޗްގެ ތެރެއިން އެންމެ ފަހުގެ މެޗް ގަންދަކޯޅި ޓީމާއި، ފަތްމިނިޓީމްގެ ކުޅުން ސަބަބާއެކު އިޢުލާންކޮށްފައެވެ. 4- ރޭގަނޑު 20.30 ގައި ކުޅުނު މެޗްގެ ނަތީޖާ އިޢުލާން ކޮށް 28 ސެޕްޓެމްބަރ ދުވަހު ކުޅެން ހަމަޖެހިފައިވާ ފައިނަލް މެޗްގެ ކުޅުން ދާންދޫ ޓީމާއި، މާމެންދޫ ޓީމްގެ ނަން ކިޔުމުގައި އޮޅުމަކުން ވަނީ ރަށުގެ ނަން ނިލަންދޫ ކަމަށް އިޢުލާން ކުރެވިފައެވެ. ނަމަވެސް އެކަން އެނގިފައިވަނީ 9.45 ގައި ކަމުން ވަގުތުން ނިލަންދޫޓީމާއި، މާމެންދޫގެ ޓީމަށް ފޯނުން ގުޅާ ރަށުގެ ނަން ކިޔިފައިވަނީ އޮޅުމަކުން ކަމާ ރަގަޅު ގޮތަކީ ދާންދޫއާއި، މާމެންދޫ ކަމުގައިވާނީ ޓީމް މެނޭޖަރުންނަށް އަންގާފައެވެ. އަދި މިކަމާ ގުޅިގެން ނިލަންދޫގެ ޓީމުން މުޅި މުބާރާތުގެ ނަތީޖާ އެގިހުރެ ތަފާތު މައްސަލަތަށް ޖައްސާތީ، މުޅި މުބާރާތުގެ މެޗްތަކުން ލަނޑާއި، ފޯލީގެ ނަތީޖާ ލިޔެ އެކަންވާނީ މެނޭޖަރުންގެ ވައިބަރ ގުރޫޕްގައި އިއުލާން ކޮށްފައެވެ. 5- ވިލިގިލީ ޓީމުން މެޗް ދޫކޮށްލުމުން 4 މޮޅު ލިބޭ ކަމެއް ޒަމާނީ ބަށިބޯޅަ ޤަވާޢިދުގައި އޮތްކަމެއް އެނގިފަކާނުވެއެވެ. މިއީ ގއ. އަތޮޅުގައި މި މުބާރާތް ބާއްވާ 3 ވަނަ އަހަރު ކަމަށްވެފައި ކޮންމެ ފަހަރަކުވެސް މި މުބާރާތުގައި ނިލަންދޫ ބައިވެރިވެފައި އޮތްކަން އެނގެން އޮތްއިރު މުބާރާތަށް ކުޅުންތެރިންނުކުމެ ކުޅެމުންދާނީ ޤަވާޢިދު ރަގަޅަށް އެނިގެންކަމުގައި ޤަބޫލް ކުރެވެއެވެ. އަދި މެޗް ކުޅެމުންދާއިރު ގަޑިން ވާވަރާއި، ކުޅުންތެރިން ޖަހާބޯޅައާއި، ހިފާ ބޯޅަ ޓީމްތަކުންވެސް ގުނަމުން ބަލަމުން ދިޔުމާއި، މެޗް ނިމުމުން ނުވަތަ ފެށޭމެޗްގެ ފުރަތަމަ ހާފުގައި ޢާއްމުކޮށް މެޗް ނަތީޖާ އިޢުލާންކޮށްފަވާއިރު ތިޔަ ހުރިހާ ޓީމްތަކެއްގެ ފުލްނަތީހާ ތިޔަފަރާތަށްވެސް އެގިފައި އޮންނާނެ ކަމުގައި ދެކެމެވެ. ނަމަވެސް ނަތީޖާއަށް ބޭނުންވެފައިވާތީ، މިހާރުވެސް މެނޭޖަރުންގެ ވައިބައި ގުރޫޕްގައިވާ ގޮތަށް ނަތީޖާ ތިރީގައި އެވަނީ އެވެ. މި މުބާރާތުގައި ޖުމްލަކުޅެންއޮތީ ފައިނަލްއާއެކު 11 މެޗްއެވެ. ކޮންމެ ޓީމަކުން 4 މެޗް ކުޅެން ހަމަޖެހިފައި ވެއެވެ. - ކަމަނަ ޓީމް / ގއ. ދާންދޫ 4 މެޗް ކުޅެ ލަނޑުކޮށްފައިވަނީ 104 ލަންޑު 9 ފޯލި އެވެ. - ފަތްމިނިޓީމް / ގއ. ނިލަންދޫ 3 މެޗް ކުޅެގެން 88 ލަންޑު 11 ފޯލި ލިބިފައިވެއެވެ. އަދި ކުޅެން އޮތް 4 ވަނަ މެޗް ވިލިގިލީ ޓީމް ދޫކޮށް ލުމުން 12 ޕޮއިންޓް ނުވަތަ 1 ލަންޑު ފަތްމިނިޓީމަށް ލިބުމުން ޖުމްލަ ފަތްމިނިޓީމް އަށް ކުރެވިފައިވަނި 89 ލަނޑު 11 ފޯލިއެވެ. - ގަނދަކޯޅި ޓީމް/ ގއ. ވިލިގިލި 3 މެޗް ކުޅެ ލަނޑުކޮށްފައިވަނީ 54 ލަނޑު 0 ފޯލިއެވެ. އަދި ކުޅެންއޮތް 4 ވަނަ މެޗް އެޓީމުން ދޫކޮށްލުމުން ފަތްމިނިޓީމަށް 12 ޕޮއިންޓް ނުވަތަ 1 ލަނޑު ވިލިގިލީ ޓީމުން ކަނޑާ ފަތްމިނިޓީމަށް އިތުރުކޮށްފައި ވާތީ، ގަނދަކޯޅި ޓީމްއަށް ކުރެވިފައިނީ 53 ލަނޑު 0 ފޯލިއެވެ. - ގަދަހިފުން ޓީމް/ ގއ. މާމެންދޫ 4 މެޗްކުޅެ ލަނޑުކޮށްފައިވަނީ 96 ލަނޑު 5 ފޯލިއެވެ. - ހިތްވަރުޓީމް/ ގއ. ދާންދޫ 4 މެޗް ކުޅެ ލަނޑުކޮށްފައިނީ 54 ލަނޑު3 ފޯލިއެވެ. ނޯޓް: * މި ޤަވާޢިދުގައި ނެތްކަމެއް ދިމާވެއްޖެނަމަ ނުވަތަ ވަގުތުން ހައްލުކުރަން ޖެހޭ މައްސަލައެއް ދިމާވެއްޖެނަމަ އެކަމެއް ހައްލުކުރާނީ " މުބާރާތް ބޭއްވުމުގެ އިދާރީ ޤަވާޢިދު" ގެ ތެރެއިން ނިންމުމުގެ ބާރު މުބާރާތް ހިންގުމަށް ހުންނެވި ފަރާތަށް ލިބިގެންވާނެއެވެ. * މުބާރާތް ފެށުމުގެ ކުރިން މުބާރާތުގައި ބައިވެރިވާ ޓީމްތަކާ އަދި މުބާރާތް ބަލަހައްޓާ އޮފިޝަލުންނާއި އެކު ބޭއްވި 3 ބައްދަލުވުމުގައި ވަރަށް ތަފުސީލްކޮށް މުބާރާތް ކުރިއަށް ގެންދަނީ ޕޮއިންޓް ސިސްޓަމަށްކަމަށާއި، އެންމެ ގިނަ ޕޮއިންޓް ނުވަތަ ލަނޑުކޮށްފައިވާ 2 ޓީމް ފައިނަލް ކުޅޭނެކަމާއި، ތިންވަނަ ޓީމް ހޮވާނީ ހަމަ އެގޮތުގެމަތިން ތިންވަނައަށް އެންމެ ގިނަ ލަނޑު ނުވަތަ ޕޮއިންޓް ލިބޭ ޓީމެއްކަން ވަރަށް ސާފުކޮށް ޓީމްތަކަށް ކިޔައިދީ އެގޮތުގެމަތިން އެއްބަސްވުން ލިޔެ ކޮންމެ ޓީމަކަށް ޙަވާލުކޮށްފައިވާނެއެވެ. * ކޮންމެ ފޯއްޔަކީ ޕޮއިންޓެކެވެ. އަދި ކޮންމެ ލަނޑަކީ 12 ޕޮއިންޓްކަން ވަރަށް ސާފުކޮށް 12 ވަނަ މާއްދާއިން އެގެން އެބައޮތްކަމުގައި ދަންނަވަމެވެ. * ކުޅުންތެރިން ހިފާ ކޮންމެ ބޯޅައަކަށް 4 ޕޮއިންޓް ލިބޭ ކަމާ ޖަހާ ކޮންމެ ބޯޅައަކަށް 1 ޕޮއިންޓް ލިބޭކަން އަދި މިއީ ކޮންމެ މެޗެއްގެވެސް ކުޅުންތެރިންގެ މަޤާމްތަށް ހޮވުމުގައި ބަލާ މިންގަނޑުކަން ވަރަށް ސާފުކޮށް އެގެން އޮންނާނެއެވެ. މިގޮތުން ބަށި ރާނީ، އެންމެ މޮޅު ހިފުން ތެރިޔާ، ޖެހުން ތެރިޔާ، އެންމެ މޮޅު 8 ކުޅުންތެރިން އަދި ކޮންމެ މެޗެއްގެ ކުއީންއޮފްދަ މެޗް ހޮވުމަށް ބަލާ މިންގަނޑު ކަނޑައަޅާނީ މި އުސޫލުންކަންވެސް ވަރަށް ސާފުކޮށް އެމާއްދާއިން އެގެން އެބައޮތްމެއެވެ. އަދި ކޮންމެ މެޗެއް ނިމުމުން އެމަޤާމްތަށް އެގޮތުގެމަތިން ހޮވާ އެދުވަހުގެ ސެޓްފިކެޓް މިދަނީ ކުޅުންތެރިންނާ ޙަވާލުކުރަމުންނެވެ. * މެޗްގެ ނަތީޖާއަށް މިބައި އިތުރުނުކުރާނެކަން މިކަމުން ވަރަށް ސާފުކޮށް އެގެންއެބައޮތެވެ. ޓީމްގެ މޮޅުވާނީ ގިނައިން ލަނޑާ ފޯލި ޖެހުމުންނެވެ. 3 މެޗުން ނުވަތަ 4 މެޗުން ބަލިނުވެ މޮޅުވިޔަސް ގިނަ ލަނޑުކުރެވިފަ ނުވާނަމަ ޕޮއިންޓަށް ބެލިޔަސް ނަތީޖާ މަތިވެގެން ނުދާކަން ވަރަށް ސާފުކޮށް އެގެން އެބައޮތްކަމުގައި ދަންނަވަމެވެ. * މިފޯމިއުލާއާއި އެއްގޮތަށް ޒަމާނީ ބަށިބޯޅަ ކުޅެމުންދާކަން ތިޔަ އަތޮޅުގެ ކުޅުންތެރިންނަށް ވަރަށް ރަގަޅަށް ސާފުވެފައިވެއެވެ. އަދި ފަތްމިނިޓީމްއަކީ މި މުބާރާތުގައި 3 އަހަރުވެސް ބައިވެރިފައިވާ ޓީމަކަށް ވުމާއި، ވަރަށް ސާފުކޮށް މުބާރާތްގެ ބައިވެރިންނަށް މަޢުލޫމާތު ދިނުމާއި، ޤަވާޢިދު މުބާރާތް ފެށުމުގެ ދޮޅުމަސް ކުރިން ޓީމްތަކަށް ލިބިފަވާއިރު ޤަވާޢިދު ވަރަށް ސާފުކޮށް ކުޅުންތެރިންނަށް އެނގިފައޮތްކަމަށް އަޅުގަޑު ޤަބޫލް ކުރަމެވެ. * ފޯނުން ބޭއަދަބީ ބަހުން މުޢާމަލާތް ކުރުމުން އެއްމޭޒު ދޮށަށްއައިސް ނުވަތަ ދެފަރާތުން ވާހަކަ ދައްކައިގެން ހައްލު ކުރުމަށް ތިޔަ ޓީމްގެ ކިބައިން ތަކުރާރުކޮށް އެދިފައިވުމުންވެސް ކަމާ ނުބެހޭ ފިރިހެންބޭފުޅުން ލައްވަ ބިރުދެއްކުމަށް މަސައްކަތްކޮށް އެންމެފަހުން ކޯޓްއަމުރު ނެރިފަ ބައްދަލުވުމަށް އެދުމުން އެފުރުސަތު ތިޔަފަރާތަށް ފައުންޑޭޝަނުން ނުދިނީ ދެން ނިންމަން ޖެހޭނީ ކޯޓުން ކަމުގައި ދެކޭތީއެވެ. * މަރުޙޫމް ޒާހިރު ނަސީރުގެ ބެއްލެވުމުގެ ދަށުން ޤަވާޢިދު ކޮމެޓީއިން ކުޅުންތެރިންގެ އެއްބަސްވުމާއެކު ހަދާފައިވާ އަދި ޔޫތު މިނިސްޓްރީއިން އެންޑޯޒް ކުރައްވާފައިވާ ބަށިބޯލް ފައުންޑޭޝަންގެ ކުޅުމުގެ ޤަވާޢިދާ ޚިލާފަށް މުބާރާތް ކުރިއަށް ގެންދަނީކަމުގައި ޕަބްލިކަށް ފައުންޑޭޝަން ބަދުނާމްވާގޮތަށް ކޯޓް އަމުރުނެރުއްވާފައި ވެއެވެ. މި އަމުރު ނެރުއްވަން ވާނެކަމުގައި އަޅުގަޑު ޤަބޫލްކުރަނީ އިޖުރާތުތަކެއް ފުރިހަމަކުރަންވެސް އޮތްއިރު އެކަންވެސް ފުރިހަމަ ކުރުމާއި، ދެޚަސްމުން ހާޒިރުކޮށްގެން ކަމާއި ފަނޑިޔާރުގެ މަސްލަޙަތުއޮތް ތަނެއްގައި ސުލޫކީމިންގަނޑާ ޚިލާފަށް ކޯޓް އަމުރު ނެރުމަކީ ކުޅުންތެރިންވެސް ކޮށްގެން ވާނެކަމެއް ނޫން ކަމެވެ. އަދި ފަނޑިޔާރަކު ލައްވަ ނުފޫޒުގެ ބޭނުން ކުރައްވައިގެން ތިޔަ އެޅުއްވި ފިޔަވަޅަށް ފަނޑިޔާރުގެ މައްޗަށާއި، ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ފައުންޑޭޝަނުން ދަޢުވާކުރާނެ ކަމުގައިވެސް ދަންނަވަމެވެ.

Facebook

Twitter

Instagram

ސްޕޮންސަރސް

capital radio
Havarusports radio

ކޯރ ސްޕޮންސަރ

hundred plus