bannernews
ފަހުގެ ޙަބަރުތައް

ދިވެހިންގެ ސަޤާފީ ކުޅިވަރު ބަށިބޯޅަ ކުޅުމަށް އަޅާފައިވާ ކޯޓްތަށް އެކަމަށް ޝަރުތު ފުރިހަމަވާ ތަނަކަށް ހައްދައި ދެއްވުމަށް ސަރުކާރަށް ގޮވާލަން.

2019-07-15 21:16:08
newsimg
ބަށިބޯލް ފައުންޑޭޝަނުން " ޒަމާނީ ބަށިބޯޅަ ކުރިއަރުވައި" ބަށިކުޅުންތެރިންނަށް ކުޅޭނެ ކޯޓްތަށް ރަށްރަށުގައި އަޅައި ދެއްވުމަށް އެދި ރައީސުލް ޖުމްހޫރިއްޔާގެ ބައްދަލުވުން ތަކުގައާއި، އަދި ޔޫތު މިނިސްޓްރީގެ އެކި ބައްދަލު ވުމުގައާއި، އަދި އެކިފަހަރު މަތިން ޔޫތު މިނިސްޓްރީގައި ސިޓީއިން ދެންނެވިފައި ވެއެވެ. އޭރުއޮތް އެމްޑީޕީ ގެ ސަރުކާރުން އަންހެނުންގެ ބަށިބޯޅަ ކުޅުމަށް އަޅަން ހަމަޖެއްސި ކޯޓްތަކަށް މިން ފޮނުވައި ދިނުމަށް ޔޫތު މިސްޓްރީއިން އެދިލެއްވުމުން ކޯޓް ކުރަހައި ކޯޓްގެ ސަރަޙައްދު އެގޭގޮތަށް އަދި ކޯޓްގައި ލައިޓް ޖެހުމާއި، އަންހެނުން ކުޅުމަށް ގެންގުޅޭ ސާމާނު ރައްކާކުރާނެ ތަނަކާއެކު އޭރު ޔޫތު މިނިސްޓްރީއަށް ފޮނުވާފައި ވާނެއެވެ. ނަމަވެސް އެމްޑީޕީގެ ސަރުކާރަށް ފަހު ވެރިކަން ބަދަލުވެ ޤައުމުގެ އޮތިއްޔާ އޮތްކަމަކީ ރައީސް ޔާމީންގެ ސަރުކާރު ހެދުމަށް މަހާރެހެންދި ކުރެއްވި ބުރަމަސައްކަތުގެ ތެރޭގައި ރަށްރަށުގައި އެމްޑީޕީ ސަރުކާރުން އަޅުއްވައި ދެއްވުމަށް ނިންމާފައިވާ ބަށިކޯޓްތަށް އެއޮތީ ޖަންގަލީގައި ޖަނަވާރުން ކުޅެ އުޅުމަށްވެސް ކަމުނުދާ ފެންވަރުގެ ކޯޓްތަކަކަށްވެ ކުޅުންތެރިން ޕްރެކްޓިސް ކުރުމަށްވެސް އެކޯޓްތަކުގެ ބޭނުން ކުރަން ކަމުދާ ފެންވަރުގެ ތަނަކަށް ނުވެފައެވެ. ކުދިކުދި ބޯޅައިންކުޅެމުންދާ ކުޅިވަރަކަށްވާއިރު، ދަނގަނޑުން އުސްފެންސެއް ޖަހާފައިވުމުން ފަހަތަށް ކުޅުންތެރިންޖަހާ އެ ހަރުބޯޅަ ފެންސްގައި ޖެހި ޕަންޗްވެގެން އެނބުރި ކުޅެން ހުންނަ ކުޅުންތެރިޔާގެ ފުރަގަހުގައި ޖެހި އަނިޔާލިބެމުން ދިޔުމާއި، އޮފިޝަލުން ތިބޭނެ ސަރަޙައްދު ނެތުމާއި، ރޮޓޭޓްވާ ކުޅުންތެރިން ވަށައިގެން ރޮޓޭޓް ވެވޭނެ ޖާގަނެތް ކުދި ގޮޅިތަކެއް ކަމުން އެކޯޓް ތަކުގެ ބޭނުން ނުހިފޭނެ ކަމަށް އެ ހަދަމުން ދިޔައިރުވެސް ބަށިބޯލް ފައުންޑޭޝަނުން ޔޫތު މިނިސްޓްރީއަށް ސިޓީއަކުން އެކަން ހުށަހެޅުމާއި، މީޑިޔާގައި އެކަން ޢާއްމު ކުރުމާއި،ފިރިހެން ބޭފުޅުންނަށް ފުޓްސަލް ދަނޑުތަށް އަޅާފަ ހުންނަ ފެންވަރުގެ ދަނޑުތަށް އަންހެނުންނަށްވެސް މިއަދު ބޭނުންވާނެކަމުގައި ދެންނެވިފައި ވާނެއެވެ. ޤައުމުގައި އަންހެނުންނަށް ކަންކަމުގައި ދެއްވާ ސަމާލު ކަމުގެ ތެރެއިން ރާއްޖޭގައި މިކުޅިވަރު ކުޅެއުޅޭތާ ބައި ޤަރުނު ފަހުން އަދި މިކުޅިވަރަކީ ކޮންމެވެސް ސިފައެއްގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޅެއުޅޭ ދިވެހިން އުފެއްދި ދިވެހި ސަޤާފީ ރީތި ކުޅިވަރަކަށް ވުމާއި، އަންހެނުން ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ބޭނުންކުރާ ކަސްރަތުގެ ކުޅިވަރަކަށް ވުމާއި، އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށް އެޅިގެންދާ ރަގަޅު ފާލަކަށްވާތީ، މިކުޅިވަރު ކުޅިވަރަކަށްވެ ރައްޔިތުންގެ ސަމާލްކަން ލިބުނު ހިސާބުން ސިޔާސީ ވައްދައިގެން ވޯޓް ހޯދާ ކުޅިވަރަކަށް ހަދުވައި ކޮންމެ އިންތިޚާބެއްގައި ގަނެވިއްކާ ޣަނީމާ މުދާގަނޑެއް ފަދައިން އަންހެނުން ބޮޑުއަގުގައި ވިއްކާ ކުޅިވަރަކަށްވެ މިކުޅިވަރުން އަންހެނުންނަށް ލިބުނު ފުރަތަމަ ހަދިޔާ މިވަނީ އޭގެ ބޭނުން ނުހިފޭފަދަ ގޮތަކަށް ސަރުކާރުން ކަމެއް ކޮށްދިނީ ނަމުގައި ކަމެއް ކޮށްދީފައެވެ. ކޮންމެ ސަރުކާރެއް އޮތްނަމަވެސް މާލޭގެ ހަތަރު އަވަށުގައި ކޮންމެވެސް ސިފައެއްގައި އަންހެން ކުޅުންތެރިން ޕްރެކްޓިސް ކޮށްލާނެ ކުދި ބިންކޮޅުތައް ކޮންމެ އަވަށެއްގައި މީގެ ކުރިން އޮންނަމުން ދިޔައެވެ. ނަމަވެސް މިކުޅިވަރުގައި އަގުޖެހި ވިއްކަން ފެށުނު ހިސާބުން މަހާރެހެންދީގެ ފުރަތަމަ ކައުންސިލް އިންތިޚާބު 2016 ކާމިޔާބު ނުވުމުން މާލެ ސިންގަޕޫރަށް ބަދަލުވުމުގެ ވާހަކަ ފަތުރުވަމުން މާލޭގައި އޮތް ޓީމްތަކަށް ގޮތްހުސްވެގެން ގޮތްހޯދާ ދެއްވުމަށް މަހާ ރެހެންދި އުފެއްދި އެސޯސިއޭޝަނަށް މާލޭގައި މުބާރާތެއް ނުވޭއްވުނުތާ މާލޭގައި ޓީމްތަށް ކުޅެއުޅެމުން ދިޔަ ބިންކޮޅުތަށް ނަގާ ފިނި ހޮޅުއަށި އަޅަމުން ދިޔައިރު އެ އެސޯސިއޭޝަން ނުކުޅެދިފައިއޮތް އޮތުމުގެ ނަތީޖާއަކީ މިއަދު މާލޭގެ ކުޅުންތެރިން އެއްވެސް އަވަށެއްގައި ޕްރެކްޓިސް ކޮށްލާނެ ބިންކޮޅެއްވެސް ނެތްތާ ފައުންޑޭޝަނަށް ދީފައިވާ ބިން އަތުލާ ބަދަލުގައި ބިމެއްވެސް ދެއްވާފައި ނެތުމުން ޓީމްތަށް ޕްރެކްޓިސް ކުރަން ފޮނުވާނެ ތަނެއްނެތި މާލޭގެ ކުޅުންތެރިން މަގުމަތިވުމެވެ. އަދި ރާއްޖޭގެ ރަށްރަށުގެ ކުޅުންތެރިންނަށް ކޯޓެއް އަޅާފައި އޮވެ އެތަނުން ކުޅިވަރުން ލިބޭ އަނިޔާގެ އިތުރު އަނިޔާލިބޭތީ އެތަނުގައި ނުކުޅެވި އަދި އެތަނެއް އޮތުމުން އެހެންތަނެއް ކުޅެން ނުލިބި ކުޅުންތެރިން ކުޅުމުން މަޙްރޫމްވާން ޖެހިފައި ވުމެވެ. ޤައުމުގެ ދެބައިކުޅަ އެއްބަޔަކީ ކޮންމެ އިންތިޚާބެއް ކައިރިވުމުން ރައްޔިތު އަންހެނުންކަމުގައި ވިދާޅުވަމުން ގެންދަވާއިރު މިކުޅިވަރު ޚާއްސަވަނީ އަންހެނުންނަށް ކަމަށްވެފައި މިކުޅިވަރު ޢާއްމުކޮށް ރާއްޖޭގައި ކުޅެމުން ދަނީ އަންހެނުންކަން ފާހަގަކޮށްލަމެވެ. މިޤައުމުގައި ފުޓްބޯޅަ ނަގާފައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެންމެ ގިނައިން ކުޅޭ އެއްކުޅިވަރަކަށް ބަށިބޯޅަ ވާނެއެވެ. މިކުޅިވަރު ކުޅެ އުޅޭނެ ދަނޑުތަކެއް މިހާރު އަޅުއްވަމުން ގެންދަވާ ޓާފްދަނޑުތަށް މިކުޅިވަރަށްވެސް އަޅުއްވައި ދެއްވުމަށް ޔޫތު މިނިސްޓާރ އަށް ދަންނަވަމެވެ. ޒަމާނީ ފެންވަރުގެ ދަނޑުތަށް ރާއްޖޭގައިވެސް އަޅާނެތީ، ޒަމާނީޤަވާޢިދު ތައްޔާރުކޮށް ކުޅުންތެރިން ތައްޔާރު ކުރަމުންދާތާ 9 އަހަރު ހޭދެވެފައި ވާތީ، ޒަމާނީ ފެންވަރުގެ ޓާފް ދަނޑުތަކުގައި މިއަދު ކުޅުންތެރިންގެ ކުޅުން ދައްކާލެވޭ ފެންވަރަށް ކުޅުންތެރިން ބަދަލުކޮށްފައި ވާނެތީ، އެފަދަ ދަނޑުތަށް މިކުޅިވަރަށް އަޅުއްވައި ދެއްވުމުގައި މިކުޅިވަރު އުފައްދައި އާލާކޮށްފައިވާ ބަޔަކީ ބަށިބޯލް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް ކަމުން ކޯޓްގެ މިންތަކާ ގިންތިތަށް ވަކިކޮށް ދިރާސާ ކުރައްވަވާއިރު ކަމާބެހޭ ލިޔުންތަކާއި ތަނާބެހޭ މަޢުލޫމާތު ފައުންޑޭޝަނުން ލިބެން ހުންނާނެތީ، މިކުޅިވަރު މާލޭގައާއި، ރާއްޖޭގެ ރައްތަކުގައި ކުޅެ އުޅެވޭނެގޮތަށް ބޭކާރު ގޮތުގައި ސަރުކާރުން ބިލިއަނުން މިލއަނުން ޚަރަދު ނުކުރައްވައި ކޯޓްތަކެއްގެ ހިޔާވަހިކަން ކުޅުންތެރިންނަށް ލިބޭނެގޮތް ހައްދަވައި ދެއްވުންމަކީ ކުޅުންތެރިންނަށް މިއަދު ބޭނުންވެފައިވާ އެންމެ ބޮޑު އެހީކަން ސަރުކާރަށް ދަންނަވަމެވެ. ------------------------------------------------------

Facebook

Twitter

Instagram

ސްޕޮންސަރސް

capital radio
Havarusports radio

ކޯރ ސްޕޮންސަރ

hundred plus