bannernews
ފަހުގެ ޙަބަރުތައް

" ރ. އަތޮޅު އަތޮޅުލީގް- ޒަމާނީ ބަށިބޯޅަ މުބާރާތް 2019 " ރ. އުނގޫފާރުގައި ބޭއްވުމަށް ފުރުސަތު ހުޅުވާލުން

2019-07-14 18:38:57
newsimg
ރ. އަތޮޅު އިޖުތިމާޢީ މަރުކަޒާއި، ބަށިބޯލް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އާއި، ގުޅިގެން ރ. އުނގޫފާރުގައި " ރ.އަތޮޅު އަތޮޅުލީގް – ޒަމާނީ ބަށިބޯޅަ މުބާރާތް 2019 " ބޭއްވުމަށް މިވަނީ ފުރުސަތު ހުޅުވާލާފައެވެ. މިއީ 2016 ވަނަ އަހަރު ރ. އުނގޫފާރު އަންހެނުންގެ ކޮމެޓީއާއި ގުޅިގެން ރ. އުނގޫފާރުގައި ބޭއްވި ފަދަ " އަތޮޅުލީގް – ޒަމާނީ ބަށިބޯޅަ މުބާރާތް " ކެވެ. މިއީ 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބަށިބޯލް ފައުންޑޭޝަނުން މުޅި ރާއްޖެއަށް ހުޅުވާލަމުން ގެންދާ މުބާރާތެކެވެ. މުޅި މުބާރާތް ފެށުނީއްސުރެ ނިންމެންދެން " އުފާ ޖަމިއްޔާ" ގެ ފަރާތުން ލިވް ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮންމެ ހަފުތާއަކު 3 ދުވަހު މުބާރާތާއި ގުޅުންހުރި ޚަބަރުތަށް www.ungoofaaru.com އިން ގެނެސް ދެއްވަމުން ގެންދަވާނެއެވެ. މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅާ ފޯރމްތަށް ފުރިހަމަ ކުރައްވައި30 ޖުލައި 2019 ވަނަ ދުވަހުގެ ކުރިން އުނގޫފާރު އިޖުތިމާޢީ މަރުކަޒަށް އަދި ބަށިބޯލް ފައުންޑޭޝަންގެ bashiball2010@gmail.com އަށް ފޮނުއްވަމުން ގެންދެވުން އެދެމެވެ. ފޯރމްތަށް ލިބެންހުންނާނީ ރ. އުނގޫފާރުއިޖުތިމާއީ މަރުކަޒުންނާއި، ބަށިބޯލް ފައުންޑޭޝަންގެ ވެބްސިޓް www.bashiball.com އިން ޑައުންލޯރޑް ކުރެއްވުމުން ހުރިހާ ވަގުތެއްގައިވެސް ފޯރމް ލިބެން ހުންނާނެގޮތަށް ވަނީ ހަމަޖައްސާފަ އެވެ. މި މުބާރާތުގެ ކުޅުން ފެއްޓޭނީ 24 އޯގަސްޓް 2019 ގައި ރ. އުނގޫފަރުގައެވެ. މި މުބާރާތުގައި ރ. އުނގޫފާރު އިޖުތިމާޢީ މަރުކަޒުގެ ފަރާތުންފައިސާގެ އިނާމްކަނޑައަޅުއްވާފައިވެއެވެ. މިގޮތުން:- - ޗެމްޕިއަން ޓީމަކަށް 7000.00 ރުފިޔާގެ - ރަނަރރަޕް ޓީމަކަށް 5000.00 ރުފިޔާ - 3 ވަނަ ޓީމަކަށް 1000.00 ރުފިޔާ - ބަށި ރާނީއަށް 1500.00 ރުފިޔާ - ފެއަރޕްލޭޓީމަކަށް 1000.00 ރުފިޔާ - އުންމީދީ ކުޅުންތެރިޔާއަށް 1000.00 ރުފިޔާ އިނާމް ކަނޑައަޅާފައިވެއެވެ. މުބާރާތުގެ މަޤާމްތަށް ހޮވައި ޓްރޮފީއާއި، މެޑަލް އަދި ހުރިހާ މަޤާމްތަކެއްގެ ސެޓްފިކެޓް އަދި އަދި މުބާރާތް ބެލެހެއްޓުމަކީ ބަށިބޯލް ފައުންޑޭޝަނުން ކުރާކަންކަމެވެ. މި މުބާރާތުގައި ހެނދުނާއި، މެންދުރުފަހާއި، ރޭގަނޑު މެޗްތަށް ކުޅުން ހަމަޖައްސާފައިވާތީ، ހުރިހާ ކުޅުންތެރިން ޒަމާނީ ޤަވާޢިދަށް ކުޅުންތެރިން ފަރިތަ ކުރުމާއި، ޓީމްތައްޔާރު ވުމުގެ ޤަވާޢިދަށް ޓީމްތައްޔާރުވުމަށް ދަންނަވަމެވެ. މުބާރާތުގެ ޤަވާޢިދުތަށް ބަށިބޯލް ފައުންޑޭޝަންގެ ސައިޓުން ޑައުންލޯރޑް ކުރައްވައިގެން ނެންގެވުމާއި، އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރ. އުނގޫފާރު އިޖުތިމާއީމަރުކަޒުގެ ހިންގެވުމާއި ޙަވާލުވެހުންނެވި އިސްފަރާތް 9993494، ބަށިބޯލް ފައުންޑޭޝަންގެ9139222، 9794199، 9125225 އާއި ގުޅުއްވައިގެން ކުރިއަށް ގެންދެވުމަށް ދަންނަވެމވެ. --------------------------------

Facebook

Twitter

Instagram

ސްޕޮންސަރސް

capital radio
Havarusports radio

ކޯރ ސްޕޮންސަރ

hundred plus