bannernews
ފަހުގެ ޙަބަރުތައް

" ބަށިބޯލް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް" ހިންގުމަށް ދިމާވެފައިވާ ހުރަސްތަކާ ޒަމާނީބަށި ކުރިއެރުވުމަށް ސަރުކާރުން ކުރިމަތިކުރުވާފަފައިވާ ގޮންޖެހުންތަކުގެ ކުރު ޚަބަރުތަށް:

2019-07-14 18:32:53
newsimg
2010 ވަނަ އަހަރުން ފެށިގެން ބަށިބޯލް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް ރާއްޖޭގައި ބިންގާ އެޅި މަރުޙޫމް ޒާހިރު ނަސީރާއި، އަންނަބީލާ ޙަބީބާ ޙުސެން ޙަބީބު އާއި، ހުރިހާ ކުޅިވަރެއްގައި އިސްކޮށް ހަރަކާތްތެރިވާ ހާމިދު ޢަބްދުލް ޤަފޫރާއި، ފައުންޑޭޝަންގެ ރައީސާ ޝިޔާމާ އަޙްމަދު އިސްވެ ހުންނަވައިގެން މަދު އަންހެނުންގެ ޓީމެއްގެ ބުރަ މަސައްކަތުންނެވެ. އަދި ރާއްޖޭގައި " ޒަމާނީ ޤަވާޢިދު " ހަދައި މެދުކެނޑުމެއް ނެތި މިކުޅިވަރު އާލާކުރަމުން ކުރިއަރުވަމުން އައިސް ޔޫތުމިނިސްޓްރީގެ ކުޅިވަރު މަޖުލީގައި ކުޅުމުގެ ޤަވާޢިދު އެންޑޯޒް ކުރެވިގެން ސްޕޯރޓްސް ކައުންސިލްގައި ރަޖިސްޓްރީކޮށް ޤައުމީ މަޖްލީހުގެ އެފިލިއޭޓް މެންބަރ ގެ މަޤާމް އަލަށް ރާއްޖޭގައި ހާސިލްކޮށްފައިވަނީ " ބަށިބޯލް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް" އެވެ. މުޅިރާއްޖޭގައި މިކުޅިވަރު ތަޢާރަފުކޮށް " 17 ވަނަ ސާރކް ސަމިޓްގައި މުޅި ދުނިޔެއަށް މިކުޅިވަރު ދައްކާލުމާއި، ޕޮލިސްކަޕް މުބާރާތް ރާއްޖޭގައި ތަޢާރަފުކޮށް ކުޅިވަރުގެ އުމުރުފުރާ ކަނޑައަޅާ، ސްޕޯރޓްސް ޔުނީފޯރމް ތަޢާރަފުކޮށް، އަންގި ލެއްވުމުގެ މުހިއްމުކަން ތަޢާރަފުކޮށް ހަދާފައިވަނީ BFM ނުވަތަ މި ފައުންޑޭޝަންއެވެ. 2014 ވަނަ އަހަރު އިންޑީޔާގެ ޓްރިވަންޑްރަމްގެ ސްޓޭޑިއަމެއްގައި " ޒަމާނީ ބަށިކުޅުން " ތަޢާރަފުކޮށް އިންޑީޔާގެ އެމްބަސީގައި ފޯކަލްޕޮއިންޓެއް ރަޖިސްޓްރީކޮށް ސްރީލަންކާގެ އެމްބަސީގައި ބައްދަލުވުން ބާއްވައި ސްރީލަންކާގެ އެމްބަރސީއިން ފޯކަލް ޕޮއިންޓެއް ރަޖިސްޓްރީ ކުރުވައި " ވެބްސައިޓެއް" ހުޅުވާ ޤަވާޢިދުތަކާ ކުޅިވަރާ ބެހޭ އެންމެހާ މަޢުލޫމާތު އެސައިޓުން ޢާއްމުންނަށް ލިބޭނެ މަގު ފަހިކޮށްފައި ވަނީވެސް މި ފައުންޑޭޝަންއެވެ. އަދި މިކުޅިވަރު 2015 ގައި ޤައުމީ ކުޅިވަރަކަށް ރާއްޖޭގެ ސަރުކާރުން ހައްދަވާފައި ވަނީވެސް BFM ގެ ބުރަމަސައްކަތުން ކަމުގައި ސަރުކާރުން އިޢުލާން ކޮށްފައިވާކަން އުފަލާއެކު ފާހަގަ ކޮށްލަމެވެ. ޔޫތު މިނިސްޓްރީގެ އެދިވަޑައި ގަތުމަށް މުޅި ރާއްޖެއަށް ލީގް ޒޯން މުބާރާތްތަށް ހުޅުވާލުމާއ، އިންޓަރ ސްކޫލް މުބާރާތްތަށް ނެރެދެއްވުމަށް އެދިވަޑައިގަތީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރ ގައެވެ. އެހިސާބުން ކުރަން ފެށި މަސައްކަތުން އެޑިޔުކޭޝަން މިނިސްޓްރީއިން 2015 ވަނަ އަހަރު އިންޓަރ ސްކޫލް ބޭއްވުމަށް ކަލަންޑަރ ކޮށްދެއްވުމާއި، މުޅިރާއްޖޭގައި 240 އަށްވުރެ ގިނަ ފޯކަލްޕޮއިންޓް އުފެއްދުމަށް ފަހު 2015 ވަނަ އަހަރު ޖެނުއަރީއިން ފެށިގެން ކޮންމެ އަހަރަކު ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ތަނަވަސްކޮށް ދިނުމުގެ ގޮތުން ލީގާއި ޒޯން މުބާރާތްތަށް ބޭއްވުމަށް އިޢުލާން ކުރެވިގެން މަސައްކަތް ކުރަމުން ގެންދަން ފަށާފައިވާކަން އަދި މި މަސައްކަތް މެދުނުކެނޑި ކުރަމުންދާކަންވެސް ފާހަގަކޮށް 9އަހަރުގެ ދިގު ރާސްތާއެއް ކަޑައްތުކުރި މި ޖަމްޢިއްޔާއަށް ސަރުކާރުން އެއްވެސް ބަޖެޓެއްދެއްވާފައި ނުވާކަންވެސް އަދި އެކަމަށް ސިޔާސީނުފޫޒު ފޯރުވައި ލިބެންއޮތް އިނާޔަތްތައް ހުއްޓުވާލާފައި ވަނީ އާރާ ބާރު ބޭނުންކޮށް ވޭތުވެދިޔަ 5 އަހަރުގައިކަން ފާހަގަކޮށްލަމެވެ. ވޭތުވެދިޔަ ސަރުކާރުން ވޯޓްހޯދުމަށް ޒަމާނީ ބަށިކުޅުންތެރިން ބޮޑުއަގުގައި ވިއްކިދާނެކަމަށް ދެކި ކޮންމެ އިންތިޚާބަކާ ދިމާކޮށް ފައިސާގަނޑެއް ކަނޑައަޅައިގެން ކުޅުންތެރިން ވިއްކާލަން އުސޫލެއްގެ ގޮތުން ބޭނުން ކޮށްފައިވަނީ މިކުޅިވަރުގެ ކުޅުންތެރިން ކަން ފާހަގަކޮށްލަމެވެ. 2015 ވަނަ އަހަރު ހުޅުވާލި ލީގް ޒޯން މުބާރާތުގައި 15އަތޮޅު ވާދަކޮށް 51ޓީމް ކުޅެ 20 ޓީމް ޒޯނަށް އަތޮޅުތަކުން ހޮވި ގްރޭންޑް ފައިނަލަށް 8 ޓީމް ހޮވިފައި ވެއެވެ. 2015 ވަނަ އަހަރު އިންޓަރސްކޫލް މުބާރާތް އަލަށް ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވެ ސްކޫލްތަކުން 11 ޓީމެއް ބައިވެރިވެފައި ވެއެވެ. އިންޓަރސްކޫލް މުބާރާތް މާލޭގައި ބޭއްވުމަށް ސެޕްޓް 2015 ގައި ނިންމައި ބޮޑުޢީދުގެ ބަންދުގައި ރާއްޖެތެރޭގެ 12 އަހަރުން ދަށުގެ ޓީމްތަށް ގަދަފަދަ ވިއްސާރައިގައި މާލެއައިސް ހަވީރު 3.00 ގައި ކޯޓަށް އަހަރަން ތައްޔާރުވެ 2 ގަޑިއިރަށްވެފައި ވަނިކޮށް ސިޔާސީ ރޯގާ ފެތުރި " މަހާރެހެންދީގެ ގަދަފަދަ ނުފޫޒް" ގައި އެޑިޔުކޭޝަނުން މަޖުބޫރުވެ އެމުބާރާތް ހުއްޓުވާލާފައިވަނީ އެދަރިވަރުންނާއި، ސްކޫލްތަކަށް މިކުޅިވަރަށް ދެވެންއޮތް އިތުބާރާ ޔަޤީންކަން ނަގާލުމުގެ ގޮތުންނެވެ. ވޯޓް ލެވޭ ޢުމުރު ފުރާއެއް ނޫންކަމުން ސިޔާސީ ކޮށިވިސްނުމުގައި ޒަމާނީ ބަށީގެ ކުރިމަގު މިވަނީ އިތުރަށް ފަހަތަށް ޖައްސާފައެވެ. 2015 ގައި އިންޓަރ ސްކޫލް މުބާރާތް ކެންސަލް ވުމަށް ފަހު 2016 ވަނަ އަހަރު އިންޓަރ ސްކޫލް މުބާރާތް " ފާތުމާ ރެހެންދި އުފެއްދި ޤައުމީ އެސޯސިއޭޝަނަށް" ސަރުކާރުން ދިނުމުން އެމުބާރާތު ގައި ބައިވެރިވާނެ ފަރާތެއް ނުހޯދުމުން އެމުބާރާތް އެޑިޔުކޭޝަން މިނިސްޓްރީއިން ވަނީ ކެންސަލް ކުރައްވާފައެވެ. 2017 ، 2018 ގައި މި މުބާރާތް ބޭއްވުމަށް އެދިފަނެތުމުން އެއްވެސް ފަރާތަކަށް ދެއްވާފައި ނުވެއެވެ. ޒަމާނީ ބަށިބޯޅަ އާލާކުރަމުން ދަނީ މި ފައުންޑޭޝަނުން ކަމުގައިވާތީ، ޒުވާނުންކުޅިވަރަށް އަހުލުވެރި ނުކުރެވިއްޖެ ނަމަ ކުޅިވަރުގެ އުފެއްދުމެއް ނެތްކަން އެނގޭތީ، 2019 ވަނަ އަހަރު އެޑިޔުކޭޝަންގައި ދަންނަވައިގެން ކަލަންޑަރ ކުރައްވާފައިވާ އިންޓަރ ސްކޫލް މުބާރާތް ހިންގަން މަސައްކަތް ފެށިއިރަށް އެޑިޔުކޭޝަންގެ ވެރިންނަށް ފޯނުކުރުމާއި، ބިރުދައްކައި އެއީކަން ޤައުމީ އެސޯސިއޭޝަނަކީ ކިޔާ ބޮޑެތި ސިޓީތަށް މިހާރުވެސްދަނީ އަޅަމުންނެވެ. އަދި މި ފައުންޑޭޝަނުން އެމުބާރާތް ބާއްވައިފި ނަމަ ޤައުމީ އެސޯސިއޭޝަނުގެ އަގުވެއްޓުނީކަމަށް ސްޕޯރޓްސް ކައުންސިލަށް ހުށަހަޅައި އެޑިޔުކޭޝަނަށް ދަނީ ޕްރެޝަރ ކުރަމުންކަމުގައި ފާހަގަ ކޮށްލަމެވެ. މިމުބާރާތް ބާއްވަން އެފަރާތުން ނުއެދޭއިރު އެދުނު ފަރާތަށް އެޑިޔުކޭޝަނުން މުބާރާތް ހިންގަން ދިނުމުން މި ކުޅިވަރު އާލާކުރަން ކުރާ މަސައްކަތަށް މިއަހަރުވެސް އެދަނީ ހުރަސްތަށް އަޅަމުން ކަމުގައި ފާހަގަކޮށްލަމެވެ. 2015 ގައި އަތޮޅުތަކަށް ހުޅުވާލި ލީގް ޒޯން މުބާރާތްތަށް ކުޅެގެން ހޮވިފައިވާ ގްރޭންޑް ފައިލްގެ ޓީމްތަށް މާލޭގައި ކުޅެން ނިންމާފައިވާ ތާރީޚް 2016 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު މާލޭގައި ބޭއްވުމަށް އިޢުލާންކޮށް ފައިވަނިކޮށް އެތާރީޚަށް " ރެހެންދީގެމޮޅު ވިސްނުންފުޅުން" އެސްޓީއޯގެ މުބާރާތް 1 ލައްކަރުފިޔާ ކަނޑައަޅައި އިޢުލާންކޮށް ކުޅުންތެރިން ފައިސާއަށް ވިއްކޭ ބައެއްގެ ގޮތަށް ހަދައި ގްރޭންޑް ފައިނަލް ބޭއްވިޔަ ދީފައި ނުވާކަން ފާހަގަ ކޮށްލަމެވެ. ޒަމާނީ ބަށިބޯޅައިގެ ބިންގާ އެޅިގެން ދިޔައީ ދިވެހިން އުފެއްދި ދިވެހި ކުޅިވަރެއް އުވެމުން ނެތެމުންދާތީ ޒަމާނާ އެއްގޮތަށް އާލާކޮށް ކުރިއެރުވުމަށް މަރުޙޫމް ޒާހިރުނަސީރާއި، ޙާމިދު ޢަބްދުލް ޢަފޫރާއި، އަންނަބީލާ ހަބީބާ ޙުސެން ޙަބީބުގެ ވިސްނުންފުޅާއެކުއެވެ. އަދި ޤައުމުގައި މިކުޅިވަރު ހުރިހާ ރަށެއްގައި ކޮންމެވެސް ސިފައެއްގައި ކުޅެމުންދާތީ، ޤައުމީ ކުޅިވަރެއްގެ ގޮތުގައި ބިންގާ އެޅުމަށް 2010 ވަނަ އަހަރު ފައްޓާފައިވަނީ ބަށިބޯލް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުންނެވެ. މިކުޅިވަރު އާލާކުރުމަށް ރަށްރަށަށް ދަތުރުކޮށް ފައިސާގެ އިނާމެއް ދީގެން ކުޅުންތެރިން ނެރުވައި އާލާކުރަމުން ގެންދެވި ޤަވާޢިދު ތަންފީޒުކޮށްފައި ވެއެވެ. 5000 ހާހަށްވުރެ ގިނަ ކުޅުންތެރިންނާއި، ގިނަ ޢަދަދެއްގެ އޮފިޝަލުން ޓްރޭނިންގ ވެ މުބާރާތްތަށް ބޭއްވެން ފެއްޓުމުން ފުރަތަމަ ފެއްޓީ ކުޅޭފަރާތްތަކަށް ސެޓްފިކެޓެއް ދިނުމަކުންނެވެ. ފައިސާގެ އިނާމު BFM އިން ބާއްވާ އެއްވެސް މުބާރާތަކަށް ދޭން ނިންމާފައި ނުވަނީ މިއީ މުޅިރާއްޖެއަށް އާލާކުރާ ކުޅިވަރަކަށް ވާތީއެވެ. ނަމަވެސް ކުޅުންތެރިންނަށް އެހެން ފަރާތްތަކުން ފައިސާގެ އިނާމް ދިނުމަށް ހުރަހެއްނެތެވެ. އަދި އެކަމަށް ކޮންމެ މުބާރާތެއްގައިވެސް ހުޅުވާލާފައި ވާކަންވެސް ފާހަގަކޮށްލަމެވެ. އަދި 2016 ވަނަ އަހަރުން ފެށިގެން ޓްރޮފީއާއި، މެޑަލް އެކިފަރާތްތަކުގެ މަދަދާއި އެހީތެރިކަމުން ކުޅުންތެރިންނަށް ލިބިދޭން ފައްޓާއި ވާކަންވެސް މިހާރު ފާހަގަކޮށްލަމެވެ. މެދުކެންޑުމެއްނެތި މިކުޅިވަރު މުޅި ރާއްޖޭގައި ފިޔަޖަހާ ކުރިއަރުވާފައިވާއިރު މިވީ 9 އަހަރުގެ މަސައްކަތުގައި ސަރުކާރުން އެއްވެސް ބަޖެޓެއް ހޭދަކޮށްފައި ނުވާކަން ފާހަގަކޮށްލަމެވެ. 2015 ވަނަ އަހަރުގެ އޯގަސްޓް މަހު 13 ވަނަ ދުވަހު ވަނީ މަހާރެހެންދީގެ ހެޔޮވިސްނުމުގައި މި މަސައްކަތް ފޮތިކޮށްލާ ބައިއަޅާފައެވެ. މިގޮތުން މި ފައުންޑޭޝަންގެ ހުޅުމާލޭ ޓީމެއްގެ މެނޭޖަރ އެއްގެ މަޤާމުގައި ހުރި " އައިމިނަތު ލީލާ" އެއް ނުކުމެ ޤައުމުގެ ފަސްޓްލޭޑީ " މަހާރެހެންދި" އޭނާގެ ވިސްނުމާއި ކުޅެ، މިކުޅިވަރު ރާއްޖޭގައި އުފެއްދެވީ "އަލްމަރުހޫމް މުޙައްމަދު އަމީންދީދީ ދޮށިމޭނާކިލެގެފާނު އަދި މަރުޙޫމް ޒާހިރު ނަސީރު ނޫންކަމަށް" ހަދުވަން ކުރި މަސައްކަތުގައި އޭރު ޤައުމުގައި އޮތިއްޔާ އޮތްކަމަކީ އެ މަހާރެހެންދީގެ މަސައްކަތް ކަމުގައި ހެދުމަށް އަންހެނުންގެ މި ޚާއްސަ ކުޅިވަރަށް ސިޔާސީ ކުލަ މިއޮތީ ޖައްސާފައެވެ. އަދި ބަށިކުޅުމުގެ ރޫހް ނެތިކޮށްލުމަށް އަންހެން ކުޅުންތެރިން ނަކީ ކޮންމެ އިންތިޚާބަކަށް ގަނެވިއްކާ ހެދޭފަދަ ބަޔަކަށްމިވަނީ މި ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ހަދުވާފައެވެ. އަލްމަރުޙޫމް މުޙައްމަދު އަމީންދީދީ ދޮށިމޭނާ ކިލެގެފާނު ހައްދަވާފައިވާ "ދިވެހި ބަށީގެ ޤަވާޢިދު" އަސްލަކަށް ބަލައިގެން މަރުޙޫމް ޒާހިރު ނަސީރު އާއި، އަންނަބީލާ ޙަބީބާ ޙުސެންޙަބީބް އަދި ޙާމިދު ޢަބްދުލް ޤަފޫރު އިންނަވައިގެން ޒަމާނީ ރީތި އުސޫލްތަކެއް އެކުލަވާލާ ހަދާފައިވާ " ޒަމާނީބަށީގެ ޤަވާޢިދު" ޔޫތު މިނިސްޓްރީގައި އެންޑޯޒްކޮށް ފައިވަނިކޮށް BFM ގެ ސައިޓުން އެޤަވާޢިދު ނަގައިގެން ހަލާކުކޮށްލުމަށް ދެފޮޅުވަތް ދެމެދަށް ކުށްކުރުން ގިނަވާގޮތަށް މާއްދާތަށް އިތުރުކޮށްގެން ވެލިގަންޑުގެ ތެރޭގައި އަންހެނުން ފޫހާކާގޮތަށް ކުޅިވަރު ގެ ރީތި އަދަބުތަށް ގެއްލުވާލާ ޤަވާޢިދުގެ ގިނަ މާއްދާތަކަށް މިފާޑުގެ ބައެއް ހަޑިހުތުރު ސިފަތައް ގެނުވައި ޤަވާޢިދެއް ހެދީކަމުގައި ދައްކައި، ދެޤަވާޢިދެއްގެ ގޮތުގައި ކުޅުންތެރިންނަށް އޮޅުވާލަމުން ގެންދިޔަ ނަމަވެސް " ޤަވާޢިދަކީ ޒަމާނީ ބަށިކުޅުމުގެ ޤަވާއިދުކަން" ވަރަށް ސާފުކޮށް އެގެން އެބައޮތެވެ. ހޯމް މިނިސްޓްރީގައި އޭރު ހުންނެވި ޢުމަރު ނަސީރާއި، ޔޫތުގައި މިނިސްޓަރ ޒުހޫރު ހުންނަވައިގެން އަދި ޔޫތުގައި މި " ލީލާގެ އެއްބަފާ ކޮށްކޮ ތެމާ ޝިޔާމް " ހުރުމުން އޭނާ ލައްވަ މި ޖަމްޢިއްޔާގެ މަސައްކަތް މެދުކެނޑުމެއްނެތި ހިނގަހިނގާ އޮއްވާ ޖަމްޢިއްޔާ ދެބައިކޮށްލީ ކުޑަވެސް އިޝާރާތެއް ނެތިއެވެ. އޭރު ހޯމް މިނިސްޓްރީގައި ތިބި މުވައްޒަފުން ރައްޔިތުންނަށް އަނިޔާވެރިވެ ޤައްދާރުވީ ރެޖިސްޓްރަރ ޔޫސުފް، ޝަރީފު، ސިއްދީޤް ފަދަ މީހުންނާއި، އަދި ޔޫތު މިނިސްޓްރީގައި ޢަލީ ޒަކީ ފަދަ ބޭފުޅުން އިސްކޮށް ތިއްބަވައިގެން އާރާބާރުގެ ބޭނުން ކުރެއްވި އިރު މިއަދުވެސް އެމިނިސްޓްރީ ތަކުގައި ކުލަބު ޖަމިއްޔާތަކަށް އިންސާފު ހޯދައި ދެއްވުމަށް މިނިސްޓަރ އަށް އެހީތެރިވެ އަތުކުރި އޮޅާލާފައިވާކަން އެތިބަގެން ރައްޔިތުންނަށް ދައްކަނީ ހަމަ އޭރުވެސް ޤަވާޢިދާޚިލާފަށް މިތިބަ ޖަރީމާތަށް ހިންގަވާފައިވާ ބޭފުޅުންކަން ފާހަގަކޮށްލަމެވެ. ކުޅިވަރުގެ ހަރަކާތްތަށް ފުޅާކުރަމުން ގޮސް މިމަސައްކަތް ފެށިއިރު މާލޭގައި އޮތް 4 ޓީމްގެ ބަދަލުގައި 2012 ވަނަރުގެ ނިޔަލަށް 14 ޓީމް އުފައްދައި ތަފާތު ނަން ނަމުގައި ގިނަގުނަ މުބާރާތް ތަކެއް މާލޭގައި ބާއްވާފައި ވެއެވެ. އަމީންދީ އުފެއްދެވި ކުޅިވަރުގެ ޤަވާޢިދު އަސްލަކަށް ބަލައިގެން " ޒަމާނީ ބަދަލު ތަކެއް ގެނެސްފައިވަނީ " ހަމަ އެކަނި ކުޅިވަރުގެ އުސޫލީ ކަންކަމަށެވެ. ބޯޅަ ޖެހުމާއި، ހިފުމާއި،ކުޅުންތެރިޔާ ނުބައި ވުމަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވެއެވެ. ބައިޤަރުނު ވަންދެން މިކުޅިވަރު ކުޅެފައިވަނީ އެއްވެސް ޤަވާޢިދެއް ނެތި ހިތުހުރިގޮތަކަށް ފަސޭހަގޮތް ގޮތަށް ބަދަލު ގެނެސްގެން ކަމަށްވާތީ، އުސޫލީ ރިވެތި ގޮތްތަކެ ޑިސިޕްލިން ހިފޭއްޓުމަށް ގެންނަމުން އައި ވަގުތުގެ ނާޖާއިޒު ފައިދާ ނަގުވާ ކުޅުންތެރިންގެ ވިސްނުމާ ކުޅެ " ދުވާލަކު އެއްފަހަރު ޤަވާޢިދަށް ބަދަލު ގެންނަނީއޭ ކިޔާ " ކުޅުންތެރިންނަށް އޮޅުވާލަމުން " ނުފޫޒު ގަދަކަމުން ކުޅެވެންނެތޭ ކިޔާ ކުޅުންތެރިންގެ ހިތްތަކަށް ހަސަދަވެރިކަން ވައްދަމުން " މާލޭގެ ކުޅުންތެރިންނަށް ކުޅެވެން ނެތްކަމަށް ދައްކަމުން 2015 އިގެ އޯގަސްޓް 13 ދުވަހު މަލެއަށް ގޮތް ހޯދާދިނުމަށް " މަހާރެހެންދީގެ" މޮޅު ވިސްނުމާ ކުޅެލައިގެން އުފެއްދި " ޤައުމީ އެސޯސިއޭޝަން" އިން މާލޭގައިވެސް އަދި ރާއްޖޭގައިވެސް މިހާތަނަށް ކުޅެވިފައިވަނީ ކިތައް މުބާރާތްތޯއާއި، އަދި މާލޭގައި ބޭއްވުނީ ކިތައް މުބާރާތްތޯއާއި، ނުހައްޤުން ހޯދި ދަރަޖަ " ހިފޭއްޓުމަށް" ކުރެވުނީ ކޮން މަސައްކަތެއްތޯ އާއި، މަލޭގެ ކުޅުންތެރިންނަށް ގޮތެއް ނެތިގެން ގޮތްހޯދާދިނުމަށް މާލޭގައި އިތުރަށް އުފެއްދުނީ ކިތައްޓީމްތޯއާއި، ކިތައްމުބާރާތް ކުޅެ މާލެ ކުރިއަރުވާފައިވާ މިންވަރު އިންސާފު ވެރިކަމާއެކު ބެއްލެވިދާނެ ތޯއެވެ. މާލޭގެ ޓީމްތަކުން މާލޭގައި ޕްރެކްޓިސް ކުރަމުން ދާ ކުދި ބިންކޮޅުތަށް ކުޅުންތެރިން ކުޅެކުޅެ ތިއްބާ އަތުލާ މަހާރެހެންދި ފިނިޕާކް އަޅާ ކުޅުމުން މަޙްރޫމް ކުރުން މީބާއޭ މާލޭ ކުޅުންތެރިންނަށް ހޯދާދެވުނު ކުރިއެރުމަކީ .... މާލޭގައި އެއްވެސް މުބާރާތެއް ނުބޭއްވި 14 ޓީމް އުވި މިއަދު 7 ޓީމްވެސް މާލޭގައި ހަމަނުވެ މަލޭ ސިޓީގެ ކުޅުން މިއަދު މިވަނީ މުޅިންހެން ހުއްޓާލާފައެވެ. މި ކަންކަން ސަރުކާރުން ބައްލަވާ ކުޅުންތެރިންނަށް ކުޅެވޭނެ މަގުފަހިކޮށް ދިނުމަށް ފައުންޑޭޝަނުން ގޮވާލަމެވެ. 2012 ވަނަ އަހަރު ސެނާރިއޯގެ ދަށުން ރާއްޖޭގެ ކޮންމެ ރަށެއްގައި ބަށިކޯޓެއް އެޅުއްވުމަށް MDP ގެ ސަރުކާރުންނިންމާފައި އޮތުމުން ރަށްރަށުގައި އަޅާކޯޓްގެ ބޮޑުމިނާއި ކުޅޭ ސަރަޙައްދު ވަކިކޮށް، ކުޅޭތަކެތި ރައްކާކުރާނެ ތަނަކާއެކު އަދި ލައިޓްޖަހާ ރޭގަނޑު ކުޅެވޭނެ ކޯޓްތަކެއް އެޅުމަށް ކޯޓްކުރަހާ އޭގެ ލިޔުންތަކާއެކު ޔޫތު މިނިސްޓްރީއަށް ހުށަހެޅީ ޔޫތު މިނިސްޓްރީގެ އެދިވަޑައިގަތުމަށެވެ. އެމްޑީޕީގެ ވެރިކަމެއްގައި އެޅުމަށް ނިންމާފައިވާ ކޯޓްތަކަކަށް ވަތީ މަހާ ރެހެންދި ކުރި ކަމަކަށް ހަދަން އުފެއްދި މޮޅު ޤައުމީ އެސޯސިއޭޝަނެއްގެ މަޝްވަރާގެ މަތިން އެއޮތީ މުޅި ރާއްޖޭގައި އެޅި ކޯޓްތަކަށް 9 މިލިއަން ޚަރަދުވެފައިވާ ކަމަށް ޔޫތު މިނިސްޓްރީއިން މަޢުލޫމާތު ދެއްވި އިރު އެކޯޓްތަކުގެ ޙާލަތު އޮތްގޮތުން ރާއްޖޭގެ ރަށްތަކުގެ ކުޅުންތެރިން ކުޅުމުން ފޫހިވެ ކުޅުންމިވަނީ ހުއްޓި އެކުޑަގޮޅިތަށް ޖަންގަލިތަކުގައިއޮވެ ގަސްފަޅާ އެތަންތަން އެއޮތީ ވީރާނާވެފައެވެ. އެންމެކުޑަމިނުން ކުޅުންތެރިން ޕްރެކްޓިސް ކުރުމަށްވެސް އެކޯޓްތަކުގެ ބޭނުން އެއޮތީ ނުހިފިފައިކަން ފާހަގަކޮށްލަމެވެ. ކުޑަކުޑަ ބޯޅައަކުން ކުޅެމުންދާ ކުޅިވަރެއްކަމުން ރައްކާތެރިކަން އޮފިޝަލުންނަށް ކުޅުންތެރިންނަށް ލިބެންއޮތް މިންވަރާމެދުވެސް ވިސްނާލުމެއް ނެތި އެއޮތީ ފުރަތަމަ މިކުޅިވަރުގެ ކުރިމަގު ފަހަތަށް ޖައްސުވާފައެވެ. މި މައްސަލަތަކަކީ ބަލާ އިންސާފު ލިބެންޖެހޭނެ ކަންކަންކަމުގައި ދެކެމެވެ. މި ޖަމްޢިއްޔާއަށް 2012 ގައި މާލޭގައި ކުޅުމަށް ދެއްވާފައިވާ ބިން 2014ގައި އަތުލާ ބިމެއް ދެއްވާފައި ނުވުމާއި، މަލޭގެ ޓީމްތަށް ޕްރެކްޓިސް ކުރުމަށް މާލޭގެ އަވަށްތަކުގައި އޮތް ކުޅޭ ބިންކޮޅުތަށް ނަގާ އެތަންތަނުގައި " މަހާރެހެންދީގެ ފިނިޕާރކް" އަޅައި އިތުރު ތަނެއް ނުދިނުމުން މިވަނީ މާލޭގެ ޓީމްތަށް ބިކަވެ ކުޅުމުން މަޙްރޫމްވެ ކުޅުންތެރިން މަގުމަތިވެފައެވެ. ޤައުމީ އެސޯސިއޭޝަނެއްގެ ދަރަޖަ ހިފޭއްޓުމަށް ނެޝިނަލް ޤަވާޢިދުގައި ވާއިރު 2015 އިގެ އޯގަސްޓްގައި ޚިޔާނާތާ މަކަރުގެ ތެރެއިން " ފާތުމާ ރެހެންދި" އިސްކޮށް ހުންނަވައިގެން އުފެއްދިމި އެސޯސިއޭޝަންގެ ރައީސާއަކަށް ކުރިމަތި ލުމަށް ކުރަންޖެހޭ އެއްވެސް އިއުލާނެއް ކުރުމެއްނެތި ސިއްރުން އަމީން ދީދީއާއިއެކު ބަށިކުޅުއްވި ކަމަށ ލީލާ ކުރާ ދަޢުވާގައި ޖެހިވަޑައިގެން މަހާރެހެންދި އެ އެސޯސިއޭޝަންގެ ރައީސާކަން ދީގެން ހިންގަވާއިރު 2016،2017،2018 އަދި 2019 ގައި އެ ދަރަޖަ ހިފޭއްޓުމަށް ކިހާމަސައްކަތެއް ކޮށްފައިވޭތޯ ކުރީގަ އޮތް އުސޫލާ މިހާރުގެ އޮތް އުސޫލްގެ ތެރެއިން ބެއްލެވިދާނެ ބޭފުޅަކު ތިބިބާއޭ ނުވަތަ ކިހާވަރެއްގެ އެއްބާރުލުމެއް ކުލަބުޖަމިއްޔާތަށް ރަގަޅުކުރަން އެމަނިކުފާނަށް ދެއްވާނެ ބާއެވެ. މިއަދުގެ ސަރުކާރުން " ނެޝިނަލް އެސޯސިއޭޝަން" ތަކަށް 5 ލައްކަ ރުފިޔާގެ ޢަދަދެއް ދެއްވަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙް އިޢުލާން ކުރައްވާފައިވާތީ، ވޭތުވެދިޔަ 3 އަހަރުގެ ތެރެއިން 2016 ގައި މަހާރެހެންދި ޚަރަދުކުރެއްވި ވޯޓް ކަޕްފިޔަވައި ބޭއްވުނު އެއްވެސް މުބާރާތެއް ނެތްއިރު އަދި ކޮންމެ އަހަރަކު ވަކި ޢަދަދެއް ޙާސިލްކޮށް އެ ނެޝިނަލް ދަރަޖަ ހިފާއްޓަން ޖެހޭއިރު އެމަސައްކަތް ކޮށްފައި ނުވާ އެ " ޤައުމީ އެސޯސިއޭޝަނުން" ލައިނުގަނެގެން މިހާރު އެދުއްވައިގަތީ އެފައިސާ ލިބެން އޮތީ ވަކި ޢަދަދެއްގެ މަސައްކަތްތަކެއް ކޮށްގެން ކަމުގައިވާތީ އެކަމައިގެން ކަމުގައި ފާހަގަކޮށްލަމެވެ. ރާއްޖޭގައި 22 އަތޮޅު އޮންނައިރު އެ ޤައުމީ އެސޯސިއޭޝަންގެ ކަންކަމުގައި ބައިވެރިވާން ހަމައެކަނިއޮތީ ރ. އަތޮޅުގެ އިނގުރައިދޫގެ ސްޕޯރޓްސް ކުލަބުއެވެ. އެ ސްޕޯރޓްސް ކުލަބަކީވެސް މި ފައުންޑޭޝަންގެ ޓީމެއް ހިންގާ މެނޭޖަރ އެއް ލައްވަ ސްޕޯރޓްސް ކުލަބެއް ހަދުވައިގެން ފާތުމާ ރެހެންދީގެ ބަށިހިންގުމަށް ފައިސާގެ ދަހިވެތި ކަމުގައި އަނބުރާލައިގެން އުޅޭ ސްޕޯރޓްސް ކުލަބެއްކަމުގައިވެސް ފާހަގަ ކޮށްލަމެވެ. އެއަތޮޅުގައި މި ފައުންޑޭޝަނުން މުބާރާތެއް ކުރިއަށް ގެންދަން ފައްޓާއިރަށް އެ ސްޕޯރޓްސް ކުލަބަކާ ގުޅިގެން ޖަރީމާއެއް އެ އަތޮޅުގައި ހިންގަން މަސައްކަތް ފައްޓައެވެ. ނަމަވެސް ކިތައްމެ މަސައްކަތެއް އެގޮތަށް މިއަދު ކުރިޔަސް އެކަމެއް ކުރަންވާ ގޮތަށް ކުރެވިފައި ނުވުމާއި، ފައުންޑޭޝަނުން ހިންގާ މަސައްކަތް އޭރުވެސް މިހާރުވެސް ކުރަމުން ގެންދަނީ ވަރަށް ފުރިހަމަ ކަމާއެކުގައިކަން ފާހަގަ ކޮށްލަމެވެ. އަދި 2019 ގައި ރ. އަތޮޅުގެ އަތޮޅު ލީގް އިޢުލާން ކުރުމާއެކު އަތޮޅުން ބައިވެރިވާ ޓީމްތަކުގެ ކުޅުމުގައި މައްސަލަ ޖެއްސުމަށް އަތޮޅަށް ހުޅުވާލައިގެން އެޤަވާޢިދަށް ވޯރކްޝޮޕް ހިންގުމަށް ނިކުމެ އުޅުއްވާއިރު އެއްވެސް ރަށަކުން ބައިވެރިނުވިތާ ރ. އިނގުރައިދޫގެ ހަމައެކަނި އެސްޕޯރޓްސް ކުލަބުގައި ތިބި 20ކުޅުން ތެރިންގެ ފުރިހަމަ ތާއީދުވެސް ލިބިފައި ނުވާކަންވެސް ފާހަގަކޮށް ލަމެވެ. އިޖުތިމާޢީ މަސައްކަތެއްގައި މީހުންގެ ބާރުން ބާރު ހޯދައިގެން އިންތަނުން ނުތެދުވެވޭ މިފަދަ މީހުންނަށް ތެދުވެވޭނީ ރެހެންދި ފައިސާގަނޑެއް ޚަރަދުކުރުމުން ކަމަށްވާތީ، 2016 އިގެ ކައުންސިލް އިންތިޚާބާ ދިމާކޮށް " މަހާރެންދި ފާތުމާ ކަޕް" ގެ ނަމުގައި ދައުލަތުގެ ބަޖެޓުން 1 ލައްކަ ރުފިޔާ ކަނޑައަޅައިގެން ބޭއްވި މުބާރާތްނޫނީ މި ޤައުމެއްގައި މުބާރާތެއް ބޭއްވިފައި ނުވާކަން ފާހަގަކޮށްލަމެވެ. އޮޅުވާލައިގެން ހިންގި މި މުބާރާތުގައި ކުޅުންތެރިންނާ އަދި ދަތުރު ކުރި ފަރާތްތަކަށް ދޭންޖެހޭ އެތައްފައިސާއެއް އަދިވެސް ނުދީ މައްސަލަތަށް ކޯޓަށްވައްދާ ޕީޕީއެމް ޖަގަހަތަކުގައި އަދިވެސް އެދަނީ އެމައްސަލަތަކުގެ ބިލްތަށް ހުށަހެޅި ޖަވާބުދާރީ ނުވެވިގެންކަން ފާހަގަކޮށްލަމެވެ. 2015 ގެ އޯގަސްޓް 13 ވަނަ ދުވަހު ބަށިބޯޅަ ކުޅިވަރު ބައިބައިކުރުމަށް އުފެއްދި އެސޯސިއޭޝަނުން ޕަބްލިކް ޓީވީތަކަށް އަރާ " ރައީސުލް ޖުމްހޫރިއްޔާ ޔާމީން ޢަބްލް ޤައްޔޫމް" ގެ ޚާއްސަ ބެއްލެވުމުގެ ދަށުން އުފެއްދި އެސޯސިއޭޝަނަކީ އެއީކަން ޢާއްމުކޮށް އަންގާ ފަތުރަމުން ގެންގޮސް މި ފައުންޑޭޝަން އަކީ ފޭކްބައެކޭ ގޮވާ ރައްޔިތުންނަށް އޮޅުވާލާ ސަރުކާރުން ދޫކޮށްފައިވާ ރަސްމީލިޔުން ފޭކް އެއްޗަކަށް ހަދައިގެން މިކުޅިވަރަށް ދިން އަނިޔާގެ ހިތިކަން މިއަދު މިއޮތީ ވަރަށް ސާފުކޮށް ކުޅުންތެރިންނަށް ހާމަވެ ރައްޔިތުންނަށް ސާބިތުވެ އެނގޭށެވެ. އޭރު ޔޫތު މިނިސްޓަރ ޒުހޫރުއަށް އެއްވެސް ގޮތަކުން މި ފައުންޑޭޝަން ހުއްޓުވާލެވެން ނެތުމުން ކުޅިވަރުގެ ޤަވާޢިދު ޤާނޫނަކަށް ހަދުވައިގެން ފާސްކޮށް އެޤާނޫންގެ ތެރެއިންސްޕޯރޓްސް ކައުންސިލެއް އުފައްދައި އެކައުންސިލުގައި ހުރިހާ ކުލަބު ޖަމިއްޔާތަކެއް އަލުން ބަލުން ރަޖިސްޓްރީ ކުރަން ހުޅުވާލުމުން މިފައުންޑޭޝަން ރަޖިސްޓްރީ ކުރަން ހުށަހެޅުމުން އެފޯރމް ގެ އަރިމަތީގައި " ރަޖިސްޓްރީކޮށްނުދީ ބާއްވާ" މި ޢިބާރާތުން ލިވެ ފައިލްކޮށްފަ ރަޖިސްޓްރީ ބަލާދާ ކޮންމެ ފަހަރަކު ނިމެނީ ކަމަށްބުނެ މަޢުލޫމާތު ދެމުންގޮސްފައިވެއެވެ. 2018 ޖުލައި 28 ވަނަ ދުވަހު ސްޕޯރޓްސް ކައުންސިލްގެ ރައީސް ޢަލީ ޢުމަރުގެ ބައްދަލުވުމަކަށް ގެންދަވާ ތިޔަ " އެސޯސިއޭޝަން ސްޕޯރޓްސް ކައުންސިލުގައި އަދިވެސް ރަޖިސްޓްރީއެއް ނުކުރެއޭ ކިޔާ ހުށަހެޅި ފޯރމް " ދެއްކެވިއެވެ. އަދި އެފޯރމްގެ އަރިމަތީގައި ލިޔުއްވާފައިވާ ޢިބާރާތް ރައީސް ޢަލީ ޢުމަރަށް އެނގިނުލައްވައި ފޯރމް ދެއްކެވުމުން ވަނީ އެބޭއިންސާފު ޢަމަލު ފަޅާއަރާފައެވެ. އަދި އެ ފޯރމް އިން ފޮޓޯއެއް ނެގުމުގެ ހެޔޮ ނަސީބުވެސް ފައުންޑޭޝަންއަށް އެދުވަހު ލިބިފައިވެއެވެ. މިއަދު ޔޫތު މިނިސްޓަރ އަހްމަދު މަޚްލޫފް އެ ކަމިޝަންއުވާލާފައި ވަނީވެސް ބޭއިންސާފުން އުފައްދާފައިވާ ކަމިޝަނެއްކަމަށް އެމަނިކުފާނަށް ފެނިވައިޑައި ގަންނަވައި އަދި ބޭއިންސާފު މިފަދަ ޖަރީމާތަށް ހިންގާފައިވާތީކަމުގައި ފައުންޑޭޝަނުން ޤަބޫލޮކޮށް ޔޫތު މިނިސްޓަރ އަށް މަރުޙަބާއާއި، ޝުކުރު ދަންނަވަމެވެ. 2010 ވަނަ އަހަރު ޒަމާނީ ބަށީގެ ބިންގާއެޅުމަށް ރާއްޖޭގައި އުފެއްދި ޖަމްޢިއްޔާގެ ހިނގާ ޤަވާޢިދުގައި ޓީމް ރަޖިސްޓްރީ ކުރުމާއި، މެމްބަރުންނަށް ވުމަށް ފީއެއް ނަގަން ކަނޑައަޅާފައި އޮތް ނަމަވެސް އުވެމުން ނެތެމުން ގޮސްފައިވާ ކުޅިވަރެއް ކަމުން މިކުޅިވަރު އާލާކުރުމުގައި އުޖޫރަ ނަގައިގެން ކުލިވަރު އާލާކުރެވިދާނެ ކަމަށް ނުފެންނާތީ، ހިންގާކޮމެޓީއިން 2012 ވަނަ އަހަރު ނިންމާފައިވަނީ ކުޅިވަރު އާލާ ކުރުމަށް ހުރަސްތަށް މިކަމުގެ ސަބަބުން ދިމާވާތީ، އެއްވެސް އުޖޫރައެއް އެއަށްފަހު ނުނަގާ ފައުންޑޭޝަނުން ހިލޭ ޓީމްތަށް ރަޖިސްޓްރީ ކުރުމާއި، މުބާރާތްތަށް ބޭއްވުމާއި، މެންބަރުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށެވެ. މިގޮތުން އެއަށްފަހު ޒަމާނީބަށިބޯޅަ ކުރިއަރުވަމުން ދަނީ އެއްވެސް އުޖޫރައެއް ނެގުމެއްނެތި އެވެ. ނަމަވެސް މި މަސައްކަތުގައި ދެމިތިބޭތާ 5 އަހަރުވެ ކުޅިވަރު މުޅިރާއްޖޭގައި އާލާވުމުން 2015 ގައި އުފެއްދި " ނެޝިނަލް އެސޯސިއޭޝަނުން" ފައިސާ ނަގަން ފެށުމުން އެކަން ބަލައިނުގަނެ އެކަމުންވެސް ކުރިވައްކަން ބޭޒާރުވެ ރަސީދުތަށްވެސް މި ފައުންޑޭޝަން އާއި ޙަވާލު ކޮށްފައިވަނީ ރ. އިނގުރައިދޫއިން އެބައިވެރިވާ ސްޕޯރޓްސް ކުލަބުގެ ރައީސާކަންވެސް ފާހަގަކޮށްލަމެވެ. މާލޭގައި އެއްވެސް މުބާރާތެއް ބޭއްވިޔަ ނުދޭނެކަމައް ފާޅުގައި ގޮވަމުން ރާއްޖޭގެ ކޮންމެ ރަށެއްގައި ބާއްވާ މުބާރާތެއް ކަމުގައިވިޔަސް ކުޅުންތެރިންނަށް ކޮންމެވެސް ގޮތަކުން ގުޅާ އެއީ ޤައުމީ އެސޯސިއޭޝަންކަން އަންގަމުން، ކައުންސިލް ތަކަށް ބިރުދައްކާ ފިޔަވަޅު އަޅާނެކަމަށް ބުނެ މަދު ބައެއް ކުޅުންތެރިން ފަހަތަށް ޖައްސާފައި ވާކަންވެސް ފާހަގަ ކޮށްލަމެވެ. މިވަރުންވެސް ހިތްހަމަ ނުޖެހިގެން ހިނގަހިނގާ އޮތް ބަށިބޯލް ފައުންޑޭޝަން އޮފް ފަ މޯލްޑިވްސް ގެ ސެޓްފިކެޓް 2015 ގެ ޖޫންމަހު ހޯމް މިނިސްޓްރީއިން ހިފާއްޓާފައި ބޭއްވުމަށްފަހު " ފައުންޑޭޝަން" މިނަމަކީ ތަޢުލީމްދޭ ތަންތަނަށް ކިޔާނަމެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް ވިދާޅުވެ ނަން ބަދަލުކޮށްގެން ނޫނީ އެއްވެސް މުބާރާތެއް ނުބޭއްވޭނެ ކަމުގެ ބިރު ހޯމް މިނިސްޓްރީއިން ދެއްކުމުން ކުރިއަށް ފެށުމަށް ތައްޔާރުވަމުންދާ " އިންޓަރސްކޫލް މުބާރާތަށް" އެޅިދާނެ ހުރަކަށްބަލައި ހޯމް މިނިސްޓްރީއަށް ސެޓްފިކެޓް ޙަވާލުކުރުމުން ފައުންޑޭޝަންގެ ނަން " ޒަމާނީ ބަށިބޯލް އެސޯސިއޭޝަނަށް" ބަދަލުކޮށް ސެޓްފިކެޓް ޙަވާލު ކުރީ އިންޓަރސްކޫލް މުބާރާތް 30 އޯގަސްޓް 2015 އިން 5 ސެޕްޓެމްބަރ 2015އަށް ސަރުކާރުން ދެއްވާފައިވާ ތާރީޚް ފަހަނަ އަޅައިދިޔުމުން 7 ސެޕްޓް 2015 ގައެވެ. މިގޮތުންވެސް ސެޓްފިކެޓް ދޫކޮށްފައިވަނީ ފައުންޑޭޝަން ހިންގަންތިބި 11 މެންބަރުން ޕީޕީއެމަށް ތާއީދުކުރާ ސަންޓްރެވަލް ޝިޔާމް ޕާރޓީއަށް ސޮއި ކުރުމުން ކަމުގައިވެސް ފާހަގަ ކޮށްލަމެވެ. ފައުންޑޭޝަންގެ ނަން ހިފާއްޓާފައި އެއްވެސް ފަރާތަކަށް ނުދެއްވާ އޮތުމަށް ފަހު އެނަން މިހާރު ލިބިފައިވަނީ ހޯމް މިނިސްޓަރ އައްސޭޚް ޢިމްރާން ޢަބްދުﷲ ގެ މިނިސްޓަރ ކަމު 17 ޑިސެމްބަރ 2019ގައި ފާހަގަކޮށްލަމެވެ. ތަފާތު އަނިޔާތަށް ލިބެމުން ދާއިރުވެސް މި ފައުންޑޭޝަންގެ މަސައްކަތް މެދުކެނޑުމެއްނެތި ހިންގަމުންދާތީ، ފައުންޑޭޝަންގެ މެންބަރުންގެ ތެރޭގައި ސަރުކާރުގެ ވަޒީފާތަކުގައި ތިއްބެވި ބޭބޭފުޅުންގެ ވަޒީފާގެ މަޤާމް ދައްކުރުމާއި، މުސާރައިން ބޮޑު ޢަދަދެއް ކުޑަކުރުމާއި، އޮފީހުގައި މަސައްކަތެއް ނުޖައްސައި ބާކީކޮށްފަ އިންނަން ޖެހުމާއި، ވަޒީފާއިން ވަކިވެގެން ދާންޖެއްސުން ފަދަ ތަފާތު އެތަށް އަނިޔާއެއް މި ފައުންޑޭޝަން ލިބިފައިވާއިރު މިލިބުނު އަނިޔާތަކާއި، ސަރުކާރުގެ މުވައްޒަފުންނަށް އެޖެއްސި އަނިޔާވެރި ކަންކަން ބައްލަވައި ސަރުކާރުން މި ޖަމްއިއްޔާގެ ޙައްޤުތަށް ހޯއްދަވައި ދެއްވުމަށް މިއަދުގެ ސަރުކާރަށް ގޮވާލަމެވެ. ނަމަވެސް " މިއަހަރު މި މައްސަލަ ޔޫތު މިނިސްޓްރީއިން ބައްލަވަން ފައްޓާފައި ވުމާއި، އަދި ދެފަރާތް އެއްމޭޒަށް ހާޒިރުކޮށް " މިކުޅިވަރު މުޅި ރާއްޖެއިން މިހާރު ހުއްޓިއްޖެ ކަމަށް އޭރުގެ މިނިސްޓަރ (ޢަލީވަޙީދު) ވިދާޅުވެ ކުޅެމުންދާ މުބާރާތެއް މީގެ ފަހުން ހުއްޓުވާނެ އަދި ފިޔަވަޅު އަޅާނެ ބަޔަކު ނުތިބޭނެ ކަމާ މުބާރާތްތަށް ބާއްވައިގެން ކުރިއަށް ގެންދިޔުމަށް ވިދާޅުވެފައި " ވުމާއެކު 2019 ގެ މ.އަތޮޅު އަތޮޅުލީގް ބޭއްވި އިރު އެއްވެސް ކުޅުންތެރިއަކަށް އިންޒާރެއްދީ ބިރުދައްކާފައި ނުވާކަން ފާހަގަކޮށް ޔޫތު މިނިސްޓަރަށް ޝުކުރު ދަންނަވަމެވެ. ނަމަވެސް މުބާރާތް ހިންގުމަށް އެރަށަށް ދިޔަ ފައުންޑޭޝަންގެ ޓީމަށް ދެނަންބަރަކުން ބިރުދައްކާ އިންޒާރު ދިނުމާއި، މާލެ އައުމުން މިވެނިކަމެއް ކުރާނެކަމުގެ ފިނޑި ޖުމްލަތަށް އިއްވާފައި ވާކަންވެސް ފާހަގަކޮށްލަމެވެ. މިއަހަރު ރ. އަތޮޅުގެ އަތޮޅުލީގް މުބާރާތް އިޢުލާން ކުރި ހިސާބުން އަނެއްކަ އެއަތޮޅަށް އިއުލާންކޮށްގެން އެފަރާތުގެ ޤަވާޢިދު ގެ ވާރކްޝޮޕެއް ކުރިއަށް ގެންދަނީ ކަމަށް މުޅިއަތޮޅަށް ޢިއުލާން ކޮށްގެން މިއަހަރު ފައުންޑޭޝަނުން ހިނގާ ރ. އަތޮޅު އަތޮޅުލީގް 2019ހިންގުމަށް ދަތިކުރުމުގެ މަޤްސަދުގައި ކުޅުންތެރިންގެ ޤަވާޢިދު ފުށުއަރުވައި ދަނޑުމަތީގައި މައްސަލަތަށް ޖެއްސުމަށް މިއަހަރުވެސް އެފިޔަވަޅު އެދަނީ މަހާރެހެންދި އުފެއްދި ޤައުމީ އެސޯޝިއޭޝަނުން ކުރަމުންނެވެ. ނަމަވެސް އުފަލާއެކު ދަންނަވަންޖެހެނީ އަތޮޅުގެ އެއްވެސް ރަށަކުން އެހިންގާ ހަރަކާތުގައި ބައިވެރިވާނެ ފަރާތެއް ނުވުމާއެކު އެފަރާތަށް ބާރުދެމުން ގެންދާ "އިނގުރައިދޫ ސްޕޯރޓްސް ކުލަބު" ގެ 2 ޓީމްގެ ތެރެއިންމަދު ކުޅުންތެރިން ކޮޅެއްބައިވެފައިވާ ކަން ފާހަގަކޮށް އިރާދަ ކުރެއްވިއްޔާ ކޮންމެ އަހަރަކު ކުރަމުންދާ މި މަސައްކަތް ހަމަ ބާރުލާ ފައުންޑޭޝަނުން ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމުގައި ދަންނަވަމެވެ. --------------------------------

Facebook

Twitter

Instagram

ސްޕޮންސަރސް

capital radio
Havarusports radio

ކޯރ ސްޕޮންސަރ

hundred plus