bannernews
ފަހުގެ ޙަބަރުތައް

ބަށި ބޯލް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އާއި، ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލާއި، އަންހެނުނގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ގުޅިގެން ދާންދޫގައި ބޭއްވުނު " ގއ. އަތޮޅުލީގް – ޒަމާނީ ބަށިބޯޅަ މުބާރާތް 2019 " ގައި ދިމާވި މައްސަލައާއި ގުޅޭ ތ

2019-10-01 19:41:45
newsimg
މިއީ ދިވެހިރާއްޖޭގައި އޮތް ހަމައެކަނި އަންހެނުން ކުޅެއުޅުމަށް ސުމުއްވުލް އަމީރު މުޙައްމަދު އަމީން އުފައްދަވާ ދެއްވާ މީގެ 50 ހަކަށް އަހަރު ކުރިއްސުރެ ކުޅެމުން އައި ދިވެހި ސަޤާފީ ކުޅިވަރެއް އުވެމުން ނެތެމުން ދަނިކޮށް އެކުޅިވަރު އާލާކޮށް ދެމެހެއްޓެވި ހަމައެކަނި ބޭފުޅަކީ މަރުހޫމް ޒާހިރު ކަން ދިވެހި ކޮންމެ ރައްޔިތަކުމެ ދަންނާނެއެވެ. މަރުޙޫމް ޒާހިރުނަސީރު މިކުޅިވަރު ޒަމާނާއެއްގޮތަށް އާލާކުރެއްވުމުގައި މައެމަނިކުފާނާއެކު އަންނަބީލާ ޙަބީބާ ޙުސެންހަބީބާއި، ކުޅިވަރުގެ ކަންކަމުގައި ފުންނާބުއުސް ފަރާތެއްކަމުގައިވާ ހާމިދު ޢަބްދުލް ޤަފޫރާއެކު ކަނބަލުންގެ ޓީމަކުން 2010ވަނަ އަހަރު މިކުޅިވަރުގެ ޖަމްޢިއްޔާއެއް " ބަށިބޯލް ފައުންޑޭޝަން " އުފައްދަވައިގެން 2011 ގައި ބަށިކުޅުންތެރިން ބަށިކުޅެ އުޅުމަށް ސަޤާފީ ޤަވާޢިދު އަސްލަކަށް ބައްލަވައިގެން 119 މެޗް ހިމެނޭ ޓެސްޓް މެޗްތަކާއި، މުބާރާތް ތަށް ބޭއްވިގެން އެކުލަވާލި މި ޤަވާޢިދަކީ " 200 ކުޅުންތެރިންގެ މެދުން" ފާސްގެން ނިންމި " ޒަމާނީ ބަށިބޯޅަ ޤަވާޢިދު" ކަން ވަރަށް ސާފުކޮށް މިކަމުގައި ބައިވެރިވި ކުޅުންތެރިންނާއި، ލިޔެކިޔުން ތަކުން ސާފުވާނެއެވެ. އަދި މި ޤަވާޢިދު ފާސްކުރުމުގައި ހާޒިރުކުރި ކުޅުންތެރިންނާ ކޯޗުންނާ މެނޭޖަރުންގެ ތެރޭގައި މިހާރު މިކުޅިވަރުގެ ޤަވާޢިދު ގޯސްވެ ކުޅުންތެރިންނަށް ނަސޭހަތްތެރިވެ ހުންނެވި އިސްފަރާތް ލީލާއަކީވެސް މިޤަވާއިދު ޤަބޫލްކޮށް ފާސްކުރުމުގައި އާބަސްބުނެފައި ފަރާތެއްކަން ލަދުވެތިކަމާއެކު ފާހަގަކޮށްލަމެވެ. އެކަމުގެ ހެއްކާއި، ފޮޓޯއާއި، ލިޔެކިޔުންތަށް މިހުރީ ފައުންޑޭޝަންގައި ރައްކާކޮށްފައެވެ. މިޤަވާއިދު 2011 ގައި ސްޕޯރޓްސް ކައުންސިލާއި ކުޅިވަރު ޤައުމީ މަޖްލީސްއިން އެންޑޯޒް ކުރައްވައި، އަދި މި ފައުންޑޭޝަން އަކީ ކުޅިވަރު ޤައުމީ މަޖްލީހުގެ އެފިލިއޭޓް މެންބަރުންގެ ގޮތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފައުންޑޭޝަން އެކެވެ. މި ޤަވާޢިދަށް އެއްވެސް ބަދަލެއް އައިސްފައި ނުވާއިރު މުޅިރާއްޖޭގައި މެދުކެންޑުމެއްނެތި މިކުޅިވަރު ކުޅެ މޮޅު ކުޅުންތެރިން އުފައްދާ ، ޕޮލިސްކަޕާއި، އަދި ރާއްޖޭން ބޭރުގައާއި، އިންޓަރ ސްކޫލް ބޭއްވުމަށް ސަރުކާރުގެ ހުއްދަ ލިބުމާއި، ޔޫތުމިނިސްޓްރީގެ އެދިވަޑައި ގަތުމަށް 2015 ވަނަ އަހަރުން ފެށިގެން އަތޮޅުލީގާއި، ޒޯން މުބާރާތްތަށް ހުޅުވާލާ މިދަނީ އެމުބާރާތްތަށް މުޅި ރާއްޖޭގައި ކުޅެވެމުންނެވެ. އަދި މި ފައުންޑޭޝަނުން ކުރި ބުރަ މަސައްކަތުން މިކުޅިވަރަށް 2015ގެ ޖޫންގައި " މިކުޅިވަރު ޤައުމީ ކުޅިވަރަކަށް" ހައްދަވާފައިވާ ކުޅިވަރެއްވެސް މެއެވެ. މިރީތި ނަމާ ޝަރަފު ކުޅިވަރަށް ލިބުމާއެކު ސިޔާސީއޮއިވަރުގައި ކުޅުންތެރިން ޖެއްސުމުގެ ގޮތުން ކުޅިވަރަށް ގެނެސްފައިވާ ރީތި ސިފަތަށް ހިފާއްޓަމުންދާ މިދަނޑިވަޅުގައި އަމީން ދީދީއަށް ފަހުވަކިގޮތަކަށް ޤަވާޢިދު ހިފޭއްޓިގެން ގޮސްފައި ނެތް ކުޅިވަރެއް ކަމުން ކުޅިވަރަށް ގެނެސްފައިވާ ޒަމާނީ ބަދަލުތަށް ދެމެހެއްޓުމަށް ފައުންޑޭޝަނުން ކުރަމުން ގެންދާ މަސައްކަތަށް ހުރަސްއެޅުމުގެ ގޮތުން ގިނަދުވަސް ތަކެއްގައި ކުޅެފައޮތް ގޮތްތަކަކަށް ގެނެސްފައިވާ ކުދިކުދި ބަދަލުތަކަކީ އޮފިޝަލުން މުބާރާތްތަށް ބެލެހެއްޓުމުގައި އެފަރާތްތަކަށް ބެލެހެއްޓުމަށް ދަތިނުވާނެ ގޮތްތަކަށް ކުޅުންތެރިންގެ ފަރާތުން ކުރެވޭ ކުއްތަކުން ކުޅުންތެރިންވެސް އޮފިޝަލުންވެސް ސަލާމަތް ކުރުމަށް ނެގެސްފައިވާ އަދި ދިވެހިވަންތަ ރީތި އުސޫލްތަކެއް ކަމުގައިވާތީ، އެކަމަށްވަގުތު ތަކެއް ނަގަމުންދާ މިދުވަސްވަރު މިކުޅިވަރު ހަލާކުކޮށް ކުޅުންތެރިންގެ ވިސްނުމާ ކުޅެމުންދަނީ މިކުޅިވަރު " ވަގަށް ނަގައިގެން " އުފައްދައިގެން އުޅޭ ފަރާތުންކަން ކުޅިވަރުގެ ހުރިހާ ކުޅުންތެރިންގެ ސަމާލްކަމަށް ދަންނަވާލަމެވެ. މިއީ އެއަށް ފަހު އެއްވެސް ބަދަލެއް ގެނެސްފައިވާ ޤަވާޢިދެއް ނޫންމެވެ. ޤައުމީ އެސޯސިއޭޝަނެކޭ ކިޔައިގެން 2015 އޯގަސްޓް މަހު 13 ވަނަ ދުވަހު ފަސްޓްލޭޑީ ފާތުމަތު އިބުރާހީމް އިސްވެ ހުންނަވައިގެން ހޯމް މިނިސްޓްރީގައި އުމަރު ނަސީރު ، ޔޫތު މިނިސްޓްރީގައި ޒުހޫރު ހުންނަވައިގެން އެއްވެސް އިޖުރާތެއް ފުރިހަމަ ކުރުމެއްނެތި ޤަވާޢިދާ ޚީލާފަށް އުފައްދާފައިވާ އެސޯސިއޭޝަނަކުން މުޅިޤައުމުގައި މިދަނީ ފިތުނަ އުފައްދައި އަންހެނުންގެ މިރީތި ކުޅިވަރު ހަލާކު ކުރަމުންނެވެ. މިހިސާބަށް ފަސްޓްލޭޑީ ފާތުމަތު އިބްރާހީމް ގެ ކަޕެއް ބޭއްވުން ނޫން ކަމެއް ކުރެވިފައި ނެތް އިރު ތަބަކަކަށް ލާފަ ސަރުކާރުން ދެއްވި ނެޝިނަލް ދަރަޖަ ހިފޭއްޓުމަށް ޤަވާޢިދުގައިވާ އިޖުރާތުތަށް 2017،2018 ގައި އެއްވެސް ހަރަކާތެއް ހިންގިފައި ނުވެއެވެ. ނެޝިނަލް ދަރަޖަ ހިފޭއްޓުމަށް އަހަރަކު ކުރަންޖެހޭ އެއްވެސް މަސައްކަތެއް ނުކުރެވި އެމްއާރުޑީސީއިން ރަތްޔިތުންގެ ފައިސާގަނޑުން 40 މިލިއަން ފަސްޓްލޭޑި ފަތުމަތު އިބްރާހީމް ކަޕަށް ޚަރަދުކޮށް އެވަނީ އެތަންވެސް އުފާލާ ޚިޔާނާތްތެރި ވެފައެވެ. އެމަސައްލަތަށް ބެލުމަށް ސަރުކާރުން މިއަދު ކުރަމުންދާ މަސައްކަތަށް " ވަގަށް ނަގާފައިވާ ޤައުމީ ހައިސިއްޔަތު" އުވާލާ ބޯރޑް އުވާލުމުން" އޭގެން އަތްދޫނުކުރަން މިހާރުވެސް ސަރުކާރުގެ ލޯގޯ ބޭނުންކޮށް ސަރުކާރަށްވުރެ ބާރުވެރިވާން އެދައްކަމުން އެގެންދަނީ އެބަށިބޯޅައިގެ ވަތުބަތާނައެވެ. ސަރުކާރުގެ ޤަވާޢިދަށްބޯނުލަބާ ނުކިޔަމަންތެރިވެ ތިބެ ސަރުކާރަށް ފާޑުކިޔާ ބާރުގަދަކަން ދައްކަމުންނެވެ. ސަރުކާރު ބިރުދައްކާ އާރެއް ބާރެއްނެތް ކުޅުންތެރިންތަކަކަށް އެދަނީ ގެއްލުމާ ކުރިމަތި ކުރުވަމުންނެވެ. އުވާލާފައިވާ ޤަވާޢިދެއް އުވާލާފައިވާ ޤައުމީ ބޯޑެއް ގައި ބައިވެރިކޮށް ކުށުގެވެށިން ސަލާމަތްވިޔަ ނުދިނުމަށް ކުޅުންތެރިން ހައްދުވައިގެން އުވައެއް ނުލައޭ ކިޔާ ކުށުގެ ތެރެއަށް ވައްދަމުންނެވެ. މިކަމުން ވެސް އެގެނީ ކުރެވިފައިވާ ކުށުގެ ބޮޑުކަމުން ގިނަރައްޔިތުންތަކެއް ބައިވެރިކޮށް ކުއްކުރުވަމުން ސަރުކާރުގެ އަމުރަށް ކިޔަމަން ނުވުމުން ސަރުކާރަށް ގޮތް ހުސްވާނެ ކަމަށް ދެކިގެން ހިންގަމުންދާ ޖަރީމާތަކަށް ދަންނަވަން އޮތީ މިކުޅިވަރު މިވަނީ ސިޔާސީ އޮއިވަރެއްގައި ޖައްސާ މުޅިޤައުމުގައި އެދަނީ ކުޅިވަރު ހަލާކުކޮށް ނެތިކޮށްލަން މަސައްކަތް ކުރަމުންނެވެ. މިފަދަ ކަންކަމުގައި ކުޅުންތެރިން ފުއްޕާފަ ކުށުގެ ތެރެއަށް ވަނުމަކީ ކުޅުންތެރިންގެ ޤާނޫނާވެސް ކިލާފު ކަމެއްކަން ހަނދުމަފުޅު ބެހެއްޓެވުމަށް އިލްތިމާސް ކުރަމެވެ. މިކުޅިވަރު ސަރުކާރަކުން އުވައެއް ނުލައެވެ. އުވާލީ ސަރުކާރުން މިކުޅިވަރަށް ދެއްވާފައިވާ " ޤައުމީ ހައިސިއްޔަތު" ވަރަށް އެބައިމީހުން ނަގާފައިވާތީއާއި، ރައްޔިތުންގެ ފައިސާގަނޑު ޚަރަދުކޮށް އެއްވެސް އިޖުރާތެއް ފުރިހަމަކޮށްފައި ނުވާ ވަގަށް އުފެއްދި " ނެޝިނަލް ބޯޑް ނުވަތަ ނެޝިނަލް އެސޯސިއޭޝަނުން" ބަށިބޯލް ފައުންޑޭޝަންގެސައިޓްގައިއިން " ޒަމާނީ ޤަވާޢިދު " ވަގަށް ފޭރިގެން ގެނަ ބަދަލުތަކެއްގެ ސަބަބުން ސަރުކާރުން މިވަނީ މިތަކެތި އުވާލާފައެވެ. މިހާރު އެ ކުޅެނީ ރަމަންރަމަން ފޯލި އެވެ. މީނާގެ ލޮއީފުކަން ދައްކަމުން ފަސްޓްލޭޑީގެ ފަޒުނާގެ ފޮޓޯގަނޑެއް ޖަހައިގެން ކުޅުނު ޑްރާމާ، މިއަދުގެ ސަރުކާރުގެ ހިކުމަތުގެ ބޭނުން ކުރުމުން އެދިޔައީ ފޮރުވިފައިވާ ފަތްފުއް ހުޅުވި ރައްޔިތުންނަށް ހާމަވެގެންނެވެ. ކުޅުންތެރިންނަށް ދަންނަވަންއޮތީ ސިޔާސީ ބޭފުޅުން ބޭނުންހާ ގޮތަކަށް ކުޅުންތެރިން ޤައުމުގެ މައިން ބޮޑެތި އަގުގައި ވިއްކަމުންދާއިރު މިކަންކަމުން އަޅުގަށޑުމެން އެއްކިބާވެ ދުރުގައި ތިބުމަށް ފައުންޑޭޝަނުން އިލްތިމާސްކުރަމެވެ. ބަށިބޯލް ފައުންޑޭޝަނުން ކޮންމެ ތަނެއްގައި މުބާރާތެއް ބޭއްވިޔަސް ފާޅުގައި އެތަނަކަށް ގޮސް ނުވަތަ ފޯނުން އެމުބާރާތެއް ހުއްޓުވަން ތަފާތު ދޮގުތަށް ހަދާ ކިރިޔާވެސް ޚިލާފެއް އުފެދިއްޖެ ނަމަ މަރުޙޫމް ޒާހިރު ނަސީރު ހައްދަވާފައިވާ މި ޒަމާނީ ޤަވާޢިދުގެ ފޫނުބެދޭކަން ދައްކުވައިގެން ހަމަނުޖެހުންތައް އުފެއްދުމަށް މަސައްކަތް ކުރަމުން ގެންދިޔެއް ކަމަކު މުޅިރާއްޖޭގައި ކުޅެމުންދަނީ ޒަމާނީ ބަށިބޯލަ ޤަވާޢިދަށް އަދި މުޅިރާއްޖޭގައި އޮތީ ޒަމާނީ ބަށިބޯޅައިގެ ރާނީންނާއި، އޮފިޝަލުން އުފެއްދި ދުވަހެއް ދުވަހަކަށް ދާނީ އިރާދަކުރެއްވިއްޔާ މިކުޅިވަރުކަން އަދި މިކުޅިވަރު ސަރުކާރުން އުވާލާފައި ނުވާކަންވެސް އުފަލާއެކު ދަންނަވަމެވެ. އަދިވެސް ލަހެއް ނުވެ މިކުޅިވަރުގެ ޤައުމީ ހައިސިއްޔަތު ލިބި ކުޅިވަރު ކުރިއަރާދާނެކަން ޔަޤީންކަމާއެކު ދަންނަވަމެވެ. އަދި މިކުޅިވަރުން ބަޔަކު ކުރި ވައްކަމާ ޚިޔާނާތްތަށް ބަލާ އިންސާފު ހޯއްދަވައި ދެއްވުމުގައި މިނިސްޓަރ މަޚުލޫފްއާއި، ކަމިޝަނަރ އޮފް ސްޕޯރޓްސް ކުރައްވަވާ ބުރަ މަސައްކަތްތަކަށް މަރުޙަބާއާއި ޝުކުރު ދަންނަވަމެވެ.

Facebook

Twitter

Instagram

ސްޕޮންސަރސް

capital radio
Havarusports radio

ކޯރ ސްޕޮންސަރ

hundred plus