bannernews
ފަހުގެ ޙަބަރުތައް

ރ. އުނގޫފާރުގައި ބާއްވާ އަތޮޅު ލީގް މުބާރާތުގެ ރަސްމިއްޔާތުއަށް ދަޢުވަތު އެރުވުން

2019-09-02 19:03:43
newsimg
ރ.އަތޮޅު އަތޮޅުލީގް – ޒަމާނީ ބަށިބޯޅަ މުބާރާތް 2019 ރ. އުނގޫފާރު ގައި މި މުބާރާތް ބޭއްވޭ 2 ވަނަ އަހަރު ކަމުން ފައުންޑޭޝަންގެ އުއްމީދަކީ އެއްފަހަރަށްވުރެ އަނެއްފަހަރު މުބާރާތުގެ ފެންވަރު ރަގަޅު ވުމާއި، މިކުޅިވަރަކީ ތިޔަ އެންމެ ބޭފުޅުންގެ ލޯބިފުޅުވާ ކަނބަލުން ކުޅެއުޅުއްވާ ދިވެހިންގެ ޚާއްސަ ދިވެހިވަންތަ ދިވެހި ކުޅިވަރަކަށްވާއިރު ރާއްޖޭގެ ސަޤާފަތް ދެމެހެއްޓުމުގައިވެސް އަލްމަރުހޫމް މުޙައްމަދު އަމީންދީދީ ދޮށިމޭނާކިލެފާނު ދިވެހިންނަށް އަޅުއްވައިދެއްވި މިބިންގާ ޒަމާނަށްފެތިގެން އަޚްލާޤީ ރިވެތި ސިފަތަކެއް ދައްކުވައިގެން ކުޅެވިގެންދާނެ ރީތި ކުޅިވަރަކަށް ހެދުމަށް އަލްމަރުހޫމް ޒާހިރު ނަސީރުއާއި، ދިވެހިންގެ ހުރިހާ ކުޅިވަރެއްގައިވެސް ޤަވާޢިދުތަށް ހެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ ހާމިދު ޢަބްދުލް ގަފޫރާއެކު ފައުންޑޭޝަނުން ނުކުމެ ކުރިމަސައްކަތް މިއަދު މުޅިރާއްޖޭގައި ބަލައިގަނެވި " ޒަމާނީ ބަށީގެ ބިންގާ " މިދަނީ ދުވަހެއް ދުވަހަކަށް އޭގެ މަޤުބޫލްކަން ރާއްޖޭގެ އަންހެން ކުޅުންތެރިންނަށް ބަލައިގަނެވި އަދި މިކުޅިވަރަކީ ކޮންމެ ސިފައެއްގައިވިޔަސް މުޅިރާއްޖޭގެ ހުރިހާ ރައްތަކެއްގައި ކުޅެއުޅޭ ކުޅިވަރަކަށް ވުމުން ފުޅާ ދާއިރާއެއްގައި މިވަނީ މިކުޅިވަރުގެ ފިޔަޖަހާލެވިފައެވެ. އަދި ބުރަ މަސައްކަތުން ކުރިހޯދާފައިވާ މިކުޅިވަރުގެ އަތޮޅުލީގް މުބާރާތް ރ. އުނގޫފާރުގައި އޯގަސްޓް 22ން 24އަށް ބޭއްވުމުގެ ތައްޔާރީތަށް ކުރަމުން މިދަނީ އުނގޫފާރު އިޖުތިމާއީ މަރުކަޒާއި، އުފާޖަމްޢިއްޔާއާއި ގުޅިގެން ކަމުގައިވާތީ، މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ޝަރަފު ވެރި މެޙްމާންއަކީ ސްޕޯރޓްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މަޢުރޫފް އަޙްމަދު ( މާއްޓޭ) ކަން ފާހަގަކޮށް އެމަނިކުފާނަށް ޝުކުރު ދަންނަވަމެވެ. މި މުބާރާތުގެ ރަސްމިއްޔާތު އޮންނާނީ 22 އޯގަސްޓް 2019 ވަނަ ދުވަހުގެ ހަވީރު 15.45 ގައި އުނގޫފާރު އިޖުތިމާޢީ މަރުކަޒުގައެވެ.

Facebook

Twitter

Instagram

ސްޕޮންސަރސް

capital radio
Havarusports radio

ކޯރ ސްޕޮންސަރ

hundred plus