bannerlive
މުހިންމު އެނައުންސްމަންޓްތައް
2018-11-07
އަނިޔާއިން ޤައުމު ސަލާމަތް ކުރުމަށް ކަނބަލުންގެ މިންނަތް މަސައްކަތާއެކު ރާއްޖޭގައި ކޯލިޝަން ސަރުކާރެއް ޤާއިމު ކުރުމުގެ އުފަލުގައި މާލޭގައި ބާއްވާ "ޒަމާނީ ބަށިބޯޅައިގެ އޮފިޝަލުން ޓްރޭނިންގކުރުމުގެ ވާރކްޝޮޕް 2018 " އަދި " ޒަމާނީ ބަށިބޯޅަ މުބާރާތް 2018 " -1ޒަމާނީ ބަށިބޯޅަ ކުޅުމަށް ކުޅުންތެރިން އަހުލުވެރި ކުރުމާއި، އޮފިޝަލުން ޓްރޭނިންގ ކުރުމުގެ ވާރކްޝޮޕެއް (މާލޭގައި ބާއްވާ 4 ވަނަ ވާރކްޝޮޕް) 30 ނޮވެމްބަރ ން 1 ޑިސެމްބަރ ގެ ނިޔަލަށް މާލޭގައި ބޭއްވުމަށް ވަނީ ހުޅުވާލާފައެވެ. މީ ޢާއްމުކޮށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ހިލޭ ބާއްވާ ވާރކް ޝޮޕެކެވެ. މި ވާރކްޝޮޕްގައި ބައިވެރިވާ ފަރާތްތަކުން ތިރީގައިވާ ނަންބަރު ތަކަށް އެސްއެމްއެސް ފޮނުވުމާއި މެއިލް އެޑްރެހަށް މެއިލް ފޮނުއްވަމުން ގެންދެވުން އެދެމެވެ. މިވާރކްޝޮޕް ފުރިހަމަ ކުރާ ފަރާތްތަކަށް ސެޓްފިކެޓްދިނުން އޮންނާނެއެވެ. މިގޮތުން ކުރިއަށް ގެންދާނެ ބައިތަކުގެ ތެރޭގައި:- - އަމްޕަޔަރުކަންކުރާނެ ގޮތްތަކާއި، ކަށިގަނޑުގެހަރަކާތް އަދި އަތުގެހަރަކާތްތަށް ދަސްކޮށް ދިނުން. - އެނައުންސަރ ކަން ކުރައްވާ ފަރާތްތަކަށް އެނައުންސް ކުރަންދަސްކޮށް ދިނުން. - ޝީޓްތަށް ފުރަން ދަސްކޮށްދިނުމާއި، ލައިންސްވުމަންކަން ދަސްކޮށްދިނުމާއި، ކަމިޝަނަރ ކަން ކުރަން ދަސްކޮށް ޒަމާނީ ބަށިބޯޅަ ޤަވާޢިދަށް އަހުލުވެރި ކުރުވުން. 2- އަނިޔާއިން ޤައުމު ސަލާމަތް ކުރުމަށް ކަނބަލުންގެ މިންނަތް މަސައްކަތާއެކު ރާއްޖޭގައި ކޯލިޝަން ސަރުކާރެއް ޤާއިމު ކުރުމުގެ އުފަލުގައި މާލޭގައި ބާއްވާ " ޒަމާނީ ބަށިބޯޅަ މުބާރާތް 2018 "މިވަނީ ބޭއްވުމަށް ހުޅުވާލާފައެވެ. މި މުބާރާތުގައި ވީހާވެސް ގިނަ ޓީމްތަކެއް ބައިވެރިކުރުވުމަކީ ބީއެފްއެމް ގެ ވަރަށް ބޮޑު އެދުމެކެވެ. މުބާރާތުގެ ކުޅުން އޮންނާނީ، ޑިސެމްބަރ 13،14،15 މި 3 ދުވަހު މަލޭގައެވެ. މި މުބާރާތުގައި ކުޅޭ ޓީމްތަކާއި، ސަރުކާރުގެ އޮފީސް، ހުރިހާ އެންޖޯއީސްތަށް، ޢާއްމު ފަރާތްތަކާއި، ސްކޫލްތަކާއި، ބެލެނިވެރިންނާއި، ރާއްޖޭގެ ރަށްތަކުގެ ޓީމްތަކުގެ ބައިވެރިވުން ވަނީ ހުޅުވާލާފައެވެ. މި މުބާރާތުގެ ޓީމް ލިސްޓް ހުށަހެޅުން ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހުގެ 12.00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރެސްތަކަށް ފޮނުއްވަމުން ގެންދެވުން އެދެމެވެ. މި މުބާރާތުގެ ވަނަތަކަށް ސެޓްފިކެޓް ދިނުމާއި، ޓްރޮފީއާއި މެޑަލް ދިނުން އޮންނާނެއެވެ. އަދި www.bashiball.com އަދި FB ޕޭޖުން އިތުރު މަޢުލޫމާތު ހޯދއްވުމާއި،އަދި އެސްއެމްއެސް ކުރައްވާނީ7914199 ،9139222،9125225 ނަންބަރު ތަކަށެވެ. 8 ނޮވެމްބަރ 2018
2018-11-07
އަނިޔާއިން ޤައުމު ސަލާމަތް ކުރުމަށް ކަނބަލުންގެ މިންނަތް މަސައްކަތާއެކު ރާއްޖޭގައި ކޯލިޝަން ސަރުކާރެއް ޤާއިމު ކުރުމުގެ އުފަލުގައި މާލޭގައި ބާއްވާ "ޒަމާނީ ބަށިބޯޅައިގެ އޮފިޝަލުން ޓްރޭނިންގކުރުމުގެ ވާރކްޝޮޕް 2018 " އަދި " ޒަމާނީ ބަށިބޯޅަ މުބާރާތް 2018 " -1ޒަމާނީ ބަށިބޯޅަ ކުޅުމަށް ކުޅުންތެރިން އަހުލުވެރި ކުރުމާއި، އޮފިޝަލުން ޓްރޭނިންގ ކުރުމުގެ ވާރކްޝޮޕެއް (މާލޭގައި ބާއްވާ 4 ވަނަ ވާރކްޝޮޕް) 30 ނޮވެމްބަރ ން 1 ޑިސެމްބަރ ގެ ނިޔަލަށް މާލޭގައި ބޭއްވުމަށް ވަނީ ހުޅުވާލާފައެވެ. މީ ޢާއްމުކޮށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ހިލޭ ބާއްވާ ވާރކް ޝޮޕެކެވެ. މި ވާރކްޝޮޕްގައި ބައިވެރިވާ ފަރާތްތަކުން ތިރީގައިވާ ނަންބަރު ތަކަށް އެސްއެމްއެސް ފޮނުވުމާއި މެއިލް އެޑްރެހަށް މެއިލް ފޮނުއްވަމުން ގެންދެވުން އެދެމެވެ. މިވާރކްޝޮޕް ފުރިހަމަ ކުރާ ފަރާތްތަކަށް ސެޓްފިކެޓްދިނުން އޮންނާނެއެވެ. މިގޮތުން ކުރިއަށް ގެންދާނެ ބައިތަކުގެ ތެރޭގައި:- - އަމްޕަޔަރުކަންކުރާނެ ގޮތްތަކާއި، ކަށިގަނޑުގެހަރަކާތް އަދި އަތުގެހަރަކާތްތަށް ދަސްކޮށް ދިނުން. - އެނައުންސަރ ކަން ކުރައްވާ ފަރާތްތަކަށް އެނައުންސް ކުރަންދަސްކޮށް ދިނުން. - ޝީޓްތަށް ފުރަން ދަސްކޮށްދިނުމާއި، ލައިންސްވުމަންކަން ދަސްކޮށްދިނުމާއި، ކަމިޝަނަރ ކަން ކުރަން ދަސްކޮށް ޒަމާނީ ބަށިބޯޅަ ޤަވާޢިދަށް އަހުލުވެރި ކުރުވުން. 2- އަނިޔާއިން ޤައުމު ސަލާމަތް ކުރުމަށް ކަނބަލުންގެ މިންނަތް މަސައްކަތާއެކު ރާއްޖޭގައި ކޯލިޝަން ސަރުކާރެއް ޤާއިމު ކުރުމުގެ އުފަލުގައި މާލޭގައި ބާއްވާ " ޒަމާނީ ބަށިބޯޅަ މުބާރާތް 2018 "މިވަނީ ބޭއްވުމަށް ހުޅުވާލާފައެވެ. މި މުބާރާތުގައި ވީހާވެސް ގިނަ ޓީމްތަކެއް ބައިވެރިކުރުވުމަކީ ބީއެފްއެމް ގެ ވަރަށް ބޮޑު އެދުމެކެވެ. މުބާރާތުގެ ކުޅުން އޮންނާނީ، ޑިސެމްބަރ 13،14،15 މި 3 ދުވަހު މަލޭގައެވެ. މި މުބާރާތުގައި ކުޅޭ ޓީމްތަކާއި، ސަރުކާރުގެ އޮފީސް، ހުރިހާ އެންޖޯއީސްތަށް، ޢާއްމު ފަރާތްތަކާއި، ސްކޫލްތަކާއި، ބެލެނިވެރިންނާއި، ރާއްޖޭގެ ރަށްތަކުގެ ޓީމްތަކުގެ ބައިވެރިވުން ވަނީ ހުޅުވާލާފައެވެ. މި މުބާރާތުގެ ޓީމް ލިސްޓް ހުށަހެޅުން ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހުގެ 12.00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރެސްތަކަށް ފޮނުއްވަމުން ގެންދެވުން އެދެމެވެ. މި މުބާރާތުގެ ވަނަތަކަށް ސެޓްފިކެޓް ދިނުމާއި، ޓްރޮފީއާއި މެޑަލް ދިނުން އޮންނާނެއެވެ. އަދި www.bashiball.com އަދި FB ޕޭޖުން އިތުރު މަޢުލޫމާތު ހޯދއްވުމާއި،އަދި އެސްއެމްއެސް ކުރައްވާނީ7914199 ،9139222،9125225 ނަންބަރު ތަކަށެވެ. 8 ނޮވެމްބަރ 2018
2017-08-05
ދިވެހިރާއްޖޭގައި ކުޅެމުންދާ ދިވެހިން އުފެއްދި ބަށިބޯޅަ ކުޅިވަރު ސިޔާސީކޮށް އެކުޅިވަރަށް ދިމާވި ގޮންޖެހުން ތަކަކީ FB އިންނާއި، މިއެސޯސިއޭޝަންގެ ސައިޓުން www.bashiboll.com ވަރަށް ފުރިހަމަށް މަޢުލޫމާތު ޙިއްސާ ކުރެވިފައިވާނެ. މި މައްސަލަ ހައްލުކުރުމަށް އެއްމޭޒަށް ހާޒިރު ނުކުރުމާއި، ކޯޓަށް ވެއްދި މައްސަލަ އަތްއަޅައި އޮއްބާފައި ވުމާއި، އޭސީސީއަށް ހުށަހެޅި މައްސަލަ ބަލައި ދީފައި ނުވާކަން ފާހަގަކޮށްލަން. 2015 ވަނަ އަހަރުގެ އޯގަސްޓްގައި މި ޖަމިއްޔާގެ ތެރެއިން ކުލަޖެހިގެން ނުކުމެ އުޅޭ ބަޔަކު އާރާބާރާ ނުފޫޒު ބޭނުންކޮށް ޤާނޫނާ ޚިލާފަށް މި އެސޯސިއޭޝަން ޗާޓުން ފޮހެލުމާއި މަސައްކަތް ހުއްޓުވުމަށް ކުރަމުންދާ މި މަސައްކަތަކީ އެމްޑީޕީގެ ވެރިކަމެއްގައި އުފެއްދި އެސޯސިއޭޝަނަކަށްވެ އެމްޑީޕީއަށް މީހުން އެއްވެފައިވަނީ މި އެސޯސިއޭޝަންގެ ސަބަބުން ކަމުގައި ދެކި ފައިސާގެ ދަހިވެތިކަމުގައި ހިންގަމުންދާ ޖަރީމާއެއް ކަމުގައިވާތީ، މިކުޅިވަރު ސަލާމަތްކޮށް ދިނުމަށް ތިޔަފަރާތްތަކުގެ އެއްބާރުލުން ލިބުމަށް ގޮވާލަން. އަނެއްކަވެސް ބައެއް ކައުންސިލް ތަކުންނާއި، ކުލަބު ޖަމިއްޔާތަކުގެ ޝަކުވާއެއްގެ ގޮތުގައި މި އެސޯސިއޭޝަނަށް ހުށަހަޅަމުން ނުވަތަ އަންގަމުންދަނީ މިހާރު އެފެކްޝަނުން ޓީމްތަށް ރަޖިސްޓަރީ ކުރާނަމުގަ ފައިސާ ނެގުމަށްޓަކައި އަންގަމުންދާ ކަމާ، ޓީމަކަށް 500،00 ރުފިޔާ ދެއްކުމާއި، މަހަކު 100.00 ރުފިޔާގެ އުޖޫރައެއް ދެއްކުމަށް. މިފަދަ ހީލަތްތެރި މައްސަލަތަށް ހުށަހަޅާއިރު އެފަރާތުން ކޮށްދެވޭނެ ކަންކަމަކީ ކޮބައިތޯ ބެއްލެވުމާއި، އެއްވެސް މުބާރާތެއް ބެލެހެއްޓުމަށް އޮފިޝަލުން ފޮނުވޭނެ ބައެއްތޯ ބެލުމާއި، އެފަރާތް ޓްރޭންވެ ސެޓްފިކެޓް ހާސިލްކޮށްފައިއޮތީ ކޮން އެސޯސިއޭޝަނަކުންތޯ ބެއްލެވުމާއި، ރާއްޖޭގައި ކިހާވަރަކަށް އޮފިޝަލުން އުފެއްދި ބައެއްތޯ ބެލުމާއި، އެފަރާތުން ދެއްވާނެ ޚިދުމަތްތަށްވެސް ބަލަންޖެހޭ. އޮޅުވާލައިގެން ފައިސާ ނެގުމަށް ހިންގާ މިޖަރީމާ ހަނދުމަފުޅު ބެހެއްޓެވުމަށް ދަންނަން. މިބައިމީހުންނަކީ މި އެސޯސިއޭޝަންގެ ފަރާތުން ޓްރޭނިންގކޮށް ސެޓްފިކެޓް ލިބިފައިވާ ބަޔަކަށްވާއިރު ފައިސާގެ ގުއިރޯނުގައި ޖެހި މިކުޅިވަރު ހުއްޓުވާ ލުމަށް ގަދައަޅާ މަސައްކަތްކުރުމަށް އަދި އެސޯސިއޭޝަންގެ ޤަވާއިދު ހަލާކުކޮށްލުމަށް އެ ޤަވާއިދު އަސްލަކަށް ބަލައިގެން އޭގެ ދެފޮޅުވަތް ދެމެދަށް ކުޅުންތެރިންނަށް ގެއްލުންހުރި ކަންކަން އިތުރުކޮށްގެން ނިކުމެ އުޅޭ ބަޔެއްކަން ތިޔަ އެންމެ ބޭފުޅުންނަށް މަޢުލޫމާތު ހިއްސާކޮށްފައިވާނެ. ޔޫތު މިނިސްޓްރީގައި އެންޑޯޒްކޮށް ރާއްޖޭގައި ހިންގަމުން އަންނަ " ޒަމާނީ ޤަވާޢިދު" ފުޑާލާ މި ރާއްޖޭގައި މިހިންގަނީ މިބައިމީހުން ތަޢާރަފު ކުރި ޤަވާޢިދަކަށް ހެދުމަށް ކުރާ މިމަސައްކަތަކީ ރައްރަށުގެ ރައްޔިތުންނާއި، ކަނބަލުންނަށް އޮޅުވާލުމަށް ހިންގާ ޖަރީމާއަކަށް ވާތީ ތިޔަ އެންމެ ފަރާތްތަކުން ސަމާލުވުމަށް ދަންނަވަން. ރަށްރަށުގެ ކައުންސިލަރުންނަކީ ރައްޔިތުންނަށް ޖަވާބުދާރީވުމަށް ރައްޔިތުން ހޮއްވަވާ ބަޔަކަށްވާއިރު މިއަދު ޤައުމުގެ ޙާލަތު ފުރިހަމައަށް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށް އަޅުގަޑު ޤަބޫލް ކުރަން. ބަޔަކު ކުރާ ފޯނު ކޯލަކުން ނުވަތަ ނެޝިނަލް އެސޯސިއޭޝަނުން ހަދާ ލެޓަރހެޑަކުން ލިޔުން ފޮނުވަނީ ސަމާލްކަން ހޯދުމަށް ކަމަށްވާއިރު މިއަދު ޤައުމުގެ ކޮންމެ ކަމެއް މިދަނީ ފޭރުމާއި، ވައްކަމުގެ ތެރޭންކަން ޤަބޫލްކުރަންޖެހޭ. ފައިސާ ކަނޑައެޅުމާއި، އޮޅުވާލުމަށް ސޮއިނެތް ވައުޗަރ ދޫކުރުމާއި، ސޮއިނެތް ޗެކު ދޫކުރުމާއި، ދަތުރުތަށްކޮށް ބިލްތަކަށް ފައިސާނުދެއްކުމާއި، ޤައުމުގެ އިސްވެރިންގެ ނަން ބޭނުންކޮށް ޝަރަފުވެރި މެހުމާނަކަށް ފަސްޓްލޭޑީ ވަޑައި ގަންނަވަނީ ކަމުގައި ބުނެގަދަބާރުން މުބާރާތް ބޭއްވުމަށް ތައްޔާރު ކުރުވުމަށް ހަދަމުންދާ ބޮޑެތި ދޮގުތަށް ތެދުކޮށް ޤަބޫލް ކުރަންވާނީ އެކަމަކާ ބެހޭ ސަރުކާރުގެ ވުޒާރާއަކުން ލިޔުމެއް ހޯއްދަވައިގެން. ސައްޙަ ނެޝިނަލް ބަށިބޯޅަ އެސޯސިއޭޝަނެއް އުފައްދާފައިވާނަމަ މިކުޅިވަރަށް ދިމާވި ގޮންޖެހުންތަށް ހުއްޓުވުމާއި، މި އެސޯސިއޭޝަންގެ މަސައްކަތް ހުއްޓުވައި ޤާނޫނީގޮތުން ހަމަޔަކަށް އެޅުވުމާއި، ޔޫތުމިނިސްޓްރީއިން ނެރުއްވި ޚަބަރުގައި އެކަން ޢާއްމުކޮށް ރައްޔިތުންނަށް އެންގުމާއި، ރަސްމީ ލިޔުމެއް އެމިނިސްޓްރީއިން ތިޔަފަރާތްތަކުން ހޯއްދަވައިގެން ނޫނީ ފައިސާ ނުދެއްކުމާއި، މިއަދަކީ އެބަޔަކު ބޭނުންގޮތަކަށް ކަންކަން ކުރެވެން އޮތްޒަމާނަކަށް ވެއްޖެކަމުގައި ތިޔަ ފަރާތްތަކުން ޤަބޫލް ކުރައްވަން ޖެހޭނެ. މިއަދު ރައްޔިތުންގެ އަތުން ފައިސާ ދެމުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ހަދަންޖެހޭ ކޮންމެ ދޮގެއް ހަދައިގެން އެދަނީ ރައްރަށުގެ ވެރިންނާ ކުލަބު ޖަމިއްޔާތަކުގެ އިސްވެރިން މޮޔަ ހައްދަމުން އެފައިސާއެއް ނަގަމުން. ޓީމް ރަޖިސްޓްރީ ކުރާ ނަމުގައި އެޓީމެއްގައި އުޅޭ ކުޅުންތެރިންގެ ފޯނު ނަންބަރު ހޯދަމުންދަނީ ސިޔާސީ ކުޅިވަރަކަށް މިކުޅިވަރު ހަދައި ސިޔާސީ ކުޅިގަނޑު ކުޅުވުމަށް. ވީމާ ދަންނަވަމެވެ. އެ އެސޯސިއޭޝަނަކީ ޤާނޫނާ ޤަވާއިދާ ޚިލާފަށް އުފައްދައިގެން ދުނިޔޭގެ ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ކުރުނަން ( އެންބީއޭ) ކިޔައިގެން ސިޔާސީގޮތުން އަންހެނުން ހެއްދުމަށް ވޯޓް ހޯދުމަށް ހިންގާ ޖަރީމާ އަކަށް ވެފައި، މިކުޅިވަރު ޒަމާނީކޮށްގެން 2010 ވަނަ އަހަރުން ފެށިގެން ހިންގަމުން މިއަންނަނީ މި އެސޯސިއޭޝަނުންނެވެ. ވޭތުވެ ދިޔަ 7 އަހަރު މިޖަމިއްޔާ ކުރިމަސައްކަތުން 2015 ވަނަ އަހަރުން ފެށިގެން މުޅިރާއްޖޭގައި ލީގް ޒޯން ބޭއްވުމާއި، އިންޓަރސްކޫލް މުބާރާތް ކަލަންޑަރ ކުރުމާއި، ރާއްޖޭން ބޭރުގައި މިކުޅިވަރު އިންޑިޔާގެ ޓްރިވަންޑްރަމްގައި 2014 ގައި ތަޢާރަފުކޮށް މި ޖަމިއްޔާ އިން ކުރި ބުރަމަސައްކަތުން މިއެސޯސިއޭޝަން ޤާނޫނުގެ ތެރެއިން 2 އަހަރުގެ ތެރޭގައި ނެޝިނަލް މެންބަރުންނަށް ވުމާއި، މި އެސޯސިއޭޝަނުން ކުރިމަސައްކަތުން މިކުޅިވަރު 2015 ގައި ނެޝިނަލް ކުރެއްވި ކަމަށް ޔޫތު މިނިސްޓްރީ އިން ވަރަށް ސާފު ނޫސްބަޔާނެއް ނެރުއްވައި، އަދި މިހާރުވެސް މިކުޅިވަރު ޤަވާޢިދުން ކުރިއަށް ގެންދިޔުމަށް އެމިނިސްޓްރީ އިން ވަނީ މި އެސޯސިއޭޝަނަށް އަންގަވާފަ. އަދި ދަންނަވަމެވެ. އެއްވެސް ޓީމެއް ރަޖިސްޓްރީ ކުރުމަށް ފީނަގަން ނުޖެހޭނެ ކަމާއި، މިކުޅިވަރު ކުރި އެރުވުމަށް ރާއްޖޭގެ 22 އަތޮޅުގައި 1500 އަށް ވުރެ ގިނަ އޮފިޝަލުން ޓްރޭނިންގ ކޮށްފައި ވާނެ. އަދި ބާއްވާ މުބާރާތްތަކުގައި މެޑެއްޔާއި، ތަށިތަކާއި، ރާނީގެ ތާޖާއި، އޮފިޝަލުންނާއި، ސެޓްފިކެޓް މިއެސޯސިއޭޝަނުން ހިލޭ ފޮނުވައި ދެއްވާނެކަން ސައިޓުން އެގެން އޮންނާނެ. އަދި އެސޯސިއޭޝަންގެ ވެބުސައިޓް www.bashiboll.com އާއި، FB ޕޭޖުން (ޒަމާނީ ބަށިބޯލް އެސޯސިއޭޝަން) ޖެއްސެވުމުން ބަށިބޯލް ފައުންޑޭޝަން އޮފްދަ މޯލްޑިވްސްގެ ހުރިހާ މަޢުލޫމާތެއް ލިބިވަޑައި ގަންނަވާނެތީ، މިފަދަ ކަންކަމުން ހޭލުންތެރިވެ ރައްޔިތުންނަށް އޮޅުވާލާ އޮޅުވާލުމުން ތިޔައެންމެ ބޭފުޅުން ވިސްނާ ވަޑައިގެން ކަނބަލުންގެ މިއުވެމުންދާ ކުޅިވަރު ސަލާމަތް ކުރުމަށް ބީއެފްއެމް ނުވަތަ ޒެޑްބީއޭ ވޭތިވެދިޔަ 7 އަހަރު ކޮށްފައިވާ ބުރަމަސައްކަތަށް އެއްބާރުލުން ދެއްވައިގެން މިކުޅިވަރު ދަމަހައްޓަވައި ދެއްވުމަށް އިލްތިމާސް ކުރަން. ދުނިޔޭގެ އެއްވެސް ކުޅިވަރަކަށް ދެޤަވާޢިދެއް ހަދާފައި ނެތުމާއި، އެއްކުޅިވަރެއް ކުރި އެރުވުމަށް ދެ އެސޯސިއޭޝަނެއް ނޯންނާނެކަން ތިޔަ ބޭފުޅުންވެސް ޤަބޫލް ކުރައްވާނެ ކަމުގައި އަޅުގަޑު ޤަބޫލް ކުރަން. ----------------------------------------------------
2016-12-21
ޒަމާނީ ބަށިބޯޅަ ޤަވާޢިދަށް މޮޅު ކުޅުންތެރިން އުފެއްދުމާއި، ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމާއި، ހިލޭސާބަހަށް ޚިދުމަތްކުރުމުގެ ޝައުޤްވެރިކަން އުފެއްދުމާއި، އެކުވެރިކަމާއި އެއްބައިވަންތަކަށް އުފެއްދުމުގެ ގޮތުންނާއި، ޒަމާނުއްސުރެ ދިވެހިން އުފެއްދި ދިވެހި ކުޅިވަރު އާލާކޮށް ކުރިއެރުވުމުގެ މަޤްސަދުގައި 2010 ވަނައަހަރުން ފެށިގެން މި އެސޯސިއޭޝަނުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ވަނީ 2015 ވަނަ އަހަރުން ފެށިގެން މުޅި ރާއްޖެއަށް ލީގް،ޒޯން މުބާރާތްތަށް ކުޅުމަށް ހުޅުވާލާފައެވެ. މިގޮތުން 1 ޖެނުއަރީ 2017 އިން ފެށިގެން 15 ނޮވެމްބަރ 2017 ވަނަ އަހަރު ގެ ނިލަލަށް ލީގް ޒޯންގެ މުބާރާތްތަށް ނޮވެމްބަރ 2017 ގެ ނިޔަލަށް މިވަނީ ހުޅުވާލާފައެވެ. މި މުބާރާތުގައި ލީގް ކުޅުމަށްފަހު އެޒޯނެއްގެ އަތޮޅުތަށް ލީގް ނިމިފައިވާނަމަ ވަގުތުން ޒޯންގައި ވާދަ ކުރުމަށްވެސް މިވަނީ ހުޅުވާލާފައެވެ. ޒޯން ނިމުމުން ގްރޭންޑް ފައިނަލަށް ހޮވޭނީ 9 (ނުވައެއް) ޒޯނުން ކޮންމެ ޒޯނަކުން 2 ޓީމްއެވެ. މިގޮތުން ގްރޭންޑް ފައިނަލުގައި 18 ޓީމް ވާދަކުރާނެ އެވެ. ގްރޭންޑް ފައިނަލް ބާއްވާނެ ތާރީޚް ފަހުން އިޢުލާން ކުރާނެއެވެ. މުބާރާތް ބާއްވާ ފަރާތްތަކަށް އޮފިޝަލުން ފޮނުވައި ދިނުމާއި، ތައްޓާއި، މެޑަލް، އަދި ރާނީގެ ތާޖާއި، ސެޓްފިކެޓް ފޮނުވައި ދެވޭނެއެވެ. މުބާރާތް ބޭއްވުމަށް އެދިލައްވާ ކޮންމެ އަތޮޅަކުން މި އެސޯސިއޭޝަނަށް ލިޔުމަކުން އެންގެވުން މުބާރާތުގައި ދެއްވާނެ މަޢުލޫމާތާއި، އެހީތެރިކަން ސާފުކޮށް ދެއްވާނެއެވެ. އަދި އިތުރު މަޢުލޫމާތު ސައިޓުން ލިބެންހުންނާނެ ކަމުގައި ދަންނަވަމެވެ. 10 ޑިސެމްބަރ 2016
2016-09-03
2016 ވަނަ އަހަރުގެ ޒަމަނީ ބަށިބޯޅައިގެ އަތޮޅުގެ ލީގް މުބާރާތްތަކާއި، ޒޯން މުބާރާތްތައް ބޭއްވުމަށް ދިމާވި ދަތިތަކާއެކު ގިނަ އަތޮޅުތަކުން މުބާރާތް ބޭއްވުމަށް އަހަރުގެ ޑިސެމްބަރ 2016 ގެ ނިޔަލަށް ބޭއްވުމަށް އެދެމުންދާތީ މިއަހަރުގެ އަތޮޅުލީގާއި، ޒޯން މުބާރާތްތަކުގެ ކުޅުން ޑިސެމްބަރ 2016 ގެ ނިޔަލަށް ބޭއްވުމަށް ހަމަޖައްސައިފިކަން ޢާއްމުކޮށް އަންގާ ޢިއުލާން ކުރަމެވެ.
2016-01-25
2016 ލީގް މުބާތް ހުޅުވާލުން ކޮންމެ އަހަރަކުވެސް ބޭއްވުމަށް 2015 ވަނަ އަހަރުން ފެށިގެން ލީގް ޒޯން ބޭއްވުމަށް ހުޅުވާލާފައިވާތީ، މިއަހަރުގެ ލީގް މުބާރާތް ބޭއްވުމަށްވަނީ ހުޅުވާލާފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންހެނުން ދުޅަހެޔޮސިއްޙަތެއްގައި ތިބުމަށާއި، މޮޅުކުޅުންތެރިން އުފެއްދުމާއި، މުބާރާތްތަކުން ވަނަހާސިލް ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމާއި، ހިލޭސާބަހަށް މަސައްކަތްކުރުމުގެ ޝައުޤްވެރިކަން އުފެއްދުމާއި، އެކުވެރިކަމާއި، އެއްބައިވަންތަކަން އާލާކުރުމުގެ ގޮތުން 2015 ވަނަ އަހަރުން ފެށިގެން މިވަނީ އަތޮޅުތަކުގެ ލީގް މުބާރާތް ބޭއްވުމަށް ހުޅުވާލާފައެވެ. މިގޮތުން ފެބްރުއަރީ އިން އޭޕްރީލް 2016 ގެ ނިޔަލަށް ލީގްމުބާރާތް އަތޮޅުގައި ބާއްވައި ހިންގަވައި ދެއްވާނެ ފަރާތްތަކުން އެސޯޝިއޭޝަން އާއި ގުޅުއްވައިގެން ކުރިއަށް ގެންދިޔުމަށް މިވަނީ ފުރުސަތު ހުޅުވާލާފައެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެސޯޝިއޭޝަންގެ www.bashiball.com އާއ، FB އަދި TWITER އަށް ވެންނެވުމުގައި ޒަމާނީ ބަށިބޯލް އެސޯޝިއޭޝަން ޖެއްސެވުމުން މި އެސޯޝިއޭޝަންގެ މަޢުލޫމާތާއި، ދިމާވެފައިވާ އަދި ދިމާވަމުންދާ ގޮންޖެހުންތަކުގެ މަޢުލޫމާތު ވަރަށް ފުރިހަމައަށް ލިބިވަޑައިގަންނަވާނެ ކަމުގައި ދަންނަވަމެވެ.
2016-01-07
ނަންބަރ: 01/2016 ޒަމާނީބަށިބޯޅަ ޤަވައިދަށް ބާއްވާ މުބާރާތަކައް އެސޯޝިއޭޝަންއިން ދެއްވާ ތަކެއްޗާއި ޚިދުމަތް 2016 ވަނަ އަހަރުން ފެށިގެން މިއެސޯޝިއޭޝަނުން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރެއިން ބަށިބޯޅަ ކުރިއެރުވުމުގެ ގޮތުން ބާއްވަވާ ބަށިބޯޅައިތަކަށް މިއެސޯޝިއޭޝަނުން ކަނޑައަޅާ އިނާމު އެފަރާތަކަށް ދޫކުރުން އޮންނާނެއެވެ. މިކަމަށް އެދިލައްވާ ފަރާތްތަކުން މުބާރާތް ބާއްވާތީޚާއި، މުބާރާތް ކުރިއަށް ގެންދާގޮތާއި، ހޮވާ ވަނަތަށް ލިޔުމަކުން 10 ދުވަސްކުރިން އެންގެވުމުން އެފަރާތްތަކަށް ދެއްވާނެ އިނާމާއި، އަދި އަމްޕަޔަރުގެ ޚިދުމަތް ބޭނުން ވާނަމަ ލިބޭނެއިންތިޒާމް ހަމަޖައްސައިދެވޭނެއެވެ. 1- ރަށުފެންވަރުގައި ބާއްވާ މުބާރާތްތަކަށް ވަކި ފެންވަރެއްގެ އިނާމް ކަނޑައެޅިފައި ވެއެވެ. 2- އަތޮޅުފެންވަރުގައި ބާއްވާމުބާރާތްތަކަށް ވަކި މިންގަނޑެއް އިނާމުދިނުމަށް ކަނޑައެޅިފައި ވެއެވެ. 3- އަމްޕަޔަރުން ބޭނުންވާ ފަރާތްތަކުން އެކަން އަންގަވައި ދެއްވުމުން އެއިންތިޒާމްވެސް ހަމަޖައްސައި ދެވޭނެއެވެ. 4- މުބާރާތުގައި ހޮވިވަނަތަކަށާއި އަދި މުބާރާތްބާއްވާ ފަރާތްތައް އަހަރީ އިނާމުދިނުމުގައި ހިމެނޭތީ އެފަރާތްތަކުގެ މަޢުލޫމާތު މުބާރާތް ނިމޭތާ 10 ދުވަހުގެ ތެރޭގައި ފޮނުއްވައި ދެއްވަންވާނެއެވެ. 5- ތަކެތި ހޯދާދިނުމުގައި މި އެސޯޝިއޭޝަންގައި ރަޖިސްޓްރީކޮށްފައިވާ ޓީމްތަކަށް އިސްކަން ދެވޭނެކަމުގައި ދަންނަވަމެވެ. ވީމާ، މިއީ ދާއިމީކޮށް ދެމުންގެންދާނެ ޚިދުމަތެއްކަމުން މުބާރާތްތަކުގެ ވަނަތަށް ޙާސިލްކުރާ ފަރާތްތަކާއި، ވާރކްޝޮޕްތައް ހިންގަވާ ފަރާތްތަކާއި، ފޯކަލްޕޮއިންޓްތަކުން ކުރައްވާ ބުރަމަސައްކަތްތަށް މިއެސޯޝިއޭޝަންއާއި އަންގަވަމުން ގެންދަވާ ފަރާތްތަކަށް އެއަހަރެއްގެ ތެރޭގައި ކުރައްވާ މިފަދަ ޚިދުމަތްތަށް ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތުގައި އެފަރާތްތަށް ހޮވައި އިނާމާއި، ސެޓްފިކެޓް ދިނުން ޖެހިގެން އަންނަ އަހަރު އޮންނާނެ ކަމުގައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ވެބްސައިޓް www.bashiball.com އަދި FB ، @Bashiball_2010 twiter އިން ޒަމާނީ ބަށިބޯލް އެސޯޝިއޭޝަން އަށް ވެންނެވުމުންނާއި، 9138222، 9794199 ފޯނުއިން މަޢުލޫމާތު ލިބިވަޑައި ގަންނަވާނެކަމުގައި ދަންނަވަމެވެ. 07 ޖެނުއަރީ 2016 -----------------------------------------------
2015-10-14
މި އެސޯޝިއޭޝަންގެ ފެރާތުން ރާއްޖޭގެ އަތޮޅުތަކަށް އަމާޒުކޮށްގެން ހިލޭ ހިންގަމުންދާ ކޯޗިންގ ކޭމްޕާއި، އޮފިޝަލުން ޓްރޭން ކުރުމުގެ ސެޓްފިކެޓް ދޫކުރެވޭ މި ވާރކްޝޮޕް ހިންގުމަށް ބޭނުންވާ ރަށްރަށުންނާއި، އަދި ޓީމްތަށް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ހިލޭފުރުސަތުގެ ތެރޭގައި މިކަމަށް އެދިލައްވާ ފަރާތްތަކުން މިއެސޯޝިއޭޝަންގެ ތިރީގައިވާ ނަންބަރުތަކާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމާއި، އަދި މިކަމަށް އެދިލައްވާ ފަރާތްތަކުން ގުޅުއްވަމުން ގެންދެވުން އެދެމެވެ. ގުޅުއްވާނީ 9794199 އާއި އެވެ.
2015-10-14
މި އެސޯޝިއޭޝަންގެ އަހަރުގެ އެންމެފަހު ޢާއްމު މެންބަރުންގެ ޖަލްސާ 05 ނޮވެމްބަރ 2015 ވާ ބުރާސްފަތި ދުވަހުގެރޭ 9.00 ގައި މ. މާފަންނު ކަރޭޖްގައި އޮންނާނެއެވެ. މިޖަލްސާގައި ކޮމެޓީތަކުގެ މަޤާމްތަކަށް ކުރިމަތިލި މެންބަރުން މަޤާމްތަކަށް ހޮވުން އޮންނާނެއެވެ. 04 އޮކްޓޯބަރ 2015
2015-10-02
ސެޕްޓެމްބަރ 28 ވަނަ ދުވަހު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، އެމްޑީއޭގެ ލީޑަރ އަދި ނާއިބު ލީޑަރއާއި، ގިނަ ބޭފުޅުންތަކެއް ދަތުރުކުރި ލޯންޗްއަށް ދިމާވި ހާދިސާގައި މެޑަމް ފާތުމަތު އިބްރާހީމްގެ ހަށިކޮޅަށް ލިބުނު ބޮޑެތި ގެއްލުންތަކާއި، އެތައްބަޔަކަށް ދިމާވި މިހާދިސާގެ ސަބަބުން ލިބުނު ގެއްލުންތަށް ކުއްވެރި ކުރަމެވެ. އަދި ﷲގެ އިރާދަފުޅުން ފުރާނައަށް ގެއްލުމެއް ނުލިބި ހުރިހާބޭފުޅުން ސަލާމަތްވެ ވަޑައިގެންނެވީތީ ﷲ އަށް ޙަމްދުކުރަމެވެ. ﷲގެ ހެޔޮރަޙްމަތުގައި ލައްވައި މެޑަމްފާތުމަތު އިބްރާހީމްއަށް ފުރިހަމަ ސިއްޙަތެއްދެއްވުން އެދި ދުޢާދަންނަވަމެވެ.
2015-10-01
ބީއެފްއެމްގެ އަތޮޅުލީގް ޒަމާނީ ބަށިބޯޅަ މުބާރާތް 2015 2015 ވަނަ އަހަރު ހުޅުވާލި އަތޮޅުލީގް – ޒަމާނީ ބަށިބޯޅަ މުބާރާތުގެ ކުޅުން ފައިނަލްގައި ޖެހުނު މައްސަލައާއި ގުޅިގެން އެބުމާރާތުގެ ކުޅުން ވަނީ ހުއްޓާލަން ޖެހިފައެވެ. މިގޮތުން 5 ވަނަޒޯންގެ ކުޅުން (ވ.މ.ފ.ދ) މި އަތޮޅު ތަކުގެ ޓީމްތަކުގެ ކުޅުން އަލުން ބޭއްވުމަށް މިހާރު ދަނީ އެޒޯންގައި ތައްޔާރީތަށް ވަމުންނެވެ. މިއަހަރުގެ ޒޯންގައި ވާދަކުރި ޓީމްތަކުގެ ތެރޭގައި ގްރޭންޑް ފައިނަލަށް ހޮވުނު 9 ޒޯންގެ 9 ޓީމްގެ ކުޅުން ޑިސެމްބަރ މަހުގައި ބޭއްވުމުގެ ތައްޔާރީތަށް މިދަނީ ކުރަމުންނެވެ. މިގޮތުން ޒޯންތަކުގައި ބައިވެރި ހޮވިފައިވާ ޓީމްތަކަށް މިހާރުވަނީ ޓީމްތަކުގެ ކުޅުން އޮންނާނެ ދުވަސްވަރު ކަނޑައަޅައި، އެޒޯނެއްގެ ފޯކަލްޕޮއިންޓް ތަކަށް އަންގާފައެވެ.
2015-07-15
ކުޑަ ޢީދުގައި ބޭއްވުމަށް ކުރިން ރާވާފައިވާ " އިންޓަރއޮފީސް – ޒަމާނީ ބަށިބޯޅަ މުބާރާތް 2015 " ބޭއްވުން މިހާރުވަނީ ކުޑަކޮށް ލަސްކޮށްލާފައެވެ. މިނިވަން 50 ގެ ކުޅިވަރުތަކުގެ ހަރަކާތްތަށް ހިންގަމުންދާ މިދުވަސްވަރު މި މުބާރާތް ބޭއްވުން ލަސްކޮށްލުމަކީ މިނިވަން50ގެ އޮފީހުގެ ލަފާކަމުންނާ އަދި ހަރޯދަޔަކީ ރަމަޒާންމަހުގެ އަޅުކަމުގެ ތެރޭގެ ބައެއްހިމެނޭ ދުވަސްވަރުކަމުން އޮފީސްތަކުންވެސް ލަސްކޮށްލުމަށް އެދިވަޑައިގެންފައިވުމުން އިންޓަރސްކޫލް މުބާރާތަށް ފަހު އޮފީސް މުބާރާތް ބޭއްވުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމުގައި ދަންނަވަމެވެ. އަދި ގިނައަދަދެއްގެ އޮފީސްތަކުން ބައިވެރިވެފައިވާތީ ސަރުކާރުގެ އޮފީސްތަކުން ދެއްވި އެއްބާރުލެއްލުވުމަށް މަރުޙަބާ ދަންނަވައި ސެޕްޓެމްބަރ މަހުގައި ބާއްވާ އޮފީސްމުބާރާތަށް އޮފީސްތަކުން ތައްޔާރުވަމުން ގެންދެވުމަށް ދަންނަވަމެވެ. ވީމާ ބައިވެރިވާ ފަރާތްތަކުން މަޢުލޫމާތު ހޯއްދެވުމަށް 9794199، 9994466 އާއި ގުޅުއްވައިގެން ކުރިއަށް ދެއްވުމަށްވެސް ދަންނަވަމެވެ.
2015-06-14
ދިވެހިންގެ ސަޤާފީ ކުޅިވަރު ޒަމާނީ ބަށިބޯޅައިގެ އަތޮޅުލީގް- ޒަމާނީބަށިބޯޅަ 2015 ނިމިގެން ޒޯންތަކުގައި ޓީމްތަށް ކުޅުމަށް ހަމަޖައްސާފައިވަނީ 17 ޖުލައި އިން 16 އޯގަސްޓް 2015 އަށް އަށެވެ. މުބާރާތުގެ ކުޅުން އެޒޯނެއްގައި ހިންގައިދިނުމަށް ޝައުޤްވެރިވާ ފަރާތްތަކަށް ބީއެފްއެމްގެ ޤަވާޢިދުތަކާއި، ޒޯންގެ ޤަވާއިދާ އެއްގޮތަށް ހިންގައިދީ ބަލަހައްޓާނެ ފަރާތަކަށް މުބާރާތް ހިންގުމަށް ދޫކޮށްލުމަށް ވަނީ ނިންމާފައެވެ. ވީމާ، މިކަމަށް ޝައުޤްވެރިވާ ޒޯންތަކުގެ ޖަމްޢިއްޔާތަކާއި، ކައުންސިލްތަކާއި، އަތޮޅުކައުންސިލް ތަކުން 9 ޖުލައި 2015 ވަނަ ދުވަހުގެ 15.00 ގެކުރިން ބީއެފްއެމް އަށް އަންގަވައި ދެއްވުން އެދެމެވެ. ވީމާ ބައިވެރިވާ ފަރާތްތަކުން މަޢުލޫމާތު ހޯއްދެވުމަށް 9794199، 7762560، 9994466 އާއި ގުޅުއްވައިގެން ކުރިއަށް ގެންދެވުމާއި، ބީއެފްއެމްގެ ވެބްސައިޓުން މަޢުލޫމާތު ހޯއްދެވުމަށް ދަންނަވަމެވެ.
2015-06-13
އިންޓަރއޮފީސް މުބާރާތް –ޒަމާނީ ބަށިބޯޅަ 2015 " ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. މުބާރާތުގެ ކުޅުން އޮންނާނީ ހަރޯދަ ޢީދުގެ ބަންދުގެތެރޭގައެވެ. މުބާރާތުގެ ކުޅުން 2 ދުވަހަށްވުރެ ދިގުވެގެން ނުދާނެއެވެ. މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް އޮފިޝަލުން ފޮނުވައި ދިނުމުގެ ޚިދުމަތް ބީއެފްއެމްގެ ފަރާތުން ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. ވީމާ ބައިވެރިވާ ފަރާތްތަކުން މަޢުލޫމާތު ހޯއްދެވުމަށް 9794199، 7762560، 9994466 އާއި ގުޅުއްވައިގެން ކުރިއަށް ގެންދެވުމާއި، ބީއެފްއެމްގެ ވެބްސައިޓަށް ވަންނަވައި ބައިވެރިވުމަށް ޓީމްލިސްޓާއި، ފޯރމް 12 ޖުލައި 2015 ވަނަ ދުވަހުގެ 15.00 ގެ ކުރިން ފޮނުއްވައި ދެއްވުމަށް ދަންނަވަމެވެ.
2015-06-13
މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން ކުރިން ބޭއްވުމަށް ކަނޑައެޅުއްވި ތާރީޚްގައި ނުބޭއްވި ފަސްކުރެވިފައިވާ " އިންޓަރ ސްކޫލް – ޒަމާނީ ބަށިބޯޅަ މުބާރާތް 2015" މެދުޓާމް ބުރޭކްގައި (ސްކޫލް ބަންދުގައި) 30 އޯގަސްޓް އިން 4 ސެޕްޓެމްބަރ 2015 އަށް މާލޭގައި ބޭއްވުމަށް މިހާރު ވަނީ ހަމަޖައްސާފައެވެ. މިއީ ދިވެހިރާއްޖޭގައި މިކުޅިވަރުގެ އިންޓަރސްކޫލް ބޭއްވޭ ފުރަތަމަ އަހަރުކަމުން ބައިވެރިވާ ސްކޫލްތަކަށް ކޮންމެވެސް މިންވަރެއްގެ އެހީތެރިކަމެއް އެޑިއުކޭޝަންގެ ފަރާތުންނާއި، އަދި މި ޖަމްޢިއްޔާގެ ފަރާތުން ވުމަށްވެސް ވަނީ ނިންމާފައެވެ. ވީމާ ބައިވެރިވާ ފަރާތްތަކުން މަޢުލޫމާތު ހޯއްދެވުމަށް 9794199، 7762560، 9994466 އާއި ގުޅުއްވައިގެން ކުރިއަށް ގެންދެވުމާއި، ބީއެފްއެމްގެ ވެބްސައިޓަށް ވަންނަވައި ބައިވެރިވާ އުމުރުފުރާތަކުގެ ޓީމްލިސްޓާއި، ފޯރމް 20 އޯގަސްޓް 2015 ވަނަ ދުވަހުގެ 15.00 ގެ ކުރިން ފޮނުއްވައި ދެއްވުމަށް ދަންނަވަމެވެ.
2015-05-20
މާލޭސިޓީގައިބާއްވާ މިނިވަން50 - ޒަމާނީ ބަށިބޯޅަ މުބާރާތް 2015 މާލޭސިޓީއަށް ހުޅުވާލައިގެން މިނިވަން 50ފާހަގަ ކުރުމަށް ބާއްވާ ޒަމާނީ ބަށިބޯޅަ މުބާރާތް ، ބީއެފްއެމް އާއި ހުޅުމާލެ އަންހެނުންގެ ޖަމްޢިއްޔާ އާއި، ހުޅުމާލޭ ޕޮލިސްއާއި ގުޅިގެން ހުޅުމާލޭގައި ޖޫންމަހުގެ 3 ން 6 ބޭއްވުމަށް ވަނީ ހުޅުވާލާފައެވެ. މި މުވާބާރާތުގައި ބައިވެރިވާ ފަރާތްތަކުން 9794199،9138222،7762560 އާއި ގުޅުއްވައިގެންނާއި، ބީއެފްއެމްގެ ވެބްސައިޓް www.bashiball.com އިން މަޢުލޫމާތު ހޯއްދެވުމަށް ދަންނަވަމެވެ.
2015-05-18
ދިމާވި ސަބަބުތަކަކާހުރެ ކުޅުންތެރިންގެ އެދުމުގެމަތިން ގދ، އާއި، އައްޑޫސިޓީގެ ޓީމްތަށް ބައިވެރިވުމަށް އިތުރަށް ފުރުސަތު ދިނުމަށް އެދިފައިވާތީ މިމަހުގެ މެއި 25 ވަނަ ދުވަހުގެ 14.00 އަށް އިތުރަށް ލީގުގައި ބައިވެރިވާ ޓީމްތަކަށް ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާފައިވާ ވާހަކަ ދަންނަވަމެވެ. ވީމާ ބައިވެރިވާ ފަރާތްތަކުން މަޢުލޫމާތު ހޯއްދެވުމަށް 9794199، 7762560 އާއި ގުޅުއްވައިގެން ކުރިއަށް ގެންދެވުމާއި، ބީއެފްއެމްގެ ވެބްސައިޓަށް ޓީމްލިސްޓް ފޮނުއްވައި ދެއްވުމަށް ދަންނަވަމެވެ.
2015-05-13
އޮފިޝަލުންނާއި، ކޯޗުން ތައްޔާރު ކުރުމުގެ ވާރކްޝޮޕެއް ޖޫން މަހުގެ 2،3،4 މި 3 ދުވަހު މާލޭގައި ބޭއްވުމަށް ވަނީ ހުޅުވާލާފައެވެ. މިއީ މާލޭގައި ހިންގާ އޮފިޝަލުން ޓްރޭން ކުރުމުގެ 3 ވަނަ ވާރކްޝޮޕެވެ. އަދި މިވާރކްޝޮޕްގެ ތެރޭގައި އަލަށް ކޯޗުން ޓްރޭން ކުރުމުގެ ވާރކްޝޮޕެއް ހިންގުމަށް ވަނީ ހަމަޖައްސާފައެވެ. ޒަމާނީ ބަށިބޯޅައިގެ ކޯޗުކަން ކުރަން ބޭނުންވާ ފަރާތްތަކުންނާއި، އަދި މުބާރާތްތަކުގައި އޮފިޝަލުކަން ކުރާފަރާތްތަކަށް ހުޅުވާލައިގެން ހިންގާ މިވާރކްޝޮޕްއަކީ ހިލޭ ބީއެފްއެމް އިން ހިނގާ ވާރކްޝޮޕެކެވެ. ވީމާ ބައިވެރިވާ ފަރާތްތަކުން މަޢުލޫމާތު ހޯއްދެވުމަށް 9794199، 7762560 އާއި ގުޅުއްވައިގެން ކުރިއަށް ގެންދެވުމަށް ދަންނަވަމެވެ.
2015-05-02
ކުޅުންތެރިންނާއި، އޮފިޝަލުންގެ ގެންނަންބޭނުންވި އިސްލާޙާއެކު ކުޅުމުގެ ޤަވާއިދު 2010 ވަނަ އަހަރުން ފެށިގެން ޒަމާނީ ބަށިބޯޅަ ޤަވާއިދު ނެރި އެޤަވާޢިދު ޢަމަލު ކުރަމުން ދަނިކޮށް ބައެއް މާއްދާތަކަށް ގެނެސްފައިވާ އޮޅުވާލުން ތަކުގެ ސަބަބުން 2015 ވަނަ އަހަރު ޒަމާނީ ބަށިބޯޅައިގެ ޤަވާއިދަށް ގެނެސްފައިވާ ބަދަލުތަށް އިސްލާޙް ކުރުމަށްފަހު ޖެނުއަރީ 2015 ގައި ޤަވާއިދު ނެރިފައިވާނެއެވެ. އަދި އެޤަވާއިދުގެ އެބަދަލު ތަކުގެ ތެރެއިން ކުޅުންތެރިންނާއި، އޮފިޝަލުންނަށް މުބާރާތް ބެލެހެއްޓުމަށް ދަތިތަކެއް ހުރިކަމަށް ފެންނަ ބައެއް ބަދަލު އަދި ލީގު މުބާރާތް ހުޅުވާލިއިރު ކުޅުންތެރިންނަށް ފަރިތަ ނުކުރެވި މުބާރާތުގައި ކުރިއަށްދާން ޖެހުމާއެކު އޮފިޝަލުންނާއި، ކުޅުންތެރިންގެ މެދުގައި އިސްލާހު ކުރުމުން ރަގަޅު ކަމަށް ފެންނަ ބަދަލުތަށް ލީގު މުބާރާތުގެ ކުރިން ރަގަޅުކުރަންޖެހޭތީ 28 އެޕްރީލް 2015 ގައި މިހާރުވާނީ ބަށިކުޅުމުގެ ޤަވާއިދު ވެބްސައިޓުން ފެންނާނެގޮތަށް ނުވަތަ ޑައުންލޯޑްކޮށް ނެގޭނެގޮތަށް އެންމެ ފަހުގެ އިސްލާޙްތަކާއެކު ހަމަޖައްސާފައެވެ. އަދި މެޗްތަކުގައި ބޭނުންކުރާ ހުރިހާ ލިޔުންތަށްވެސް މިހާރު ވެބްސައިޓުން ލިބެންހުންނާނެއެވެ. މީގެ ފަހުން ބަށިބޯޅައިގެ ކުޅުންތެރިން މިޤަވާޢިދަށް ކުޅުމާއި، ކުޅުމުގެ ތެރެއިން އަނިޔާ ލިބޭގޮތްގޮތުން ދުރުވުމަށް ކުޅުންތެރިން މަސައްކަތް ކުރެއްވުމަށް ސަމާލުވުމަށް ދަންނަވަމެވެ. މިސާލަކަށް( އަންގިލައްވައިގެން ކުޅުމާއި، އުސްފިލާގަނޑަށް އަރައިގެން ނުކުޅުމާއި، ބުޑުމަސްގަނޑުގައި ރެކެޓުން ނުޖެހުމާއި، ފިލާގަނޑުމަތިން ދެފައިއެއްކޮށް އުފުލައި މައްޗަށް ނޭރުން،ބިންމަތީގައި ދެފައިވަށްކޮށް ނުވަތަ ދެފައިމައްޗަށް ބިންމަތީގައި އިށީދެގެން އިދެ ބޯޅަހިފުން) މިފަދަ އަނިޔާލިބޭނެ ކަންކަމުން ދުރުވުމާއި، ކަންކަމުން ދުރުހެލިވެގެން ކުޅުންފަރިތަ ކުރަމުން ގެންދިޔުމަށް ދަންނަވަމެވެ.
2015-04-21
ލީގާއި ޒޯން މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން އަތޮޅުތަކުން ކޯޗުންނާއި، އޮފިޝަލުން ތަމްރީނުކުރުމަށް ބީއެފްއެމްއާއި ގުޅިގެން ބޭއްވިގެންދާ ވާރކްޝޮޕެތައް. ފ. އަތޮޅަށް ހުޅުވާލެވިގެން މިމަހުގެ 23 ން 25 އަށް ކޯޗުންނާއި، އޮފިޝަލުން ތަމްރީމް ކުރުމުގެ ވާރކްޝޮޕެއް ފ. ނިލަންދޫގައި އަތޮޅު ކައުންސިލާއި، ޔޫތުސެންޓަރ އާއި ގުޅިގެން ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. އައްޑޫ ސިޓީގެ ހުރިހާ ދާއިރާއަކަށް އަމާޒުކޮށްގެން މިމަހުގެ 30 ން މެއި 3 އަށް ކޯޗުންނާއި، އޮފިޝަލުން ތަމްރީނުކުރާ ވާރކްޝޮޕެއް އައްޑޫސިޓީގެ އަންހެނުންގެ ކޮމެޓީއާއި ބީއެފްއެމްއާއި ގުޅިގެން ބޭއްވުމަށް ވަނީ ނިންމާފައެވެ. މިވާރކްޝޮޕްތަށް ބީއެފްއެމްއާއި ގުޅިގެން ހުޅުވާލާފައި ވަނީ ހިލޭ ފުރުސަތެއްގެ ގޮތުގައެވެ. ވީމާ ބައިވެރިވާ ފަރާތްތަކުން މަޢުލޫމާތު ހޯއްދެވުމަށް 9794199،7717241 ، 7933453 އާއި ގުޅުއްވާ މަޢުލޫމާތު ހޯއްދެވުމަށް ދަންނަވަމެވެ.
2015-03-31
ފާދިއްޕޮޅު ހިންނަވަރުގައި ހުންނަ ބީއެފްއެމްގެ ފޯކަލްޕޮއިންޓް ގެ ދަޢުވަތަކަށް މުޅިއަތޮޅަށް އަމާޒުކޮށްގެން ޅ. ހިންނަވަރުގައި އޮފިޝަލުން ޓްރޭނިންގ ކުރުމުގެ ވާރކްޝޮޕެއް ހިންގުމާއި، ކުޅޭކުޅުންތެރިންނަށް މަޢުލޫމާތު ދިނުމަށް އޭޕްރީލް 2 ން 4 އަށް ވަނީ ހުޅުވާލާފައެވެ. މީ ހިލޭފުރުސަތަކަށްވެފައި ވާރކްޝޮޕްގައި ބައިވެރިވާ ފަރާތްތަކުން ހިންނަވަރަށް ވަޑައިގެން ދެއްވުމަށް ދަޢުވަތު އަރުވަމެވެ. އަދި ފާދިއްޕޮޅުގައި އޮފިޝަލުންގެ ވާރކްޝޮޕް ފުރިހަމަކުރައްވާ ސެޓްފިކެޓް ލިބިވަޑައިގެން ތިއްބެވި ހުރިހާ އޮފިޝަލުންނާއި، ޕާދިއްޕޮޅުގައިވާ ބީއެފްއެމްގެ ފޯކަލް ޕޮއިންޓްތަކުން މިވާރކްޝޮޕްގައި ބައިވެރިވުމަށްވެސް ދަޢުވަތު އަރުވަމެވެ.
2015-03-15
ލީގާއިޒޯންގައި ބައިވެރިވުމަށް ބަށިބޯޅަ ކުޅުންތެރިންނަށް ހުޅުވާލި ފުރުސަތުގައި ކޮންމެ އަވަށަކާއި، ކޮންމެ ރަށެއްގައި އޮންނަ ހުރިހާ ޓީމަކުން ލީގަށް ކުޅުމަށް މިވަނީ ފުރުސަތު ހުޅުވާލާފައެވެ. އަދި އެރަށަކުން ނުވަތަ އަވަށަކުން ހުރިހާ ޓީމު ކުޅުމުގެ ބަދަލުގައި އެއްޓީމް ނަގާ އަތޮޅުގައި ކުޅޭ ލީގުމުބާރާތުގައި އެރަށަކުން ނުވަތަ އަވަށަކުން ބައިވެރިކުރުމަށްވެސް ފުރުސަތު ހުޅުވާލެވިފައި ވެއެވެ. މި ދެގޮތަށްވެސް ފުރުސަތު ހުޅުވާލަން ޖެހުނީ ގިނަ ކުޅުންތެރިންނަށް ކުޅުމަށް ފުރުސަތު ފުޅާކޮށްދިނުމަށް ކުޅުންތެރިން އެދެމުން ދިޔުމާއިއެކު ބައިވެރިވާން ބޭނުން ކޮންމެ ޓީމަކަށްވެސް އެފުރުސަތު ތަނަވަސްކޮށްދިނުމުގެ ބޭނުމުގައެވެ. ލީގު މުބާރާތް ތަކުގައި ޓީމްތަށް ބައިވެރިކުރެވޭނީ ބީއެފްއެމްގައި ނަންރަޖިސްޓްރީ ކުރުމަށްފަހު އެވެ. ޓީމް ރަޖިސްޓްރީ ކުރުމަށް ފީދެއްކުމުގެ ފުރުސަތު ވަނީ ޑިސެމްބަރ 2015 އާއި ހަމައަށް އިތުރުކޮށްފައެވެ. އަދި ލީގަށް ނިކުންނަ ޓީމްތަކުގެ ޓީމްލިސްޓް މާރޗްމަހުގެ 28 ވަނަދުވަހުގެ 15.00 ގެކުރިން ބީއެފްއެމްގެ އޮފީހަށް ހުށަހެޅުމާއި، އަދި މެއިލް ކުރުމަށް ވަނީ ހުޅުވާލެވިފައެވެ. އަދި އަތޮޅުތަކުގައި ލީގް މުބާރާތް ބީއެފްއެމްގެ ފޯކަލްޕޮއިންޓެއް ހުންނަ ރަށެއްގައި ބޭއްވުމަށް ކަނޑައަޅުއްވާނީ އެއަތޮޅެއްގެ އަތޮޅު ކައުންސިލްގެ އިދާރާއިންނެވެ.
2015-03-11
ރާއްޖޭގައި ސިޔާސީ ހަލަބޮލިކަން ބޮޑުދުވަސްވަރަކަށް ވުމާއެކު މާލޭގައި މާރޗް 20 ން 26 އަށް ބޭއްވުމަށް ހަމަޖައްސާފައިވާ "ޒަމާނީ ބަށިބޯޅަ – އޮފީސްމުބާރާތް 2015 " ރޯދައިގެ ފަހުން ބޭއްވުމަށް އެމުބާރާތް މިވަނީ ލަސްކޮށްލަންޖެހިފައެވެ. މަގުމަތީގެ ހަރަކާތްތަށް އޮންނަ މިދުވަސްވަރު މި މުބާރާތް ބޭއްވުމަށް ދަތިތަކެއް ހުރުމުން މިހާރުވަނީ އޮފީސް މުބާރާތް ރޯދައިގެ ފަހުން ބޭއްވުމަށް ހަމަޖައްސާފައެވެ.
2015-03-10
ކ. ގުރައިދޫ ފޯކަލްޕޮއިޓް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާކޮމެޓީއާއި، ބީއެފްއެމް އާއި ގުޅިގެން އޮފިޝަލުން ޓްރޭން ކުރުމުގެ ކޯހެއް 12 އިން 15 އަށް ގުރައިދޫގައި ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. މިގޮތުން މިވާރކްޝޮޕްގައި ކ.އަތޮޅުގެ ރަށްތަކުން ބައިވެރިވުމުގެ ފުރުސަތުވަނީ ހިލޭހުޅުވާލާފައެވެ. މަޢުލޫމާތު ހޯއްދެވުމަށް 9794199 އާއި ގުޅުއްވައިގެން ކުރިއަށް ގެންދެވުމަށް ދަންނަވަމެވެ.
2015-03-10
ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބީއެފްއެމްއާއި، ތާޖުއްދީނު ސްކޫލްގެ ޕޭރަންޓްސްގެ މެދުގައި 8 މާރޗް 2015 މިއަދު ހަވީރު 16.00 ގައި ތާޖުއްދީން ސްކޫލްގެ ހޯގިތެރޭގައި އެކުވެރިކަމުގެ ބަށިބޯޅަ މެޗެއް ކުޅެވިފައި ވެއެވެ. މިއީ މިއަދު ސްކޫލްތަކުގެ ޕޭރަންޓްސް މިކުޅުމަށް ޝައުޤްވެރިކަން ދެއްވާމިންވަރާއި، އިންޓަރސްކޫލްގެ މުބާރާތްތަކަށް ލިބިގެންދާނެ ކުރިއެރުމެއްކަމުގައި ދެކެމެވެ.
2015-02-22
"އިންޓަރ ސްކޫލް - ޒަމާނީބަށިބޯޅަމުބާރާތް 2015 " ހުޅުވުން މާދަމާ 23 ފެބްރުއަރީ 2015 ދުވަހުގެ 4.30 ގައި ހެންވޭރު ދަނޑުގައި އޮންނާނެއެވެ. މާދަމާގެ މެޗްގައި ބައްދަލު ކުރާނީ 16 އަހަރުން ދަށުގެ 2 ޓީމެވެ. އެއީ ހުރާ ޓީމަކާއި، ފ. ފީއަލީ ޓީމެކެވެ. މާދަމާ އަށް ފަހު މި މުބާރާތުގެ ކުޅުން އޮންނާނީ އަންނަ މެއިމަހު އެވެ. ސްކޫލްތަކަށް ފުރުސަތު އިތުރުކުރުމުގެ ގޮތުން މި މުބާރާތުގެ ކުޅުން ފެށޭދުވަސް އަނެއްކަ އިޢުލާންކުރާނެއެވެ. އިތުރަށް އޭޖްގުރޫޕްތަކުން ބައިވެރިވުމަށް ފުރުސަތު ހުޅުވާލުމަށް ވަނީ ނިންމާފައެވެ.
2015-02-22
ކޯރޑިނޭޓަރުންގެ ކޮމެޓީއެއް އުފެއްދުމަށް ނިންމާފައިވަނީ ލީގްޒޯން ފެށުމުން އެއަތޮޅެއްގައި ހުންނަވާ ކޯޑިނޭޓަރ ލީގާއި ޒޯން ކުރިއަށްދާ ގޮތާއި، ފޯކަލްޕޮއިންޓްތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލައި މިކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކޮށްދެއްވާނެ ޓީމެއްގެ ގޮތުގައި އެޓީމް އުފެއްދުން ކަމަށްވާތީ، އަދިވެސް ފުރުސަތު މިވަނީ އިތުރުކޮށްފަ. މިގޮތުން ކޮންމެ އަތޮޅަކަށް ކޯޑިނޭޓަރއެއް ކަނޑައަޅަން ނިންމާފައިވާތީ އެކަން ކޮށްދެއްވާނެ ފަރާތްތަކުން 1 އޭޕްރީލްގެ ކުރިން އެބޭފުޅެއްގެ މަޢުލޫމާތު އަންގަވައި ދެއްވުމަށް ދަންނަވަމެވެ.
2015-02-22
ޒަމާނީ ބަށިބޯޅައިގެ އޮފިޝަލުން ޓްރޭންކުރުމުގެ ހިލޭފުރުސަތެއް ވަރަށް ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން 2 ވަނަ ބުރެއް އަނެއްކަވެސް ފައްޓަނީ. ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން ބައިވެރިވުމުގެ ފުރުސަތު މިވަނީ ހުޅުވާލާފަ. މި ވާރކްޝޮޕް އޮންނާނީ 20،21،22 މި3 ދުވަހު މާލޭގައެވެ. ބައިވެރިވާ ފަރާތްތަކުން 15 މާރޗް 2015 ގެ ނިޔަލަށް ގުޅޭނެ ނަމާއި، ފޯނު ނަންބަރު އެސްއެމްއެސް އަކުން ނުވަތަ މޭލްއަކުން ބީއެފްއެމް އަށް ފޮނުއްވައި ދެއްވުމަށް ދަންނަވަމެވެ.
2015-02-18
"ޒަމާނީބަށިބޯޅަ - އިންޓަރސްކޫލް މުބާރާތް 2015" މިމަހުގެ 23 ން 28 އަށް މާލޭގައި އޮންނާނެއެވެ. މިއީ ރާއްޖޭގައި އަލަށް ބޭއްވޭ ބަށިބޯޅަ ސްކޫލްތަކަށް ހުޅުވާލެވުނު އަހަރެވެ. ކުޅުން އޮންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 16.00 ގައި ހެންވޭރު ދަނޑުގައެވެ. މި މުބާރާތުގައި ބައިވެރިވެފައިވަނީ 12 އަހަރުން ދަށާއި، 16 އަހަރުން ދަށުގެ ސްކޫލް ކުދިންނެވެ.
2015-02-18
15 މާރޗް 2015 ވަނަ ދުވަހުގެރޭ 9.30 ގައި ބީ.އެފް.އެމްގެ އަހަރީ ޖަލްސާ މާފަންނު މަދަރުސާގައި އޮންނާނެއެވެ. މިޖަލްސާއަށް ވަޑައިގެން ދެއްވުމަށް ބީ.އެފް.އެމްގެ ހުރިހާ މެންބަރުންނަށް ދަޢުވަތު އަރުވަމެވެ.
2015-02-15
މި އަހަރުގެ މާރޗް 19 އިން 26 އާއި ދެމެދު އޮފީސްމުބާރާތް "ޒަމާނީބަށިބޯޅަ- އޮފީސްމުބާރާތް 2015" މިނަމުގައި މުބާރާތްވަނީ ހުޅުވާލާފެވެ. މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން މާރޗް 15 ވަނަ ދުވަހުގެ 15:00 ގެ ކުރިން ބީއެފްއެމް ގެ އޮފީހަށް ފޯރމް ހުށަހަޅަންވާނެއެވެ. މުބާރާތުގެ ފޯރމް ވެބްސައިޓުން ލިބެންހުންނާނެއެވެ. އަންނަ ފަރާތްތަކަށް އިނާމާއި ސެޓްފިކެޓް ދިނުންވެސް އޮންނާނެއެވެ.
2015-02-10
ގދ. ވާދޫ ކައުންސިލް އިދާރާއާއި، ބީއެފްއެމް އާއި ގުޅިގެން ވާދޫގައި މިމަހުގެ 19،20،21 ގައި ބަށިބޯޅައިގެ އަމްޕަޔަރުން ޓްރޭންކުރުމަށް ހިލޭ ފުރުސަތެއް ބޭއްވުމަށްވަނީ ހުޅުވާލާފައެވެ. މިކޯހުގައި ބައިވެރިވާން އެދޭފަރާތްތަކުން ބީއެފްއެމްގެ ފޯކަލްޕޮއިންޓް ވާދޫކައުންސިލްއިދާރާ 9918119 އާއި ގުޅުއްވައިގެން މަޢުލޫމާތު ހޯއްދަވާ މިކޯހުގައި ބައިވެރިވުމަށް އެދިލެއްވުމަށް ދަންނަވަމެވެ.
2015-02-04
އަމްޕަޔަރ ޓްރޭނިންގ ޕްރޮގްރާމް: ކ. ހުރާ ގދ. ހޯޑެއްދޫ އާއި ބީއެފްއާއި ގުޅިގެން ފެބްރުއަރީ 5،6،7 މި 3 ދުވަހު ޒަމާނީބަށިބޯޅައިގެ އަމްޕަޔަރުން ޓްރޭންނިންގ ކުރުމުގެ ވާރކްޝޮޕެއް ހުރާ އަދި ގދ. ހޯޑެއްދޫ ގައި ބޭއްވުމަށް ވަނީ ހަމަ ޖައްސާފައެވެ. އަދި މީހިލޭހުޅުވާލާ ފައިވާ ފުރުސަތަކަށް ވާތީ މިފުރުސަތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުންހުރާ 7757996 އާއި ،9164748 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
2015-02-02
ހަވަރު ސްޕޯރޓްސްއާއި، ބީއެފްއާއި ގުޅިގެން 2015 ވަނަ އަހަރުގެ ފެބްރުއަރީ 12،13،14 މި 3 ދުވަހު ޒަމާނީބަށިބޯޅައިގެ އަމްޕަޔަރުން ޓްރޭންނިންގ ކުރުމުގެ ވާރކްޝޮޕެއް ގދ. ތިނަދޫގައި ބޭއްވުމަށް ވަނީ ހަމަ ޖައްސާފައެވެ. އަދި މީހިލޭ ހުޅުވާލާ ފައިވާ ފުރުސަތަކަށް ވާތީ މިފުރުސަތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 9164748 އާއި ގުޅުއްވައިގެން ކުރިއަށް ގެންދެވުމަށް ދަންނަމަވެ.
2015-02-02
ޒަމާނީ - އިންޓަރ ސްކޫލް ބަށިމުބާރާތް 2015 ފެއްޓުމަށް ހަމަޖައްސާފައިވަނީ 23 ން 28 ފެބްރުއަރީ އަށެވެ. މި މުބާރާތުގައި ބައިވެރިވާ ސްކޫލްތަކުން ބީއެފްއެމް ގެ ވެބްސައިޓުން ފޯރމާއި، ޓީމްލިސްޓް ހުށަހަޅާ ފޯރމްތަށް ޑައުންލޯޑް ކޮށްގެން ލިބެން ހުންނާނެ އެވެ. އަދި ކުޅުންތެރިން ތައްޔާރުވުމުގެ ޤަވާޢިދާއި ކުޅުމުގެ ޤަވާޢިދުވެސް ވެބްސައިޓުން ފެންނާނެއެވެ. މުބާރާތުގައި ބައިވެރިވާ ފޯރމް ހުށަހެޅުން އޮންނާނީ 15 ފެބްރުއަރީ 2015 ވަނަދުވަހުގެ 15.00 ގެ ކުރިން ބީއެފްއެމް ގެ އޮފީހަށެވެ.މިމުބާރާތުގައި ބައިވެރިވާ ޓީމްތަކުން ސްޕޯރޓްސް ޔުނީފޯމް އީވް ގާރމެންޓްސް އިން ފެހުމާއި، ޕްރިންޓިންގ ޚިދުމަތް އީވްއިން ލިބެން ހުންނާނެއެވެ. އަދި ޓީމްތަކަށް ބޭނުންވާ ޓައިޓާއި، ބޮޑީޝޫޓް، ބުރުގާ(ކަޅު) ޢާއްމުކޮށް ގަންނަންލިބެންހުރުމާ، ކުޅުންތެރިންގެ އަންގި "ކެޑޭޓްކޯރ" ޢާއްމުކޮށް ހުދުމާއިންނާއި ފިހާރަތަކުން ގަންނަން ލިބެން ހުންނާނެއެވެ.
2015-01-31
ބަށިބޯޅަ ކުރިއެރުވުމުގައި އެހީތެރިކަން ފޯރުކޮށް ދިނުމާއި، މިކުޅިވަރު ހަރުދަނާ ގޮތެއްގައި ބަލަހައްޓައި ދިނުމަށް ކޮންމެ ޒޯނަކުން ދެޖިންސުން 2 ބޭފުޅުން ހިމެނޭ ކޯޑިނޭޓަރުންގެ ކޮމެޓީއެއް ނަގަން ވަނީ ބޭނުންވެފައެވެ. ވީމާ، ކޯޑިނޭޓަރުންގެ މަސްއޫލިއްޔަތު އުފުލައި ދިނުމުގައި ޒިންމާ ނަންގަވައިގެން ޢަމަލީގޮތުން މަސައްކަތް ކޮށްދެއްވާނެ ފަރާތް ތަކުން 15 ފެބްރުއަރި 2015 ވަނަ ދުވަހުގެ 15.00 ގެ ކުރިން ބީއެފްއެމް އަށް އަންގަވައި ދެއްވުމަށް ދަންނަވަމެވެ.
2015-01-23
2015 ޖެނުއަރީ 21 ގައި ފެއްޓުނު ޒަމާނީ ބަށިބޯޅަ އަމްޕަޔަރ ޓްރޭނިން ޕްރޮގްރާމް ނިމުމާ ގުޅިގެން، އެ ޕްރޮގްރާމުގެ ބައިވެރިންނަށް ހަނދާނީ ލިޔުން، މިރޭ 2100 ގައި ސޯޝަލް ސެންޓަރގައި އޮންނާނެއެވެ.
2015-01-23
ބީއެފްއެމްގެ ވެބްސައިޓް އިފްތިތާޙްކުރުމުގެ ޙަފްލާ، 2015 ޖެނުއަރީ 24 ވާ ހޮނިހިރު ދެވަހުގެ ރޭ 2100 ގައި ސޯޝަލް ސެންޓަރގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

Facebook

Twitter

Instagram

ސްޕޮންސަރސް

capital radio
Havarusports radio

ކޯރ ސްޕޮންސަރ

hundred plus