bannernews
ފަހުގެ ޙަބަރުތައް

ފެންވަރު ރަގަޅު ޒަމާނީ ބަށިބޯޅަ މުބާރާތްތަށް ބެލެހެއްޓުމުގެ އޮފިޝަލުން އަތޮޅުތަކަށް ތައްޔާރު ކުރުމުގެ ފުރުސަތު ހުޅުވިފައި.

2019-09-02 18:59:57
newsimg
މުޅި ރާއްޖޭގައި 1500 އަށްވުރެ ގިނަ އޮފިޝަލުން ތައްޔާރުކޮށްފައިވަނީ ބޭސިކު ލެވަލްގައި ހަމައެކަނި ތިޔަރީބައި ހިންގައި ދެވިގެންނެވެ. އަދި ގިނަވެގެން 6 ގަނޑިއިރުގެ އިރުޝާދު ދެވިފައި ވުމުން ބޮޑެތި މުބާރާތްތަކުގައި ޖެހޭމައްސަލަތަށް ހައްލުކޮށް ކެތްތެރި ކަމާއެކު ހިފާއްޓަންޖެހޭ އަޚުލާގީ މިންގަޑު ހިފާއްޓައިގެން މުބާރާތެއް ފުރިހަމަ ކަމާއެކު އެއޮފިޝަލުންނަށް ބެލެހެއްޓޭނެ ކަމަށް ފައުންޑޭޝަނަކުން ނުދެކެމެވެ. އޮފިޝަލުންނަށް ދޭންޖެހޭ ޕްރެކްޓިކަލް ބައި ދެވޭނީ ބޮޑެތި މުބާރާތްތަށް ބެލެހެއްޓުމަށް ޙަވާލުވެ އެދެމުންދާ މަޢުލޫމާތުތަށް ރަގަޅަށް ދަސްކޮށް ކެތްތެރިކަމާއެކު ޖެހޭމައްސަލަތަށް ހައްލުކުރުމުގެ ޤާބިލްކަން ހުރެގެންނެވެ. މިގޮތުން ކޮންމެ އަތޮޅެއްގައި މުބާރާތެއް ބޭއްވި ނަމަވެސް އެއަތޮޅަކަށް އޮފިޝަލުންގެ ޓީމެއް ކޮންމެ ރަށަކުން އޮފިޝަލުކަމަށް މީހުން ބައިވެރިކޮށްގެން މުބާރާތުގެ ތެރެއިން ޕްރެކްޓިކަލް ބައި ނަގައިދެމުން ތައްޔާރު ކުރެވި އޮފިޝަލުންގެ ދަރަޖަ ދިނުމާއި، ބާއްވާ އެކިއެކި މުބާރާތްތަކުގައި ބައިވެރިވެ ޕްރެކްޓިސް ލިބިގަތުމުގެ ފުރުސަތު 2018 އިން ފެށިގެން ކުރިއަށް ގެންދަމުން ގެންދާތީ އެއްވެސް އުޖޫރައެއްނެތި ޤާބިލް އޮފިޝަލުން އުފެއްދުމުގެ މަސައްކަތް ވަރަށް ފުޅާދާއިރާއެއްގައި މިވަނީ ފަށާފައެވެ. ގިނަ މުބާރާތްތަކަކުން ލިބޭ ގިނަ ތަޖުރިބާއިން ނޫނީ ބިރެއްނެތި ބޮޑެތި މުބާރާތްތަށް ނުބެލެހެއްޓޭނެތީ އޮފިޝަލުން ރަގަޅުފެންވަރެއްގައި އުފެއްދުމުގެ މަސައްކަތް މިވަނީ ފަށާފައެވެ. ވީމާ، މިކަން ކުރާހިތްވާ ޒުވާނުން ވިޔަސް މެދު އުމުރުގެ މީހުން ކަމުގައިވިޔަސް ކަމަށް އެކަށޭނަ ޤާބިލު ކުޅުމުން ދުރުގައި ތިއްބަވާ އަދި މިރޮގުން ކުރިއަރަން ބޭނުންވާ ކޮންމެ ބޭފުޅަކަށް މިވަނީ ފައުންޑޭޝަނުން ފުރުސަތު ހުޅުވާލާފައެވެ. މުބާރާތްތަށް ބެލެހެއްޓުމުގެ ޤާބިލްކަން ހޯއްދަވާ ބޭފުޅުންނަށް އެހެން ކުޅިވަރުތަށް ފަދައިން އޮފިޝަލުކަން ކުރައްވަން ކޮންމެ ތަނަކަށް ވަޑައިގަންނަވަން ޖެހުނަސް އެމުބާރާތެއް ބެލެހެއްޓުމުން ދުވާލަކަށް ޤަވާޢިދުގައި ކަނޑައަޅާފައިވާ އުޖޫރަ ނެގުމުގެ ހައްޤު އެއޮފިޝަލުންނަށް ލިބިގެންވެއެވެ. މި މަސައްކަތް ދަސްކޮށްދިނުމުގައި މިއީ އެއްވެސް އުޖޫރައެއް ނެގުމެއްނެތި ހިލޭ ކޮށްދޭ މަސައްކަތަކަށްވާތީ، ފައުންޑޭޝަނުން ބާއްވާ މުބާރާތްތަށް އޮފިޝަލުން ބަލަހައްޓަވައި ދެއްވަންވާނީ އުޖޫރައެއް ނެގުމަކާ ނުލައެވެ. މި ފައުންޑޭޝަންގެ އުންމީދަކީ ތަޢުލީމީ ޒުވާނުން ކުޅިވަރަށް ނުކުމެ ޑިސިޕްލިންގ ރަގަޅު ކުޅޅިވަރެއްގެ ބިންގާ އެޅިގެން ދިޔުމާއި، ޒަމާނާ އެއްގޮތަށް ރިވެތި އުސޫލްތަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރާދާނެ ކުޅިވަރަކަށް ވުމާއި، ޒުވާންޖީލު މިކުޅިވަރަށް ނުކުމެ " އިންޓަރ ސްކޫލް މުބާރާތްތަކާއި " ރާއްޖޭގެ އަތޮޅުތަކަށް " އަތޮޅު މަދަރުސާ – ޒަމާނީ ބަށިބޯޅަ މުބާރާތްތަށް " ބޭއްވިގެން ދިޔުމާއއި، މުބާރާތްތަށް ބަލަހައްޓާނެ ޤާބިލު އޮފިޝަލުންގެ ޓީމްތަށް އަތޮޅުގެ ކޮންމެ ރަށަކަށް ތައްޔާރު ކުރެވިގެން ދިޔުމެވެ.

Facebook

Twitter

Instagram

ސްޕޮންސަރސް

capital radio
Havarusports radio

ކޯރ ސްޕޮންސަރ

hundred plus