bannernews
ފަހުގެ ޚަބަރުތައް

ޒަމާނީ ބަށިބޯޅަ އާލާކުރުމަށް ރާއްޖޭގެ އަތޮޅުތަކުގެ އެއްބާރުލެއްވުމާއި ރައްޔިތުންގެ ކިބައިން އެހީތެރިކަމަށް އެދުން

2019-07-15 21:24:44
newsimg
އަލްމަރުޙޫމް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އުފައްދަވާފައިވާ ދިވެހިކުޅިވަރު ބަށިބޯޅަ ރާއްޖެއިން ނެތެމުން ދަނިކޮށް ދެފެން ދޭތެރޭގައިވެސް ހިފޭއްޓިފައިވަނީ މަރުޙޫމް ޒާހިރު ނަސީރުގެ މިންނެތް މަސައްކަތުން ކަމުގައިވެފައި އެމަނިކުފާނާއި ޙާމިދު ޢަބަދުލް ޤަފޫރާއި، އަންނަބީލާ ޙަބީބާ ޙުސެން ޙަބީބުގެ އިސްނެގެވުމާއެކު ޒަމާނީ ފެންވަރުގައި ކުޅެއުޅުމަށް " ޒަމާނީޤަވާއިދެއް " އެކުލަވާ ލައިގެން މި ރާއްޖޭގައި ވުޖޫދަށް މިކުޅިވަރުން ނުކުތް ފުރަމަ ޖަމްޢިއްޔާއަކަށް ވާނީ 2010ވަނަ އަހަރު އުފެއްދި " ބަށިބޯލް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް" އެވެ. އަދި ދިވެހިސަރުކާރާއި، ރައްޔިތުން ވަރަށް ސާފުކޮށް ދަންނަޙަޤީގަތެއް މެއެވެ. އަދި މިކުޅިވަރަކީ ކޮންމެވެސް ސިފައެއްގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޅެއުޅޭ ދިވެހިން އުފެއްދި ދިވެހި ސަޤާފީ ރީތި ކުޅިވަރަކަށް ވުމާއި، އަންހެނުން ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ބޭނުންކުރާ ކަސްރަތުގެ ކުޅިވަރަކަށް ވުމާއި، އެކުވެރިކަމާއި އެއްބައި ވަންތަކަން ދެމެހެއްޓުމަށް އެޅިގެންދާ ރަގަޅު ފާލަކަށްވާތީ، މިކުޅިވަރު ކުރިއަރާ ދިޔުމުން މަދު ބައެއްގެ ހިތްތަކުގައި މިކުޅިވަރުގެ ކުޅުންތެރިންނަކީ ޣަނީމާ މުދާގަނޑެއް ފަދައިން ކޮންމެ އިންތިޚާބަކަށް ވިއްކާލެވޭ ބައެއް ކަމުގައި ދެކި މިވަނީ މިކުޅިވަރަށް ސިޔާސި ގޮންޖެހުންތަށް ކުރިމަތި ކުރުވާފައެވެ. ނަމަވެސް އަނިޔާވެރި ޢަމަލެއްހިނގައި އޭގެ ރަހަ ކަރުބުޑުގައި ލުމުން ހެޔޮވިސްނުން ލިބެއޭ ބުނާ ފަދައިން މިހާރުދަނީ ކުޅުންތެރިންވެސް ހޭލުންތެރި ވަމުން އަދި މިވަނީ ކޯއްޗެއް ކަންވެސް އެނގެމުން ކަމުގައި ވާތީ، ތިޔަ ކައުންސިލް ތަކުން ކުޅިވަރުތަށް ކުރިއެރު ވުމަށް ކުރައްވަމުން ގެންދަވާ ބުރަމަސައްކަތުގެ ތެރެއިން މިކުޅިވަރުވެސް ތިޔަ ކައުންސިލްތަކާ ސިޓީތަކުގެ ކުޅިވަރު ކަލަންޑަރ އިން ފޮހެނުލައްވައި އެހެން ކުޅިވަރުތަކަށް ބަޖެޓް ކުރައްވައިގެން ކުރިއަށް ގެންދަވާފަދައިން މިކުޅިވަރަށްވެސް ބަޖެޓް ކުރައްވައިގެން ކުޅިވަރުގެ ކަލަންޑަރ ގައި ހިމަނައި ދެއްވައި 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު މި ފައުންޑޭޝަނުން ހުޅުވާލާ " ޒަމާނީ ބަށީގެ އަތޮޅުލީގާއި، ޒޯން މުބާރާތްތަކުގައި " ކުޅުންތެރިންނަށް ބައިވެރިވެ މޮޅު ކުޅުމެއް ދައްކުވައިދެވޭ ވަރުގެ ކުޅުންތެރިންނަށް ހައްދަވައި ދެއްވުމުގައި ދިވެހި އެންމެހާ ރައްޔިތުންގެ ކިބައިންނާއި ވެރިންގެ އަރިހުން އެދޭވާހަކަ ދަންނަވަމެވެ. އަދި ކުރިއަށްއޮތް އަހަރުގެ ކަލަންޑަރ ގައި ހިމަނައި ދެއްވައި އެއަތޮޅެއްގެ ސައިޓުން ނުވަތަ އެއަތޮޅަކުން އަހަރުގެ ކޮންހިސާބެއްގައިކަން މިމުބާރާތް ބޭއްވުމަށް ތާރީޚެއް ކަނޑައަޅާފައިވަނީ މިފައުންޑޭޝަނަށް އަންގަވައި ދެއްވުން އެދެމެވެ. މިހެންމި ދެންނެވީ ގިނަފަހަރު މުބާރާތް ބޭއްވުމަށް ދަންނަވާއިރު ކޮންމެވެސް މުބާރާތެއް ރޭވިފައި ނުވަތަ ހިންގަމުން ދިޔުންފަދަ ކަންތައް ތަކެއްގެ ތެރެއަށް ދިމާވާތީ، މި ފައުންޑޭޝަން އަކީ މުޅިރާއްޖެއަށް އަމާޒުކޮށް މެދުކެނޑުމެއްނެތި 9 އަހަރަށް ވުރެ ގިނަދުވަހު މިކުޅިވަރު ކުރިއަރުވަމުން ގެންދާ ރައްޔިތުންގެ މަސައްކަތެއް ތަފާތު ކުރުމެއްނެތި ހިންގަމުން ގެންދާ ފައުންޑޭޝަނެއްކަމުގައި ވާތީއެވެ. ވީމާ، ހުރިހާ ސިޓީތަކާ އަތޮޅު ކައުންސިލްތަކުގެ އިސްނެންގެ ވުމާއެކު ހުރިހާ ރަށަކަށް ހުޅުވާލައިގެން މި މުބާރާއް ބާއްވާނެ ރަށަކާ ދުވަހެއް ކަނޑަ އަޅުއްވައިގެން މި ފައުންޑޭޝަންއާއި ގުޅިގެން މިކުޅިވަރު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް މި މުބާރާތްތަށް ކުރިއަށް ގެންދެވޭނެގޮތް ހައްދަވައި ދެއްވުން އެދި މިވާހަކަ ދެންނެވީމެވެ.
thumb

ދިވެހިންގެ ސަޤާފީ ކުޅިވަރު ބަށިބޯޅަ ކުޅުމަށް އަޅާފައިވާ ކޯޓްތަށް އެކަމަށް ޝަރުތު ފުރިހަމަވާ ތަނަކަށް ހައްދައި ދެއްވުމަށް ސަރުކާރަށް ގޮވާލަން.

ބަށިބޯލް ފައުންޑޭޝަނުން " ޒަމާނީ ބަށިބޯޅަ ކުރިއަރުވައި" ބަށިކުޅުންތެރިންނަށް ކުޅޭނެ ކޯޓްތަށް ރަށްރަށުގައި އަޅައި ދެއްވުމަށް އެދި ... އިތުރަށް ވިދާޅުވޭ
thumb

" ރ. އަތޮޅު އަތޮޅުލީގް- ޒަމާނީ ބަށިބޯޅަ މުބާރާތް 2019 " ރ. އުނގޫފާރުގައި ބޭއްވުމަށް ފުރުސަތު ހުޅުވާލުން

ރ. އަތޮޅު އިޖުތިމާޢީ މަރުކަޒާއި، ބަށިބޯލް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އާއި، ގުޅިގެން ރ. އުނގޫފާރުގައި " ރ.އަތޮޅު އަތޮޅުލީގް – ... އިތުރަށް ވިދާޅުވޭ

Facebook

Twitter

Instagram

ސްޕޮންސަރސް

capital radio
Havarusports radio

ކޯރ ސްޕޮންސަރ

hundred plus