bannernews
ފަހުގެ ޙަބަރުތައް

" ދިވެހި އަންހެނުން ކުޅެ އުޅެނީ ބަށިބޯޅަ އެކަނިބާއޭ، ނޫނީ އެކުޅިވަރު ފަހަތަށް ބާއޭ ދަނީ ނޫނީ ކުރިއަށް ބާއޭ ދަނީ." ވިސްނާލަން ޖެހޭ.

2019-09-21 20:55:35
newsimg
" ދިވެހި އަންހެނުން ކުޅެ އުޅެނީ ހަމައެކަނި ބަށިބޯޅަކުޅިވަރު ބާއޭ، ނޫނީ އެކުޅިވަރުދަނީ ފަހަތަށް ބާއޭ ނޫނީ ކުރިއަށް ދަނީނޫން ބާއޭ " ހީވެއެވެ. ކުޅިވަރު އާލާކޮށް ކުރިއަރުވަން އެދޭ އެއްވެސް މީހަކީ ނުވަތަ ޖަމާޢަތަކީ ކުޅިވަރެއްގެ ކުރިމަގު ނައްތާލާ ހުއްޓުވާލަން މަސައްކަތް ކުރާނެ ބައެއްނޫނެވެ. ކުޅިވަރުގެ ރޫޙް ހުރި އެއްވެސް މީހަކީ ކުޅިވަރު ސިޔާސީ މައިދާނުގައި އަގުޖައްސާ ވިއްކަން މަސައްކަތް ކުރާނެ ނުވަތަ އެކުޅިވަރު ކުޅުނަ ނުދީ ހުއްޓުވަން މަސައްކަތް ކުރާނެ ބައެއްވެސް ނޫނެވެ. ނަހުލާއަށް ދައްނަވަންއޮތީ " ޒަމާނުއްސުރެ ރާއްޖޭގައި ކުޅެމުން އައި ދިވެހިން އުފެއްދި އެރީތި ސަޤާފީ ކުޅިވަރު އުފެއްދެވި ބާނީ އަކީ އަލްމަރުޙޫމް އަމީންދީދީ ދޮށިމޭނާ ކިލެގެފާނުކަމެވެ. އެކުޅިވަރު އެޒަމާނުގައި އުފައްދާފައިވަނީ ގަންޑުވަރުގެ ތެރޭގެ އަންހެން ބޭފުޅުން މުނިފޫހި ފިލުވުމުގެ ގޮތުން ކުޅެއުޅުމަށްކަމަށް ތާރީޚުގެ ފަތްފުށުން އެގެންވެސް އެބައޮތް މެއެވެ. " އެމަނިކުފާނު އަވަހާރަ ވުމަށް ފަހު މިކުޅިވަރު އޮޔާނުގޮސް ހިފާއްޓާ ދެއްވާފައިވަނީ ދިވެހިރާއްޖޭގެ ހުރިހާ ކުޅިވަރެއް ދަމަހައްޓަވަމުން ވަޑައިގެންނެވި އަލްމަރުޙޫމް ނިޝާން ޢިއްޒަތްދީނުގެ ޢިއްޒަތުގެ ވެރިޔާ ޒާހިރު ނަސީރުކަން ދިވެހި ކޮންމެ ރައްޔިތަކުމެ އަދި ދިވެހިސަރުކާރަށް އެކަން އެގެއެވެ. ބައި ޤަރުނަށްވުރެ ގިނަދުވަސް މިކުޅިވަރަށް ވި ހިނދު މިކުޅިވަރު ދެމެހެއްޓުމަށް އެއްވެސް ސިފައެއްގައި ރާއްޖޭގެ ސަރުކާރުގައި އެއްވެސް ހައިސިއްޔަތަކުން އެއްވެސް ކުލަބެއް ޖަމިއްޔާއެއް ރެޖިސްޓްރީކޮށްފައި ނުވާކަން ދިވެހިސަރުކާރުގެ ލިޔެކިޔުންތަކުން ފެންނަން އެބޮތް މެއެވެ. އަދި ސަރުކާރުގައި ވަކި ޤަވާޢިދެއް ވަކިގޮތަކަށް ބައްޓަންކޮށްގެން ދެމެހެއްޓުމަށް މަސައްކަތްތަކެއް ކޮށްފައި ނުވާކަން ވަރަށް ސާފުކޮށް ތާރީޚުން އެގެން އެބޮތް މެއެވެ. ޒަމާނަށް އަންނަ ބަދަލާއިއެއްގޮތަށް އިންސާނުންވެސް އަދި ދުނިޔެވީ ހުރިހާ ކަމެއް ބަދަލުވަމުން ދާއިރު ކުޅިވަރުތަށްވެސް ޒަމާނާއެއްގޮތަށް ބައްޓަން ކުރަންޖެހޭތީ، މަރުޙޫމް ޒާހިރު ނަސީރާއި، ރާއްޖޭގެ ކޮންމެ ކުޅިވަރެއްގައިވެސް އެންމެ ފުންނާބު އުސްކޮށް އެކުޅިވަރެއް ބައްޓަން ކުރަމުން އަންނަ ޙާމިދު ޢަބްދުލް ޤަފޫރުގެ އިސްނެންގެވުމުގެ މަތިން " ބަށިބޯލް ފައުންޑޭޝަން އޮފްދަ މޯލްޑިވްސް" ރާއްޖޭގައި މިކުޅިވަރު ޒަމާނާއެއްގޮތަށް އުފަންކުރުވުމަށް 2010 ގައި އުފައްދައިގެން " ޒަމާނީ ބަށިބޯޅަ ޤަވާޢިދެއް" އެކުލަވާލާ އެ " ޒަމާނީ ޤަވާޢިދު" ކުޅިވަރު މިނިސްޓްރީގެ ޤައުމީ މަޖްލީހާއި، ސްޕޯރޓްސް ކައުންސިލްގައި އެންޑޯޒްކޮށް " ޤައުމީ ކުޅިވަރު މަޖްލީހުގެ" އެފިލިއޭޓް މެންބަރަކަށް ބަށިބޯލް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް 2011 ގައި ވަނީ ހައްދަވާފައެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާލާކޮށް ޒުވާނުން ކުޅިވަރަށް އަހުލުވެރި ކުރުވުމަށް އެޑިޔުކޭޝަންގެ މަޝްވަރާއާއެކު ސްކޫލް ކުދިންގެ ޤަވާޢިދު އެކުލަވާލާ " އިންޓަރސްކޫލް މުބާރާތް" ނެރުމަށް 2015 ގައި ކަލަންޑަރ ކުރެވިގެން އައިސްފައިވަނީވެސް ބަށިބޯލް ފައުންޑޭޝަން އޮފްދަ މޯލްޑިވްސްގެ ފަރާތުން ބުރަމަސައްކަތް ތަކެއް ރާއްޖޭގައި ކޮށްގެންނެވެ. ކޮބައިތޯއޭ އޭރު ތިޔަ ނަހުލާ، ކޮބައިތޯއޭ އޭރު މިމަސައްކަތް ކުރި އިރު ތިޔަ ލީލާ އާއި، އެންބީއޭ. ޒަމާނީ ބަށިބޯޅައިގެ ބިންގާ 2010 ވަނަ އަހަރު ރާއްޖޭގައި އެޅިގެން ގޮސްފައިވަނީ އިހުގެ ސަޤާފީ ކުޅިވަރު އަސްލެއްކަމުގައި ބަލައިގެން ޒަމާނަށް ފައްތައިގެން މިވަނީ " ޒަމާނީ ޤަވާޢިދެއް" އެކުލަވާލާ ޒަމާނީ ކުޅުމެއް މުޅިރާއްޖޭގައި ކުޅެ ކުޅުންތެރިން އެކުޅުން ބަލައިގަނެ މުޅިރާއްޖޭގައި ތަފާތު ގިނަ މުބާރާތްތަށް ބޭއްވި މިކުޅިވަރުވެސް ރާއްޖޭން ބޭރަށް ގެންދިޔުމަށް ބުރަމަސައްކަތް ތަކެއް ކޮށްފައެވެ. މިގޮތުން މިހާރު 150 އަށްވުރެ ގިނަ ވާރކްޝޮޕްތަކާއި، މުޅިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ގިނަ ޢަދަދަކަށް މުބާރާތްތަށް ބާއްވާ މޮޅެތި ކުޅުންތެރިން އުފައްދައި ބަށިރާނީން އުފައްދައި 2011 ވަނަ އަހަރު ރާއްޖޭގައި އޮތް 17 ވަނަ ސާރކްސަމިޓްގައި މިކުޅިވަރު މުޅިދުނިޔެއަށް ދައްކާލުމުގެ ގޮތުން އެސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ސަޤާފީކުޅިވަރެއްގެ ގޮތުން ބައިވެރި ކުރުވައި، ޕޮލިސްކަޕް މުބާރާތް ބާއްވައި، ހަމައެކަނި މާލޭސިޓީގައި 14 ޓީމް ޒަމާނީ ބަށިބޯޅައިގައި އުފައްދައި މާލޭގެ ގިނަ ސްކޫލްތަކެއްގައި މިކުޅިވަރު އެކިއެކި މުނާސަބާފާހަގަ ކުރުމަށް ސްކޫލްގެ ދަރިވަރުންނާއި، ޓީޗަރުންގެ މެދުގައިވެސް ބާއްވާފައެވެ. ކޮންމެ އަތޮޅެއްގައި އެކިއެކި މުނާސަބަތުތަށް ފާހަގަ ކުރުމަށް މުބާރާތް ތަށް ބޭއްވުމާއި، މާލޭގައި 4 އަހަރު އެސްޓީއޯއިން ބޭއްވި މުބާރާތްތަކުގައި " ޒަމާނީ ޤަވާޢިދަށް" މުބާރާތްތަށް ބާއްވައި، 2014 ވަނަ އަހަރު ރާއްޖޭންބޭރުގައި އިންޑިޔާގެ ޓްރިވަންޑްރަމްގައި މިކުޅިވަރުގެ މުބާރާތް އިންޑިޔާއަށް ތަޢާރަފު ކޮށް ޔޫތު މިނިސްޓްރީއިން އަންގަވައިގެން 2014ވަނަ އަހަރުގެ ޑިސެމްބަރ ގައި ފުރިހަމަ " ނެޝިނަލް އެސޯސިއޭޝަންގެ ދަރަޖަ ހޯދުމަށް" އެހި ހުށަހަޅާފައެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން ޔޫތު މިނިސްޓްރީ އިންއަންގަވައިގެން " ޒަމާނީ ބަށިބޯޅައިން" އަތޮޅުލީގް މުބާރާތްތަކާއި، ޒޯން މުބާރާތްތަށް މުޅިރާއްޖެއަށް ހުޅުވާލާކޮންމެ އަހަރަކު އެމުބާރާތްތަށް އެދަނީ ކުޅެވެމުންނެވެ. އަދި މިކަމަށް ތައްޔާރު ވުމުގެ ގޮތުން ވެބްސައިޓެއް ހުޅުވާ، ހުރިހާ ޤަވާޢިދުތަށް އެސައިޓުން ލިބޭނެ އިންތިޒާމް ހަމަޖައްސައި، އެސްއެމްއެސް ކާސްޓަރ ގެޚިދުމަތް މުޅިރާއްޖެއަށް ލިބޭނެގޮތް ހަދައި، އަތޮޅުގައި ފޯކަލް ޕޮއިންޓްތަށް ކަންޑައަޅައި، އަތޮޅު ކޯޑިނޭޓަރުންނާއި، އޮފިޝަލުން ތައްޔާރުކޮށް ބާއްވާ މުބާރާތް ތަކަށް އޮފިޝަލުންނާއި، މެޑަލްއާއި، ޓްރޮފީއާއި، ހުރިހާ މަޤާމެއްގެ ސެޓްފިކެޓާއި، ބެނާލިބޭނެ މަގު މިވަނީ ތަނަވަސް ކޮށްދީފައެވެ. މިހިސާބަށް މިޚިދުމަތް ފޯރުކޮށްފައިވާއިރު ޔޫތު މިނިސްޓްރީއިން އެއްވެސް ވަރެއްގެ ފައިސާއެއް ހިންގާނެ އޮފީހެއް، ކުޅޭނެ ބިމެއް ދެއްވާފައި ނުވާކަން ފާހަގަ ކޮށްލަމެވެ. މުޅިންވެސް މަސައްކަތްކުރަމުން ގެންގޮސްފައި ވަނީ އަދި ކުރަމުން ދަނީވެސް އިޖުތިމާޢީ ރޫޙެއްގައެވެ. 2012 ވަނަ އަހަރު އޮފީހެއް ދެއްވާނެ ކަމާ، ބަޖެޓް ފޮނުވަން އަންގަވާފައި ވެއެވެ. ފުރިހަމަ ނެޝިނަލް މެންބަރުންނަށް ވުމަށް ރާއްޖޭން ބޭރަށް ތަޢާރަފު ކުރުމަށް އަންގަވާފައިވުމާއިއެކު 2014 ގައި އިންޑިޔާއަށް ކޮންސުލްގެ އެހީތެރިކަމުގައި ގޮސް އެލަނޑުދަނޑި ހާސިލު ކުރުމުން ޤައުމީ ވުމަށް ހުށަހެޅުމަށް އަނގާފައި ވުމާއެކު އެމަސައްކަތް ނިމުމުން 2015 ގައި މިކުޅިވަރަށް ޤައުމީ ހައިސިއްޔަތު ދެއްވި ކަމަށް ސަރުކާރުން ނެރުނު ނޫސްބަޔާނުގައި ވަރަށް ސާފުކޮށް " މިކުޅިވަރަށް ޤައުމީ ހައިސިއްޔަތު ދެއްވީ ބަށިބޯލް ފައުންޑޭޝަނުން ކުރެއްވި އަގު ހުރި ޚިދުމަތުން ކަމުގައި ސަރުކާރުން ފާހަގަކޮށްފައި " ވެއެވެ. ކޮބައިތޯއޭ އޭރު ތިޔަ އެންބީއޭ ނުވަތަ ތިޔަ ނަހުލާގެ ބުރަމަސައްކަތް؟ ޒާހިރު ނަސީރުއާއި، އަމީން ދީދީ ދެމޮޔައިންނަށް ހަދައިގެން އެބޭފުޅުން އުފައްދާ ބެލެހެއްޓެވި މިކުޅިވަރު އާލާކުރަން ތޯ މަސައްކަތް ކުރެއްވީ ، ނުވަތަ މިކުޅިވަރު ހުއްޓުވަންތޯ މަސައްކަތް ކުރެއްވީ ނުވަތަ ކުޅިވަރަށް ސިޔާސީ ވައްދައިގެން ސިޔާސީ ގޮތުން އާރާއި ބާރު ބޭނުންކޮށްގެން މިކުޅިވަރު ވަގަށް ނެގުމާއި، ކުޅިވަރު ހުއްޓުވުމާއި، ޒުވާނުން މިކުޅިވަރަށް ނެރުމަށް އިންޓަރސްކޫލް މުބާރާތް ބޭއްވުމަށް ހުރަސްއެޅުމަކީ ދިވެހިން އުފެއްދި ދިވެހިސަޤާފަތް ދިރުވާ އާލާކުރުންތޯ؟ މީ ނޭގޭކަމެއްމެއެވެ. އެންބީއޭ ކިޔައިގެން ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުގައި މިކުޅިވަރު ޤައުމީ ކުރެއްވުމުން އެހިސާބުން މިކުޅިވަރަށް " ފައިސާއާއި، ޢިނާޔަތް " ލިބިދާނެކަން އެނގުނު ހިސާބުން ލީލާ ނުކުމެ ފަސްޓްލޭޑީ ފާތުމަތު އިބްރާހީމްއަށް ގިނަ ކަންތަކެއް އޮޅުވާލައިގެން ލީލާ އޭރު އުމަރު ނަސީރުގެ ޕާރޓީގައި ހުރީތީ ހޯމް މިނިސްޓަރ އަކަށް އުމަރު ނަސީރު ހުރުމުން ޔޫތު މިނިސްޓްރީގައި ޒުހޫރު ހުރުމުންނާއި، ލީލާގެ އެއްބަފާ ކޮއްކޮ ތެމާ ޝިޔާމްގެ ޔޫތު މިނިސްޓްރީގައި އޭރުހުރުމުން އާރާ ބާރުގެ ބޭނުންކޮށް ގެން ނުކުމެ 2015 ވަނަ އަހަރުގެ އޯގަސްޓް 13 ވަނަ ދުވަހު ފުރަތަމަވެސް " ބަށިބޯޅަ އެސޯސިއޭޝަނެއް" އުފެއްދީ ޤައުމީ ވެގެންނެވެ. ލީލާ ތީ އެންބީއޭ ކިޔާއިރު ލީލާއަކީ ބަށިބޯލް ފައުންޑޭޝަންގައި މާލޭގެ ޓީމްތަށް ރަޖިސްޓްރީ ކުރި އިރު ހުޅުމާލޭ ޓީމެއްގެ މެނޭޖަރ އެއްގެ ގޮތުގައި ބަށިބޯލް ފައުންޑޭޝަން އާއި ގުޅިގެން މުބާރާތް ތަކުގައި އެޓީމްތަށް ބައިވެރި ކުރުވައިގެން އުޅޭމީހެކެވެ. އަދި ތި ލީލާއަކީ ބަށިބޯލް ފައުންޑޭޝަންގެ މެންބަރެއްވެސް ނޫންމެއެވެ. ނުވަތަ އެއްވެސް އެއްބާރުލުމެއް ބަށިބޯލް ފައުންޑޭޝަނަށް ދީފައިވާ މީހެއްވެސް ނޫނެވެ. 5 އަހަރު މުބާރާތްތަކުގައި ބަށިބޯލް ފައުންޑޭޝަންއާއި ގުޅިގެން އުޅުމަށް ފަހު ފައުންޑޭޝަނަށް އަނިޔާވެރިވެ އެޖަމްޢިއްޔާ ހިންގާ މީހެއްކަމަށް ހެދިގެން ފަސްޓްލޭޑީއަށް އޮޅުވާލައިގެން ފައުންޑޭޝަންގެ ފޮޓޯތަށް ދައްކުވައިގެން ކުރިއަށް އޮތް އިންތިޚާބު ކާމިޔާބު ކޮށްދޭނެކަމާ ބަށިބޯޅަ ކުޅިވަރު ގެންގުޅެވިއްޖެ ނަމަ ވޯޓްލާނީ ރައީސް ޔާމީނުއަށް ކަމަށް ދުނިޔެ ރަންކުރުވައިގެން ވަގަށް ނެގި ފޭރުނު " ޤައުމީ ހައިސިއްޔަތު" މިއަދު ކަމުގެ ހަޤީގަތް ބަލާ ސަރުކާރުން އެވަނީ އުވާލާފައެވެ. ބަށިބޯޅަ ފަހަތަށް ދިޔައީ ބާއެވެ. ބަށި ބޯޅައިން ކުރި ވައްކަން ސާފުކޮށް ބަށިބޯޅައިގެ ކުރިމަގު މިއަދުގެ ސަރުކާރުން އުޖާލާ ކުރައްވާތީ އެކަންވެސް އަނެއްފަހަރު ރައްޔިތުންނަށް އޮޅުވާލުމަށް ތިދަނީ މަސައްކަތް ކުރަމުންނެވެ. ބަށިބޯޅަ ކުޅޭ ޓީމެއްގެ މެނޭޖަރކަން ކުރުމުން ލީލާއަށް ހީވާކަހަލަ މިހާރު މުޙައްމަދު އަމީނާއި، ޒާހިރު ނަސީރަށްވުރެ މޮޅުވީއެވެ. މިކުޅިވަރުގެ ޤަވާއިދު ބަށިބޯލް ފައުންޑޭޝަންގެ ސައިޓް www.bashiball.com އިން ވަގަށް ނަގައިގެން މަރުޙޫމް ޒާހިރު ނަސީރާއި، އަންނަބީލާ ޙަބީބާ ޙުސެން ޙަބީބާއި، އޮނަރަބްލް ޙާމިދު ޢަބްދުލް ޤަފޫރު 45 ބައްދަލުވުން ބާއްވައި 119 ޓެސްޓް މެޗްތަކުން 200 ކުޅުންތެރިން އުފެއްދި " ޒަމާނީ ބަށިބޯޅަ ޤަވާޢިދު" ސަރުކާރުން އެންޑޯޒް ކުރައްވާފައިވަނިކޮށް ވަގަށް ނަގައިގެން ވައްކަން ކުރަން ފަސޭހަގޮތްގޮތަށް އޮޅުވާލާ މަކަރު ހެދުމަށް ރަގަޅު ހައެއްކަ ގޮތެއް ދެފޮޅުވަތް ދެމެދަށް ލުމުން މިޤަވާޢިދަކީ ލީލާ އެކުލަވާލި ޤަވާޢިދަކަށް ހެދޭނެ އެއްވެސް ގޮތެއް އޮންނާނެ ބާއެވެ. ތިޔަ އެންބީއޭއަށް ބާރާ ނުފޫޒުގެ ބޭނުން ކޮށްގެން ލީލާ ތިޔަ އެސޯސިއޭޝަން އުފެއްދީވެސް ފައިސާދީގެން 4 ޓީމެއްގެ ކުޅުންތެރިން ލައްވަ ޕެޓިޝަން އުފައްދައިގެން " މާލޭގެ ޓީމްތަކަށް " ކުޅެވެން ނެތިގެން ގޮތް ހުސްވެގެން " ބަށިބޯލް ފައުންޑޭޝަންގެ ނުފޫޒު ގަދަކަމުންނޭ ކިޔާ ފަސްޓްލޭޑީ ފާތުމަތު އިބްރާހީމްއަށް އޮޅުވާލާ ހެދި މަކަރުގެ ތެރެއިންކަން ދިވެހި ސަރުކާރާ ރަތްޔިތުންނަށް ވަރަށް ސާފުކޮށް މިދަނީ މިކަމުގެ ހަޤީގަތް ސާފުވެ އެގެމުންނެވެ. ތަބަކަކަށް ލާފައ ވަގަށް ނަގާ ދިން ޤައުމީ ހައިސިއްޔަތުގެ އެސޯސިއޭޝަން މި ވޭތުވެ ދިޔަ 3 އަހަރު ނުވަތަ 4 އަހަރުގެ ތެރޭގައި ކިހާވަރެއްގެ ކުރިއެރުމެއް ބަށިބޯޅައަށް ގެނުވިއްޖެތޯ އެވެ. ނުވަތަ މާލެއަށް ކިހާވަރެއްގެ ކުރިއެރުމެއް އޯގާތެރިކަމުން ގެނެވިފައިވޭތޯއެވެ. މާލޭގެ ޓީމްތަކަށް ކުޅެވޭނެގޮތެއް ނެތް ބިމެއްނެތްތާ މުބާރާތެއް ބޭއްވިފައިނުވާތާ މުބާރާތެއް ބާއްވައިފިއްޔާ ހެދިފަ އޮތީ މަކަރާ ހީލަތް، ފައިސާއެއް ދޭން ކަނޑައަޅައިފިއްޔާ ފަސްޓްލޭޑީ ފާތުމަތު އިބްރާހީމް ދޭ ފައިސާއެއް އެފަރާތަށް ނުދީ ފައިސާ ހޯދުމަށް ޔޫތު މިނިސްޓްރީއަށް ފޮނުވަމުން ގެންދިޔުމާ، އަދި ރަށްރަށުގެ ކުލަބު ޖަމިއްޔާތަކާ ބައެއް ކައުންސިލްތަކަށް ދޭންއޮތް ކުއްޔަށް ހިފި ލޯންޗް ތަކުގެ ކުއްޔާއި ގެތަކުގެ ކުލީގެ ބިލްތަށް ނުދެވި އޮތް އިރު ކޯޓަށް މައްސަލަ ވެއްދި ފަރާތްތަކަށް ބައެއް ރަށުގެ ޕީޕީއެމް ހަރުގެ ތަކުން ފައިސާދީ ނިންމާފައި ވުމީ ޤައުމީ ހައިސިއްޔަތު ދެމެހެއްޓުންތޯއެވެ. ޔޫތު މިނިސްޓްރީއިން ތިޔަ އުފެއްދި އެސޯސިއޭޝަނަށް ފައިސާ ދެވޭ ހައިސިއްޔަތު ނެތުމުން ފައިސާ ދީފައި ނުވާތީ، ފަސްޓްލޭޑީ ފާތުމަތު އިބްރާހީމް ޚަރަދު ކުރެއްވީ ރައްޔިތުންގެ ފައިސާގަނޑުންކަން އެއޮތީ އެމްއާރުޑީސީ އިން 40 ސާޅީސްމިލިޔަން ޚަރަދުކޮށް އެކުންފުނި އުވާލާ ލިޔެކިޔުން ފޮހެލާފައެވެ. މީ ޤައުމީ ހައިސިއްޔަތު ދެމެހެއްޓުމަށް އެޅިފިޔަވަޅުތޯއެވެ. މިކުޅިވަރަށް ބައިޤަރުނު ވީއިރު އެއްވެސް ދުވަސްވަރެއްގައި މިކުޅިވަރު ކުޅޭ ފަރާތްތަކަށް ކުޅޭނެ ތަނެއް ސަރުކާރުން ދެއްވާފައި ނުވާތީ، ބަށިބޯލްފައުންޑޭޝަނުން ރާއްޖޭގެ ކޮންމެ ރަށެއްގައި ކުޅޭނެ ކޯޓެއް އެޅުމަށް ބިމުބެ ބޮޑުމިނާއި، ކޯޓްގެ މިންއެގޭގޮތަށް ކުރަހާފައި ދީފައި ވަނިކޮށް މަރުޙޫމް ޒާހިރު ނަސީރަށްވުރެ ދަންނަ ލީލާގެ މަޝްވަރާގެ މަތިން 9 މިލިއަން ރުފިޔާ ޚަރަދުކޮށްފަ އެޅި ކޯޓްތަށް އެއޮތީ ވީރާނާވެ ކުޅުންތެރިންނަށް އެދަނޑުތަކުގެ ބޭނުން ނުކުރެވިފައެވެ. 100ވަރަކަށް ބޯޅައިން ކުޅެމުންދާ ކުޅިވަރަކަށްވާއިރު ބޯޅައިން ސަލާމަތް ވުމަށް ދުވެލާނެ ތަނެއް ނެތްތާ އޮފިޝަލުންގެ ޖާގަވެސް ނެތި ފޫނުބެދޭފަދަ ބޮޑެތި ގެއްލުންތަށް ސަރުކާރަށާއި، ކުޅުންތެރިންނަށް މިވަނީ ތިޔަ އެންބީއޭ ލީލާއެއްގެ ސަބަބުން މި ކުޅިވަރަށް ކުރިމަތިވެފާކަން ވަރަށް ސާފުކޮށް އެއޮތީ އެގޭށެވެ. ޤައުމީ ހައިސިއްޔަތާ، ރައްޔިތުންގެ ފައިސާ ގަނޑު ދިނުމުން ބޭއްވުނީ ޒަމާނީ ޤަވާޢިދު ހަލާކުކޮށް " މުޅިރާއްޖެއަށް ހުޅުވާލި ފަސްޓްލޭޑީ ފާތުމަތު އިބްރާހީމްގެ ވޯޓް ކަޕް" މުބާރާތް 2016 ވަނަ އަހަރު އެކަނިއެވެ. އެމުބާރާތުގައި އެއްލައްކަ ކަނޑައަޅައިގެން މުޅި ރާއްޖެއިން 49 ޓީމް ބައިވެރިވެގެން ކުޅުނު މުބާރާތުގެ ފައިނަލް ކުޅުނީ " ކައުންސިލް އިންތިޚާބު" ލަސްވާވަރަކަށް ލަސްކުރަމުން ކައުންސިލް އިންތިޚާބުން ބަށިބޯޅައިން ވޯޓް ހޯދުމަށެވެ. ކިހާވަރެއްގެ ވޯޓެއް ފަސްޓްލޭޑީއަށް ހޯދާދެވުނު ތޯއެވެ. ކުޅިވަރަށް ސިޔާސީ ވައްދައިގެން ކުޅުންތެރިން އަގުޖައްސާ ވިއްކަމުން ގެންދެވޭނީވެސް ވަކި މިންވަރަކަށެވެ. ކައުންސިލް އިންތިޚާބުން ފެއިލްވުމުން ފަސްޓްލޭޑީ ޚަރަދު ނުކުރުމުން ދެންކިތައް މުބާރާތް ބޭއްވިއްޖެތޯއެވެ. ތަބަކަކަށް ލާފަ ވަގަށް ދިން ނެޝިނަލް ދަރަޖަ ހިފޭއްޓުމަށް " ސަރުކާރުން ކަނޑައަޅާފައި އޮންނައުސޫލްތަށް" ވެސް ނުހިފޭއްޓުނުއެވެ. 3 އަހަރުގައި ބޭއްވުނީ ރައްޔިތުންގެ ފައިސާގަނޑު ޚަރަދު ކޮށްގެން ފަސްޓް ލޭޑީ ކަޕް އެކަނި، އޭގެން އަސަރެއް ނުދެއްކުމުން ފަސްޓްލޭޑީ ދުރައްދިޔުމުން ލީލާއަށް އެހިސާބުން ތިހުރީ ޤައުމީ ހައިސިއްޔަތު ދެމެހެއްޓިފައެވެ. ފުރަތަމަ ތިޔަ ވަގު ހައިސިއްޔަތު ހޯދީ ފ. ފީއަލީ ޓީމް ލައްވަ ޕެޓިޝަން ގެ ތެރޭގައި ހިމަނައިގެންނެވެ. އޭގެ އިނާމެއްގެ ގޮތުން ކުރެވުނު ހާވެސް ކަމަކީ ވަގަށް ބޯޑަށް ސަވާރުވެ ރައީސާގެ އަމިއްލަ ޓީމެއް ނެރެ އެސްޓީއޯއިން 2016 ގައި ބޭއްވި މުބާރާތުގައި ބަށިބޯލް ފައުންޑޭޝަނުން ރާއްޖޭގައި އުފައްދާފައިވާ ހުރިހާ ބަށިރާނީއިން ގަނެގެން ފީއަލީ ބަލިކޮށް ފިއަލީ އަކީ ބަށިކުޅުމަށް މޮޅުބައެއް ނޫންކަން ހާމަކޮށް އޮރިޔާން ކޮށްލުމެވެ. އެހިސާބުން އެމީހުން ޔޫތު މިނިސްޓްރީއަށްގޮސް ތިޔަ ބަށިބޯޅަ އުފެއްދިގޮތް ކިޔާދީ ލީލާ އުވާލުމަށް ގޮވާލީމާ އަވަހަށް " ފަސްޓްލޭޑީކަޕެއް" ބޭއްވީ ކައުންސިލް އިންތިޚާބް ފަސްޓްލޭޑީ ފާތުމަތުއިބްރާހީމް އަށް ހޯދާދިނުމަށެވެ. ލައްކައެއް ކަމަށް ހީކޮށް ރަށްރަށުގެ ކައުންސިލްތަކުން ދުއްވައި ގަނެ ޓީމްތަށް ނެރުނީމާ ފީއަލީ އަށް އެއްލައްކަ ރުފިޔާގެ އިނާމު ދީ އެމީހުންގެ އަނގަ ބަންދުކޮށްފަ އެމުބާރާތުގައި ފަސްޓް ލޭޑީއަށް ކާމިޔާ ނުދެއްކުމުން އެއޮތީ ތަބަކަކަށްލާފަ ދީފައި ދިން ވަގު ސަޤާފީ ހައިސިއްޔަތު ފުލުން ގޮއްސައެވެ. ޤައުމީ ހައިސިއްޔަތު ދެމެހެއްޓުމަށް އަހަރެއްގެ ތެރޭގައި ޤަވާޢިދުގައި ކުރަން އޮތް އެއްވެސް ކަމެއް ނުކުރެވި 2017 ، 2018، ނިމިގެން އެއޮތީ ގޮއްސައެވެ. 2019 ވަނަ އަހަރު ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙް ޤައުމީ އެސޯސިއޭޝަންތަކަށް 5 ލައްކަރުފިޔާ ދެއްވަން ކަނޑައެޅުއްވި ހިސާބުން ފުންމައި މިގަތީ ވަގަށްފޭރިގަތް ބޯރޑް ސަލާމަތްކުރުށް ޔޫތު މިނިސްޓްރީއަށް ފޮޓޯދެއްކުމަށެވެ. މިގޮތުން ފައިސާގަނޑު ފޭރުމަށް މުބާރާތް ބޭއްވުމަށް، އެމްބެސެޑަރުން އުފައްދަންގޮވަމުން ދުވާއިރު ކޮން ކަމެއްބާއޭ މިހާރު ލީލާއަށް ކުރެވޭނީ. ރައްޔިތުންނަށް އޮޅުވާލައިގެން ބޭއްވުނީ އެންމެމުބާރާތެއް އޭގެންވެސް އެތަށް ބައަކަށްދަރާފަ، ކުޅުންތެރިން ކުޅުންމަތިން ފޫހިވެ މުޅިރާއްޖޭގައި މަރުޙޫމް ޒާހިރު ކުރެއްވި އަގުހުރި ޚިދުމަތް އުވާލުމަށް ކުޅުންތެރިންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައިގެން" ފިޔަވަޅު އަޅާނެކަމާ، މީ ޤައުމީ އެސޯސިއޭޝަނޭ" ކިޔާ ބަށިބޯލް ފައުންޑޭޝަނުންގެ މުބާރާތްތަކުގައި ބައިވެރި ނުވާން އަންގަމުން ދިޔައީ ސަރުކާރުގެ ލިޔެކިޔުން ތަކަކީ ފޭކް އެއްޗެއް ކަމުގައި އަޑުފަތުރާ ރައްޔިތުންނައް އޮޅުވާލައިންނެވެ. ދެން މިއަދު ޕޮލިސްކަމާ މިލިޓަރީ ކަޕާ، ހަތަރެސް ފަޔަށް އޮބި ނޯންނަވަރަށް ކަޕްތަށް ރޭވިފައި އޮތް ކަމަށް ބުނާއިރު ތިޔަ ކަޕްތަށް ފައިސާގަނޑު އޮތްއިރު ނުބޭއްވިފައި، މިއަދު ތިޔަ ލީލާ އަށް ދަރިފުޅު ނަހުލާ ސިޔާސީ ޕާރޓީއަކަށް ވިއްކާލެވުމުން ބޭއްވިދާނެކަމަށް ހީނުކުރާތިއެވެ. ސިޔާސީ ލީޑަރުންވެސް މިހާރު ތިޔަ ގަންނަ ސަކަރާތް ސާފުވެ ތިޔަ ދުވަނީ ކޯއްޗެއްގެ ފަހަތުންކަން ވަނި ސާފުވެފައެވެ. މިއަދުވަރަށް ސާފުކޮށް ކޮންތާކުން ކީއްކުރަން އުފެއްދި ކޮންމަޤު ސަދެއްގެ އެސޯސިއޭޝަނެއްކަން ސަރުކާރަށް ސާފުވެ އެގުމުން ތިޔޮތީ ބޯރޑްވެސް އަތުލާފަ، ވަގަށް ފޭރުނު ޤައުމީ ހައިސިއްޔަތު އަތުލާ، އޮފީސްވެސް އަތުލާފައެވެ. އިރާދަ ކުރެއްވިއްޔާ އޭސީސީވެސް ތިޔަ ތަނަށް ވަދެ ބެލުމަށް ބަށިބޯލް ފައުންޑޭޝަނުން ގޮވާލަމެވެ. އެމްއާރުޑީސީ ގެ ރައްޔިތުންގެ ފައިސާގަނޑު ވަގު އެސޯސިއޭޝނަކަށް ޚަރަދު ވެގެން ދިޔަގޮތުގެ ތަފްސީލް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ދިވެހި ސަރުކާރަށް ގޮވާލަމެވެ. ހީކޮށްގެން މިތިބީ މިއިން ކޮންމެ ވައްކަމެއް ކުރުމަށް ޤާނޫނު އަނެއް ފުށަށް ޖަހާފައޮތުމުން ނުބަލާނޭ ނުވެސްބެލޭނޭ މިކަންކަން މިއޮތީ ފޮރުވިފައި ކަމަށެވެ. މަރާލި މީހުންގެ މަރުތަށްވެސް ބަލާ ނުހެދޭނެ ކަމަށް ނިންމައިގެން ތިއްބާ އެދަނީ އެކަންވެސް ބަލަމުން ޤާނޫނުތަށްވެސް ހަމަ މަގަށް އަޅާ ރައްޔިތުންނަށް އެދަނީ މިއަދުގެ ސަރުކާރުން އިންސާފު ވެރިކަން ހޯދާދެމުންނެވެ. ހުރިހާ ކުޅުންތެރިންނާ ރައްޔިތުންނަށް ދަންނަވަމެވެ. ދިވެހިންގެ ސަޤާފީ ކުޅިވަރެއް މިސަރުކާރަކުން ނުހުއްޓުވައެވެ. އަދި ކުޅިވަރު ފަހަތަކަށްވެސް ނުޖައްސައެވެ. ފަހަތަށް ޖައްސަނީ ސިޔާސީ ކޮށްގެންވަގަށް ފޭރުނު އެންބީއޭ އަކުންނެވެ. އިންޓަރސްކޫލް ކުރިއަށް ގެންދިޔުން އެކިފަހަރުމަތިންހުރަސް އަޅާ ހުއްޓުވުމުގެ އަސްލަކީމިކުޅިވަރަށް ޒުވާނުން ނުކުމެއްޖެ ނަމަ ހޭލުންތެރި ވުމާއި، ކުޅިވަރުގެ ރޫޙް ފުޅާވެގެން ހިގައިދާނެތީއެވެ. ކުޅިވަރު ފުޅާކޮށް އުފައްދާ ހުރިހާ މޮޅުކުޅުން ތެރިންނަށް ފައިސާ ލިބޭނެގޮތްތަށް އޮޅުވާލުމެއްގެ ތެރޭން ދަސްކޮށްދީ ޤަވާޢިދަށް ބޭނުންގޮތެއް ހަދާ ބުނިހާ ގޮތަކަށް ބަދަލުކޮށް މަޖްލިސްގެ މެންބަރުންނާއި، ވޯޓަށް ނިކުންނަ ކޮންމެ ބަޔަކަށް މިވަރެއް ނެތްކަން ދައްކައިގެން ކުޅުންތެރިން ވިއްކަމުން މިކުޅިވަރު ހަލާކުރަމުން ދާތާ 4 އަހަރަށް ފަހު މިދަނީމިހާރު މިކުޅިވަރަށް އިންސާފު ލިބި ކުޅިވަރު ގެ ކުރިމަގު ފެންނަމުންނެވެ. މީ އަނެއްކަވެސް އިންތިޚާބުގެ ދުވަސްވަރެއް ކަމުން ދިވެހި ބަހުން ލިޔެފައޮތް ނޫސް ބަޔާނެއް މަޔާ ދަރިޔާ ދެމީހުންވެގެން ރައްޔިތުންނަށް ތަރުޖަމާކޮށް އޮޅުވާލަމުން ގެންދާ ގެންދިޔުމަށް ހޭލުންތެރިވެ " އަތުލާފައިވަނީ، ވަގަށް ފޭރުނު ޤައުމީ ހައިސިއްޔަތާއި، ވަގަށް އަރާ އިސްވެ އިންބޯޑާއި، ވަގަށް އޮޅުވާލުމެއްގެ ތެރެއިން އުފެއްދި ޤައުމީ ބަށިބޯލް އެސޯސިއޭޝަން ކަން ހާމަކޮށްދެމެވެ. ދުވަހެއް ދުވަހަކަށް މިކުޅިވަރު ދާނީ ފުޅާވެ ކުރިއަރަމުންނެވެ. ރާއްޖެތެރޭގައިވެސް މިއަދު ތިބީކީ ކަންކަން ނުދަންނަ ބޭފުޅުންނެއްނޫނެވެ. ޕެޓިޝަނެއް ހުށަހަޅައިގެން ވަގަށް ފޭރުނު އެސޯސިއޭޝަން ދެން ވެސް އުފެއްދުމަށްޓަކާ ކުރަންޖެހޭނީ އެބޭކާރު ވަގުމަސައްކަތެވެ. ޙައްޤުގެ މަގުގައި ކުރިޔަށް ދިއުމަށް ކުޅުންތެރިންނައް ގޮވާލަމެވެ. ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙް ކުރައްވާ އިންސާފުވެރި މަސައްކަތާއި، މިއަދުގެ ކުޅިވަރު މިނިސްޓްރީ އިން މިނިސްޓަރ އަޙްމަދު މަޚްލޫފް އާއި، ކަމިޝަނަރ އޮފް ސްޕޯރޓްސް ކުރައްވާ އަގުހުރިޚިދުމާއި، އެމްޑީޕީގެ އިސްވެރިންނާއި، ކޯލިޝަންގެ އިސްވެރިން ރައްޔިތުންނަށް އިންސާފު ހޯއްވައި ދެއްވުމަށް ކުރައްވާ ބުރަ މަސައްކަތަށް އައްސަރިބާއި ސާބަސް. ފައްފަށުން ތިޔަ އެންމެހާ ބޭފުޅުންނަށް މަރުޙަބާ އާއި ޝުކުރުދަންނަވަމެވެ.

Facebook

Twitter

Instagram

ސްޕޮންސަރސް

capital radio
Havarusports radio

ކޯރ ސްޕޮންސަރ

hundred plus